ކޮވިޑް-19 އިން ސަލާމަތް ވުމަށް ރަޝިއާ އިން އުފެއްދި ވެކްސިން މުޅި ދުނިޔެއަށް ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރަޝިއާ އޮތީ ތައްޔާރުވެފައި ކަމަށް ރަޝިއާ އިން ބުނެފިއެވެ.

ރަޝިއާ އިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސިލީ ނެބެންޒިއާ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަށް ރަޝިއާ އާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކޮންމެ ބަޔަކާއި އެކު ރަޝިއާ އިން މަސައްކަތް ކުރާނެ ކަމަށެވެ.

"ވެކްސިން ނުވަތަ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރާ ކޮންމެ ބަޔަކާއި އެކު މަސައްކަތް ކުރަން ރަޝިއާ ތައްޔާރު. ވެކްސިން ދުނިޔޭގެ އެހެން ގައުމުތަކަށް ފޯރުކޮށްދިނުމަށް ވެކްސިންގެ އިތުރު ޑޯޒްތައް އުފައްދަން ބޭނުންވާ ފަރާތްތަކާއި އެކު އެމަސައްކަތް ކުރަން ވެސް ރަޝިއާ ތައްޔާރު." ނެބެންޒިއާ ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު ރަޝިއާ އިން ވަނީ ކޮވިޑް-19 އަށް އެގައުމުން އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. މިއީ މުޅި ދުނިޔެ އިން ވެސް ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރުމުގެ ހުއްދަ ދިން ފުރަތަމަ ވެކްސިން އެވެ. "ސްޓްނިކް ވީ" ނަން ދީފައިވާ ވެކްސިނަށް ހުއްދަ ދިނީ އެވެކްސިނަކީ ބޭނުން ކުރުން ރައްކާތެރި ވެކްސިނެއްކަން ކަށަވަރު ކޮށްފައި ކަމަށް ރަޝިއާ އިން ބުނެއެވެ.

ނަމަވެސް ހުޅަނގުގެ ގައުމުތަކުން ދަނީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނީ ކުރަން ޖެހޭ ވަރަށް ތަހްލީލްތައް ނުކޮށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރަޝިއާ އިން އުފެއްދި ވެކްސިނަށް މިހާރު ވެސް 20 ގައުމަކުން ބިލިއަނަކަށް ވުރެ ގިނަ ޑޯޒަށް ވަނީ އޯޑަރު ކޮށްފައެވެ. ރަޝިއާ އިން މިހާރު ދަނީ އެވެކްސިން އެހެން ގައުމުތަކުގައި އުފެއްދުމަށް އެކި ގައުމުތަކާއި އެކު މަޝްވަރާތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާމިޔާ

    ޝުކުރިއްޔާ ރަޝިޔާ ....

    26
  2. ބޯކިބާ

    އިނގިރޭސިންނާއި އެމެރިކާނުންނޯ ކުރީގަ އުޅެނީ.

    21
    3
  3. ސުވާސާ

    ހައްތަހާ އެމެރިކާކުޑޭމެންރުޅިއަންނަކަހަލަ ވާހަކަ ރަޝިޔާބޮޑޭމެން މިބުނަނީ .. ވަރަށްއުފާ

    22
    1
  4. އަބޫ

    ނަސީދުގެ އެނމެގާ އެއްކުވެރިޔާ ހޮޅުވި ރާމް ފައްޅި ހުޅުވަން ދިޔަ މައި ފާދިރީ ކޮއަޑް-19 އަށް ފައްސިވުމުން ނިސާދު ހިތަާމައް ފާޅުާ ކޮއްފި (ނަސާދު އިސްތިއުފާ ނަސީދު އިސްތިއުފާ)