ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19، ކުޑަކުދިންގެ ފަރާތުން މާ ފަސޭހައިން ފެތެރޭ ކަމަށް ޕްރޮފެސަރަކު ވިދާޅުވެއްޖެއެވެ.

ހާވާޑް މެޑިކަލް ސްކޫލުގެ ކުރީގެ ޕްރޮފެސަރެއް ކަމަށްވާ ވިލިއަމް ހަސެލްޓައިން ވިދާޅުވީ، އަރިދަފުސް ރޯނގާ އާއި އެއް ހަމައެއްގައި ކޮވިޑް-19 ވެސް ކުޑަކުދިންގެ ފަރާތުން މާ ފަސޭހައިން ފެތުރޭ ކަމަށެވެ.

"ކޮވިޑް-19 އާއި ފިނި ގަދަވެގެން ރޯނގާ ޖެހުމާ އެއްގޮތް ވުމުން ނުވަތަ 2 ބަލީގައިވެސް ކުއްޖާގެ ފަރާތުން ބަލި ފެތުރޭއިރު، އެއީ ކޮވިޑް-19 ކަން ދެނެ ނުގަނެވިދާނެ ކިތަންމެ ނުރައްކާތެރި ކަމުގައިވިއަސް. ކުއްޖާގެ ފަރާތުން ފެންނާނީ ފިނީޣެ އަސަރު ކޮށްގެން ރޯނގާ ޖެހިފަ ހުންނަ އަލާމާތްތަކެއް" ހަސެލްޓައިން ވިދާޅުވިއެވެ.

އޭނާ ވަނީ ކުޑަކުދިންނަށް ބަލި ޖެހޭނެ ކަމަށާއި އަދި ޖެހުމާއި އެކު އިތުރު މީހުންނަށް އެ މީހުންގެ ފަރާތުން ފަސޭހައިން ބަލި ފެތުރޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އެހެންކަމުން ކުޑަކުދިންވެސް މާސްކު އެޅުމަށް އޭނާ ވަނީ ގޮވާލާފައެވެ.

އޭނާ ވިދާޅުވީ، ކުޑަކުދިންނަށް ވަރަށް ފަސޭހައިން ބަލި ޖެހޭނެ ކަމަށާއި އަދި އެކުދިންގެ ފަރާތުން އެހެން މީހުންނަށް ޖެހޭނެ ކަމަށެވެ. އެގޮތުން އޭނާ ވަނީ ވަކިން ހާއްސަ ކޮށް އުމުރުން ފަސް އަހަރުގެ ކުދިންގެ ފަރާތުން އެހެން މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައެވެ.

"ބެލެވޭ ގޮތުގައި ކުޑަކުދިންގެ ނޭފަތުގައި އެހެން މީހުންނަށް ބަލި ޖެހުމަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ވައިރަސްގެ އަސަރު ގަދަ. އެހެން ކަމުން ބަލީގެ ނުރައްކާ މާ ބޮޑުވާނެ" ހަސެލްޓައިން ބުންޏެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ކޮވިޑް-19 ފެތުރިފައިވާއިރު، ސައިންސްވެރިން އަންނަނީ މި ބައްޔަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާތަނަށް އުފައްދާފައިވާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ހަމަ އެކަނި ދީފައިވަނީ ރަޝިއާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު