ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ގާތުން އެއްތާ ވާ މީހުން ހޯދަން އުނދަގޫވާތީ އެންމެ ފަހުން ގުޅި މީހުންގެ ތަފްސީލުތައް ބަލަން ފަށައިފިއެވެ. ޗީފް މިނިސްޓަރ ޕިނާރައި ވިޖަޔަން ވަނީ އިންޑިއާގައި ކޮންޓެކްޓް ޓްރޭސްކުރަން ފޯނު ރެކޯޑްސް ބެލި ނަމަވެސް އެކަމުން އާއްމުންގެ މިނިވަންކަމަށް ބުރު ނާރާނެ ކަން ހާމަކޮށްފައެވެ.

އެ ތަފްސީލްތައް އިތުރު އެއްވެސް ބޭނުމަކަށް ބޭނުން ނުކުރާނެ ކަމަށާއި، ޖާސޫސްކުރުން ފަދަ އެއްވެސް ކަމަކަށް އެތަކެތި ބޭނުން ނުކުރެވޭނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި މިގޮތަށް އެއްކުރެވޭ މައުލޫމާތު އިތުރު އެއްވެސް އިދާރާ އަކާއި ހިއްސާ ނުކުރާނެކަމަށާ އޭގެ ހަމައެކަނި ބޭނުމަކީ ސިއްހީ ގޮތުން ހޯދަން ޖެހޭ ރައްކާތެރިކަން ހޯދުން ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

އިއްޔެ އެކަނިވެސް 67,066 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެން އިންޑިއާއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 2,395,471 އަށް އަރާފައެވެ.

އިއްޔެ އިންޑިއާއިން 950 މީހަކު ކޮވިޑް-19 ޖެހިގެން މަރުވުމާއެކު، އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 47,138 އަށް އަރާފައެވެ.

އެއާއި އެކު ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމަކަށް އިންޑިއާ ވަނޫ ވެފައެވެ. އެއީ އިހަށް ދުވަހުވެސް އިތުރު އެތައް ސަތޭކަ ބަޔަކު އެޤައުމުން މި ބަލީގައި މަރުވުމާއި ގުޅިގެންނެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 1,695,860 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ރަނގަޅުވި ކަމަށް ރެކޯޑްކުރެވުނު 57,759 މީހަކުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު