މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން 900 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 53,929 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި މެކްސިކޯއިން މަރުވި މީހުންގެ އަދަދު ވަނީ 926 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ ޤައުމުތަކުގެ ތެޜޭގައި މިހާރު މެކްސިކޯވެސް ހިމެނޭއިރު، އެޤައުމުން ބަލީގައި މަރުވާ މީހުންނާއި ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރު އެގައުމުން 6,686 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މެކްސިކޯއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 492,522 ގައި އުޅޭއިރު، އެޤައުމަކީ މިހާރު ދުނިޔެއިން 6 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މެކްސިކޯއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 332,800 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވެފައިވަނީ 53,929 މީހެކެވެ.

މިހާރު އެޤައުމުގައި ފަރުވާދެމުން ދަނީ 105,793 މީހަކަށެވެ. މީގެ ތެރެއިން 3,832 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު