ޗައިނާއަށް އެތެރެ ކުރި ކުކުޅުތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއީ ޗައިނާ އިން އެތެރެ ކުރި ގަނޑުކުރި ކުކުޅެވެ.

ޗައިނާއިން ބުނީ ބްރެޒިލް އަށް އެތެރެ ކުރި ކުކުޅުތަކުގެ ސުންކުތައް ނަގާފައި ވަނީ ރޫޓީން ސްކްރީނިން އެއްގެ ދަށުން ކަމަށެވެ. އެ ސްކްރީނިން މަރުހަލާގެ ދަށުން މަހާއި މަހުގެ ބާވަތްތައް ކޮވިޑް-19 އަށް ޓެސްޓު ކުރާ ކަަމަށް ވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރިގެން އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވޫހާންގެ މާރުކޭޓެއްގެ ތެރޭގައެވެ.

ފައްސިވި ކުކުޅުތަކުުގައި އަތްލި މީހުންނާއި އެ ސަަހައްދުގައި އުޅުނު އެންމެން ދެނެގަނެ އެ އެންމެން ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި އިންފެކްޓް ވެފައިވާ ކުކުޅުތަކާއި ކައިރީގައި ބެހެއްޓި ހުރިހާ އެއްޗެއްވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަން ވަނީ ނިންމާފައެވެ.

ބްރެޒިލް އިން މިހާތަނަށް މިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗައިނާއަކީ އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށި ގައުމެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވުހާން ސިޓީގެ މާރުކޭޓަކުން ފެތުރެން ފެށި މި ވައިރަސް ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން މިހާރު ވަނީ ފެތުރިފައެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި މުހިއްމު އަވަސް ފިޔަވަޅުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު