ކޮވިޑް-19 އަށް ވެކްސިނެއް ހޯދައި، ގިނަ ރައްޔިތުންނަށް ވެކްސިންދީ އަންނަ އަހަރު މުއްސަނދި ގައުމުތަކުން ކޮވިޑް-19 އިން ސަލާމަތްވެ، އިޤުތިޞާދީ ދަތިތަކުން އަރައިގަންނާނެ ކަމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ދެމެހެއްޓި އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އެމެރިކާގެ މަޖައްލާއަކަށް ދެއްވި އިންޓަވިއުއެއްގައި ގޭޓްސް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ގައުމުތަކަށް ދިމާވެފައިވާ އިޤުތިޞާދީ ދަތިކަމުން މުއްސަނދި ގައުމުތައް އަންނަ އަހަރު އަރައިގަތް ނަމަވެސް ތަރައްޤީ ވަމުން އަންނަ ގައުމުތަކަށް މި ހާލަތުން އަރައިގަންނަން އަހަރުތަކެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ އެއް ބިލިއަނަރު ކަމަށްވާ ގޭޓްސް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.

"ޖަނަވާރު ބޭނުން ކޮށްގެންނާއި އަދި އިންސާނުން ބޭނުން ކޮށްގެން ކުރި ތަހްލީލްތަކަށް ބަލާއިރު ވެސް ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް އަވަހަށް ނަތީޖާ އަކާއި ހަމައަށް ދެވޭނެ ކަމުގެ އުއްމީދު މިވަނީ އާވެފައި." ގޭޓްސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގިނަ ބަޔަކަށް ޖެހިގެން ބަލި ފެތުރުން ކޮންޓްރޯލް ވާން ފަސް ވަރަކަށް އަހަރު ހޭދަވާނެ ކަމަށާއި އެހެންކަމުން މިވަގުތައް އޮތް ހަމައެކަނި ހައްލަކީ ވީހާވެސް އަވަހަކަށް ވެކްސިނެއް އުފެއްދުން ނުވަތަ ބައްޔަށް އިތުރު ފަރުވާއެއް ހޯދުން ކަމަށެވެ.

ގޭޓްސް ވިދާޅުވީ މިހާރު ބޭނުން ކުރާ ބައެއް ބޭސްތަކާއި ގުޅޭ ގޮތުން ކުރެވެމުންދާ ދިރާސާތަކުން ނަތީޖާއެއް ލިބި ފަރުވާއެއްގެ ގޮތުގައި ފުޅާދާއިރާއެއްގައި އެދެބޭސް ދެމަހެއްހާ ދުވަސް ތެރޭގައި ބޭނުން ކުރަން ފެށިދާނެ ކަމަށެވެ. އަދި އެންޓިބޮޑީ ފަރުވާ ވެސް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ފުޅާދާއިރާއެއްގައި ބޭނުން ކުރަން ފެށިދާނެ ކަމަށް ވެސް ގޭޓްސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރާފިޢު

  ބިލްގޭޓްސް ފަންޑުކޮށްގެން މިކަލޭގެ ބުނެފައިވާ ގޮތަށް އިންސާނުންގެ އާބާދީ ނައްތާލަން އުފެއްދި ވައިރަހެއްމީ ! ނުލަފާ ޝައިޠާނު

  4
  13
  • ބަދޫރު

   ކަލޭމެނަށް ނޯންނާނެ ހެޔޮ އެއްގޮތްވެސް. ބިލްގޭޓަކީ ކަލޭމެން ތިޔަހީކުރާކަހަލަ މީހެއްނޫން. އޭނަޔަކީ ހިތްތިރި މީހުނަށް އެހީވާމީހެއް. ދުނިޔެއަށް އަންނަ މިކަހަލަ ކޮށްމެ މުސީބާތަކުން އަރަެިގަންނަން އެހީވާމީހެއް.

 2. އަރީ

  ތީ ވައިރަސްގެ އަސްލަކީވެސް ، ތީނަ ގެ މުއްސަނދިކަން ވެކްސިން ވިއްކައިގެން ވާނީ އިތުރު.

  5
  8
 3. އަލްޖިބްރާ

  އަންނައަހަރު އަންނަން ވާއިރަށް މުއްސަދި ޤައުމުތަށް ފަޤީރުވެސް ވެދާނެ ! ވާނެގޮތް ކަލެއަކަށް ނޭގެނެ ! ވާނެގޮތް ދެވޮޑިގެންވަނީ ﷲ ސުބްޙާނަޙޫ ވަތަޢާލާ !

  9
  2
  • މޯލްޑިވިޔަން

   ވާރޭ ވެސް ވެހޭނެޔޭ ނުބުނެވޭނެ ދޯ