އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ރޭޕްކުރި 14 އަަހަރުގެ ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އިންޑިއާގެ ގުޖްރާތުގެ ގޮގްހަމްބާ އަވަށުގެ މީހުން ކުރަމުން އެބަދެއެވެ.

މި ކުއްޖާ އެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން ކުއްޖާއަކީ އަންހެން ކުއްޖާގެ އާއިލާ ބައެއްގެ ހޮޓަލެެއްގައި މަސައްކަތް ކުރާ ކުއްޖެކެވެ. އެ އަންހެން ކުއްޖާ ދޭތެރެއަކުން އެތަނަށް ގޮސް ހަދައެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އެ އަންހެން ކުއްޖާގެ އާއިލާއިން ކައިވެނީގެ ހަފްލާއަކަށް ދިޔުމުން އެ ކުއްޖާ އައިސް އެ ކެފޭގެ ޖޯޔެއްގައި ނިދާފައި އޮއްވާ، އެ ފިރިހެން ކުއްޖާ ގޮސް އެ ކުއްޖާ ރޭޕް ކުރީއެވެ.

އަދި އެކަން އެއްވެސް ބަޔަކަށް ފަޅާ އެރުމުގެ ކުރިން އޭނާ ވަނީ ފިލާފައެވެ. ނަމަވެސް އެ ކުއްޖާ ވަނީ އެ ކަން އޭނާގެ މައިންބަފައިންގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެ އަވަށު މީހުންނާއި ފުލުހުންގެ މަސައްކަތުންވެސް އަދިވެސް އެ ކުއްޖާ ވަނީ ނުފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 4 އަހަރުގެ ކުއްޖާ އެކަނި ދޫކޮށްލާފަ އާއިލާމީހުން ކީތްވެބާ ކައިވެނި ހަފްލާޔަށް ދާންވީ؟ އިންޑިޔާގައި ރޭޕް މިހާ ޢާއްމު އިރުވެސް ބެލެނިވެރިންގެ ހޭލުންތެރިކަން ވަރަށް ކުޑަކަން ފާހަގަ ކުރެވޭ!