އިންޑިއާގެ އަޔޯދްޔާގައި އެޅުމަށް ހަމަޖެހިފައިވާ ރާމް ފައްޅީގެ އިސް ފާދިރީ ރިތްޔާ ދާސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާމް ފައްޅީގެ އިސް ފާދިރީ ވަނީ ފައްޅީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެފައެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވިއެވެ.

ފައްސިވި ފާދިރީ އަކީ މޯދީ އާއެކު ސްޓޭޖްގައި ހުރި މީހަކަށްވީ ނަމަވެސް މޯދީ އެއީ ކޮންޓެކްޓެއްގެ ގޮތުގައި ބެލެވޭ ކަން ނޫނީ ނޫންކަން އަދި ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފައްޅި ހުޅުވުމުގެ ކުރިން އެ ހަފްލާގައި ބައިވެރިވި ޕްރަދީޕް ދާސް ނަމަކަށް ކިޔާ ފާދިރީއަކާއި 114 ފުުލުހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާމް ފައްޅީގެ އިސް ފާދިރީ ފައްސިވުމާއެކު އޭނާ އާއި އެކު ސްޓޭޖްގައި ތިބި އެންމެންގެ ޓެސްޓު ކުރަން ޖެހޭނެ ކަމަށް އާއްމުން ބުނެއެވެ. އޭގެ ތެރޭގައި މޯދީވެސް ހިމެނެއެވެ.

އެތައް ހާސް ބަޔަކު އެއްކޮށްގެން ބޭއްވި އެ ހަރަކާތް ބޭއްވީ އެފަދަ ބޮޑު އެއްވުމަކުން ކޮވިޑް-19 ފެތުރިދާނެތީ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ރާމް ފައްޅި އަޅާ ތަނަކީ ކުރިން ބަބްރީ މިސްކިތް ހުރި ތަނެވެ. ހިންދޫއިން އެ މިސްކިތް ފުނޑާލާފައި ވަނީ އެތަނަކީ އެ މީހުންގެ ކަލާނގެ ރާމް އުފަންވި ތަންކަމަށް ބުނެއެވެ.

ބަބްރީ މިސްކިތް ކުރިން ހުރި ތަނަކީ 2.77 އޭކަރުގެ ބިމެކެވެ. އެ ބިމުގެ މައްސަލައަކީ މުސްލިމުންނާއި ހިންދޫގެ މެދުގައި އެތައް ބަހުސެއް ކުރުމުގެ އިތުރުން، ކޯޓުގައި ވެސް އެތައް ދުވަހެއް ވަންދެން ކުރިއަށް ދިޔަ މައްސަލައެކެެވެ.

ހިންދޫން ގަބޫލު ކުރާ ގޮތުން މުގަލް ރަސްކަލެއް ކަމަށްވާ ބަބުރު ވަނީ އެ މީހުންގެ ފައްޅިއެއް ތަޅާލުމަށް ފަހު 1،528 ގައި އެތަނުގައި ބަބްރީ މިސްކިތް އަޅާފައެވެ.

1949 ގައި އެތަނުން ބުދުތަކެއް ފެނުމަށް ފަހު ހިންދޫން ވަނީ އެ ސަރަހައްދަށް އެއްވެ އަޅުކަން ކުރަން ފަށައިފައެވެ. އެއާއެކު މުސްލިމުންނާއި ހިންދޫންގެ މެދުގައި ޚިޔާލު ތަފާތުވެ، އިންޑިއާ ސަރުކާރުން ވަނީ ގަދަބާރުން އެ މިސްކިތުގައި ތަޅު އަޅުވާފައެވެ.

އޭގެ ފަހުން އެތަން ހިންދޫއިންނަށް ދިނީ ކޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލީމް

    ހަހާއްހާ ސޮރީ ބާބާ... ގެޓް ވެލް ސޫން ހަމަ

    6
    17
    • ލީމް

      މޮޔައިން ތަކެއް... ހަހާ

    • ލީމް

      ހޭޓް ތިސް ގައި

  2. ައާންމުން

    alhamdulillah

    31
    1
  3. އަހްމަދު

    އެހެންވީމާ އަނެއްމީހާ ވާނީ ކޮންޓެކްޓަކަށްދޯ!