ރަޝިއާއިން ތައްޔާރު ކުރި ކޮވިޑް-19 ވެކްސިން ރަޖިސްޓްރީކޮށް، ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ހެލްތް މިނިސްޓްރީން ދީފިއެވެ.

މި ވެކްސިން އުފައްދާފައި ވަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ "ގަމަލެޔާ އިންސްޓިއުޓް" އިންނެވެ.

މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ހެލްތް މިނިސްޓްރީން ދީފައިވާކަން ހާމަކޮށްފައި ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އެވެ. ޕުޓިން ވިދާޅުވީ، އުއްމީދު ކުރައްވަނީ މި ވެކްސިން އާއްމުންނަށް ދިނުމަށްޓަކައި، ވީހާވެސް އަވަހަކަށް މަސައްކަތް ފެށުން ކަމަަށެވެ.

މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ، މި ވެކްސިންގެ ތަހުލީލުތައް އިންސާނުންނަށް ކުރިއަށްގެންދާތާ ދެ މަސް ދުވަސް ނުވަނީސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ވެކްސިން ފުރަތަމަ ދޭން ނިންމާފައި ވަނީ، ކޮވިޑް-19 އާ ދެކޮޅަށް ސިއްހީ ދާއިރާގާއި މަސައްކަތް ކުރާ ފަރާތްތަކަށާއި، ބަލީގެ ނުރައްކާ ބޮޑު މީހުންނަށެވެ.

މިއީ ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގައި އުފެއްދި ފުރަތަމަ ވެކްސިން އެވެ.

ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބުމާއެކު ޕުޓިންގެ ދަރިކަނބަކުންނަށް ވަނީ ވެކްސިން ދީފައެވެ.

"އަހަރެންްގެ އެއް ދަރިކަނބަލުންނަށް ވަނީ ވެކްސިން ދީފައިވޭ، އޭނާ ވަނީ މި ވެކްސިން އެކްސްޕެރިމެންޓްގައި ބައިވެރިވެފައި، އޭނާ އަށް ދިން ފުރަތަމަ ވެކްސިންއަށްފަހު، އޭނާގެ ހަށިގަނޑުގެ ޓެމްޕަރޭޗަރ ކުރީ 38 ގައި، އޭގެ އަނެއް ދުވަހު ހުރީ 37 ގައި". ޕުޓިން ވިދާޅުވިއެވެ.

ޕުޓީން ވިދާޅުވީ، ދަރިކަނބަލުންގެ ހާލު ރަނގަޅު ކަމަށެވެ.

ރަޝިއާ އިން ބުނާ ގޮތުގައި މިވެކްސިން އަކީ ރައްކާތެރި ވެކްސިނެއްކަން ވަނީ ތަހްލީލްތަކުން ކަށަވަރު ކުރެވިފައެވެ. ނަމަވެސް ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ.

ދުނިޔޭގެ އެހެން ގައުުމުތަކުންވެސް ދަނީ ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކާކު ބުނީ ކީކޭ??

    އަޞްޚަމްދް ލިއްﷲ ?

    120
    4
    • Anonymous

      ކާކުތަ މިވެކްސިން އައިމާ ރުޅިއައިސްގެން ޑިސްލައިކު މިކުރަނީ!

      46
      3
      • ނަސީދު ބުއްޅަ

        މަށެއްނޫން

        14
        1
  2. ކަލޭފާނު

    ޢަވަހަށް ރާއްޖެއަށް ތީގެއެތިކޮޅެއް ލިބޭތޯބަލާބަލަ. ކުރީސަފުގައި އުޅުއްވާ މެޑިކަލް އޮފިސަރުންނާއި އެމަސައްކަތާގުޅޭކަންކަމުގައި އުޅުއްވާ އެހެންބޭފުޅުންނާއި ސީނިއަސިޓިޒަން( ދުވަސްވީބޭފުޅުން) އަދި ހައިރިސްކް ބަލިމީހުންނަށް މިވެކްސިން އަވަހަށް ލިބޭގޮތްހެދުން މުހިއްމު. ބަނގިލާދޭސި ބޭފުޅުންނަށް ވެކްސިންދިނުމަކީ ބަލި ކޮންޓްރޯލްކުރަން އަޅަން ރަނގަޅުފިޔަވަޅެއް.

    19
  3. އަލިބެއްޔާ

    ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް ގަދަފަދަ ރޫސީން ކުރި ހޯދައިފިއެވެ. ރޫސީ ވިލާތުގެ ރައްވެއްސަކަށް ވާންވީއެވެ. އިންޑިއާގެ ރައްވެއްސަކަށް ވުމައްވުރެން ރޫސީ ވިލާތުގެ ރައްވެހިކަން މާ ރަނގަޅެވެ.

    34
    6
  4. ިބޯކިބާ

    ކޮންމެވެސް އިނގިރޭސި މަދަރުސާއެކޭ ކިޔައިގެން އެވަރުބަޔަކު ނެތަކަމަށް ހަދައިގެން ކޮންމެދުވަހަކު ޕުރޮޕެގެންޑާ ފަތުރަފަތުރާތިއްބާ ޕުޓިން އެއޮތީ އޭތި ގުޅައަކަށްޖަހާފަ. ހެހެހެހެހެ.

    47
  5. Anonymous

    ޢަލްހަމްދު ﷲ

    91
  6. ކެނެރީ

    ޢަލްޙަމްދުﷲ އިރާދަކުރެއްވިއްޔާ ތި ވެކްސިމް މި ރާއްޖެއަށް އަވަހަން ލިބުން މެދުވެރި ކުރައްވާށި

    120
    1
    • އުއްމީދު ކުރަނީ ތިގޮތަށް

      އެކަމަކު ނުގެންނާނެ. އިޒްރޭލުގެ ބާރު އޮންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ވެކްސިނެއް ޖަހަން ޖެހޭނީ. ބަލަން ތިބެމާ.

      16
      3
    • ޔާމީން

      ޔާމީން ހުރިނަމަ ޔަގީން ތިޔަ ވެކްސިން މިހާރު ދިވެހިންގެ ގަޔަށް ޖަހާފަ ހުންނާނީވެސް

      24
      8
      • Anonymous

        ޙައްޖަށް ގޮސްހުއްޓާ ވެރިކަންވެއްޓިދާނެހެން ހީވީމާ ޙައްޖު ކުރުކޮށްލާފަ އައިމީހެއްގެ ވާހަކަ ތިދައްކަނީ... ލޮލް

        6
        17
        • އިބްރޭ

          ޢަންނި ހައްޖަށޭކިޔާފައި ދިޔައީ އިޓަލީގެ ވެނިސްއަަސް. ހައްޖައްދިޔަމީހާގެ ފޮޓޯގަނޑެއްވެސް ނުނެގި ތިންދުވަސްފަހުން މާލެއައިސް ހައްޖައްގޮއްސައޭ ކިޔައިގެންއުޅުނީ!! ތާހިރެއްނު!!

          3
          1
    • ޕުޓިން

      ކަލޭ ހުރޭ ސައުދީ ވެކްސިން ނެރެންދެން.

      9
      4
      • ހޭލާ

        ސައުދީން ޖަހާނީ އެމެރިކާއިން ބުނާ ވެކްސިނެއް. އެއީ އެމެރިކާއަށް ވިކިފައިވާ ބަޔެއް. އެހެންވީމަ އެމެރިކާ ޑޮލަރަށް ނޫން ގޮތަށް ތެޔޮ ނުވިއްކަނީވެސް.

  7. ޑރ ފައުޗީ

    ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެޕްރޫވްކޮށްގެން ހުޅަނގުން ވިއްކާނެ ވެކްސިނަށްވުރެ ރަޝިއާއިން އުފެއްދި ވެކްސިނަށް މާއިތުބާރު ކުރެވޭ. އަދި އެވެކްސިން އަހަރުމެންގެ ޅަދަރިންނަށް ޖަހަންވެސް ތައްޔާރު.

    20
    1
  8. ބޮއްޅަބެ

    ކޮބާކުއްޅަބެ ފެނޭބާ އިންޑިޔާ ފައިބުޑައް ވެއްޓި މިތެޅެނީ

    17
  9. ޙާލަތު

    ލިޔެފަ ހުންނަ ކޮމެންޓްތަކަށް ބަލާލީމަ ބައެއްމީހުންގެ ފެންވަރު ވަޒަންކުރެވޭ. ކޮންމެ ކަމެއް ސިޔާސީ

    8
    4
  10. މީހާ

    ދެން ތެ ވެކްސިން ވިއްކައު 10000ރ.. ހުސް ރައްޔިތުން ފެލާ ހިގާ ވަގުން.......... ........

    4
    2
  11. ކިޔުންތެރިއެއް.

    އަލްޙަމްދުލިﷲ ޝުކުރު! ވަރަށްވެސް އުފާވެރި ޚަބަރެއް.