ފަލަސްތީނުގެ ބިންތައް އަތުލައިގަތުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމާއެކު، ފަލަސްތީނުގެ އިތުރު ބިމަކަށް ބާރު ނުފޯރުވަން އިސްރާއިލް އިން އެއްބަސްވެއްޖެ އެވެ.

އިސްރާއިލް އިން މިގޮތަށް އެއްބަސްވެފައި ވަނީ ޔޫއޭއީ އިން އެޤައުމަށް ހުށަހެޅި ސުލްޙައިގެ އެއްބަސްވުމެއް ބަލައިގަތްކަން އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އިއުލާން ކުރުމާއި ގުޅިގެންނެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތައް ހުއްޓުވުމުގެ މަޤުސަދުގައި ޔޫއޭއީގެ ވަލީއަހުދު، ޝައިޚް މުޙައްމަދު ބިން ޒައިދުގެ މި ސުލްޙައިގެ އެއްބަސްވުމާއި ގުޅޭގޮތުން ނަތަންޔާހޫ އާއި އެމެރިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ފޯނުން ގުޅައި މަޝްވަރާ ކޮށްފައެވެ. މި ހުށަހެޅުން ޔޫއޭއީ އިން ހުށަހަޅާފައި ވަނީ، މެދުއިރުމަތީގެ ހަމަޖެހުމަށް ކަމަށްބުނެ އެމެރިކާއިން ހުށަހެޅި އެއްބަސްވުމަކާއި ގުޅިގެން ހަމަނުޖެހުންތައް އިތުރުވެގެން ގޮސްފައި ވަނިކޮށެވެ.

ޝައިޚް މުޙައްމަދުގެ ހުށަހެޅުމުގައި ވާގޮތުން މިއީ ޔޫއޭއީ އާއި އިސްރާއިލް އާއި ދެމެދުގެ ޑިޕްލޮމެޓިކް ގުޅުންތައް ފެށިގެން ދާނެ އެއްބަސްވުމެކެވެ. މިއީ ފާއިތުވެދިޔަ 25 އަހަރުގެ ތެރޭގައި އިސްރާއިލް އިން އަރަބި ޤައުމަކާއި ޑިޕްލޮމެޓިކް ގުޅުން އެކުލަވާލާ ފުރަތަމަ ފަހަރެވެ.

ކުރިޔަށް އޮތް ދެ ހަފްތާއެއްހައި ދުވަސްތެރޭ ސޮއިކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ޔޫއޭއީ އާއި އިސްރާއިލް އާއި ދެމެދު ފަތުރުވެރިކަމާއި އިންވެސްޓެމެންޓްތައް އިތުރު ކުރުމުގެ އިތުރުން ސީދާ ފްލައިޓް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން ހަމަޖެހިފައި ވެއެވެ. ހަމަ އެހެންމެ މެދުއިރުމަތީގެ ސުލްޙައަށް ހުރަސްއެޅޭފަދަ އަމަލުތައް ނުހިންގުމަށް އެއްބަސްވުމުގައި ބާރުއަޅާފައި ވެއެވެ.

މި އެއްބަސްވުން ނަތަންޔާހޫ ޤަބޫލުކުރުމާއި ގުޅިގެން ޓްރަމްޕް ބުނެފައިވަނީ މިއީ ތާރީޚީ އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުމާއި ގުޅިގެން މެދުއިރުމައްޗަށް އަމާންކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. ޓްރަމްޕް ބުނެފައިވަނީ ޔޫއޭއީ އާއި އިސްރާއިލް އަކީ އެމެރިކާގެ ވަރަށް ޚާއްސަ އެކުވެރި ދެ ޤައުމު ކަމަށެވެ.

ޔޫއޭއީގެ މި ހުށަހެޅުން އިސްރާއިލް އިން ޤަބޫލުކުރުމާއެކު ގިނަ ޤައުމުތަކާއި، ޤައުމުތަކުގެ އިސް ފަރާތްތަކުން އަންނަނީ އެ ދެޤައުމަށް މަރުޙަބާ ކިޔަމުންނެވެ.

މި އެއްބަސްވުމުގެ ދަށުން އިސްރާއިލް އިން ފަލަސްތީނުގެ އިތުރު ބިންތައް އަތުލައި ނުގަންނަން އެއްބަސްވީ ނަމަވެސް، އިސްރާއިލް އިން މީގެ ކުރިން ވަނީ ފަލަސްތީނުގެ ބިންތައް ފޭރިގެންފައެވެ. މިގޮތުން ފަލަސްތީނުގެ ޤުދުސް އަށް ވެރިވެގަތުމަށްފަހު އެ ސިޓީއަކީ އިސްރާއިލްގެ ވެރިކަންކުރާ ސިޓީގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. އެ ނިންމުމަށްފަހު އިސްރާއިލް އިން ދަނީ ޤުދުސްގައު ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ފައްސާލައި ގެތައް ސުންނާފަތި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސެން

    އިސްރާއީލަށް ހެޔޮވިސްނުންދެއްވި ކަމަށްޓަކައި ﷲ އަށް ހަމްދުހުރި ❤

    9
    8
    • ޔާ ﷲ

      ތިހެންނުބުނޭ މަގޭއަޙާ..މާތް ﷲ ލައުނަތް އީސްރާއީލައްވަނީ ލައްވާފައި ކީރިތި ޤުރުއާން ގައި އެކަން ބަޔާންވެގެންވޭ...ހެޔޮވިސްނުމެއް ތި މީހުންނައް ނުލައްވާނެ...ތީކޮންމެވެސް އުނކުޅެއް ތިމީހުންގެ

      13
      2
  2. މަކަރުވެރިން

    ދޮގުވެރިން ކަލޭމެން ސުލްހަވީ އީރާނައް ބިރުން...މާހިރުންނައް
    ތިކަންއެނގޭނެ..އީރާނުގައި ހިނގި ބާރުގަދަ ގޮވުންތަކުގައި ނަތަންޒް ނިއުކްލިއަރ ޕްލާންޓާއި މިސައިލް ބޭހެއްވަނީގޮވާފައި އެކަމުގެ ފަހަތުގައި ވަނީ އިސްރާއީލްކަން އެނގިއްޖެ..އެކަމުގެ ރައްދުހަމަލާ އީރާނުން ތައްޔާރުކޮށްފައިވޭ އެކަމަކު ޙާމަނާއީ ބުނެފައިވަނީ ރަގަނޅު ވަގުތާއި ރަގަނޅު ތަނެއްގައި އެކަމުގެ ޖަވާބުލިބިގެންދާނެކަމަށް...ޔޫއޭއީ ބިރުން ތިއުޅެނީ އީރާންގެ ސެޓަލައިޓުން ޔޫއޭއީގެ މެޕުބަލާ ރިވޮލިއުޟަނަރީ ގާޑުން ހަމަލާގެ މަޝްވަރާ ކޮށްފައިވާތީ

    20
    1
  3. އެންޓި

    ތިކަމުގައި ކޮންމެވެސް އަޑިނޭނގޭކަމެއް އެބައޮތް..އެހެން ނޫނީ އިޒްރޭލުން ތިފަދަނިންމުމެއްނުނިންމާނެ..ލުބުނާނުގެ މަނާރުޓީވީން ކަށަވަރު ކޮށްފައިވޭ އިޒްރޭލް ގެ މައްޗަށް ވަރުގަދަ ހަމަލާއެއް ދިނުމަށް އީރާނުން ހިޒްބުﷲ އަންގާފައިވާކަމަށް
    މިކަން ކުވައިތުގެ ނޫސްޕޭޕަރުތަކަށްވެސް އަރާފައިވޭ
    ހަމަލާ ދޭނީ ރަގަނޅުވަގުތަކަށްބަލާފައިކަމަށް ނަސްރުﷲބުނެފައިވޭ...ޢައްޒާގެ ހަމާސް އާއި އިސްލާމިކް ޖިހާދުންވެސް ތައްޔާރު ވަމުންދާކަމަށް ޖާސޫސީ އިދާރާތަކުން އެބަބުނޭ

    22
    1
  4. ޙަސީނާ

    މިއީ މިހާރު އުޅޭ ފިރިހެނުން "މާފަށް" އެދުން ކަހަލަކަމެއް. ހަމަލާދޭން ފެށީމަ އެނގޭނީ އެއުޅެނީ ހިފަންކަން.

    7
    2
  5. އުބޭ

    މިދުވަހާއި ކޮމެންޓް ނޯޓް ކޮއްފަ ބަހައްޓާ . ޢިޒްރާއީލުމް ތިއެއްބަސް ވުމަކަށް ހިރުމަތްތެރިކޮއް ނުހިތާނެ

    12
    1
  6. ކޮތަރު

    އިތުރަށް އަތްގަދަކުރާނެ ބިމެއް ފަލަސްޠީންގަ މިހާރު އެބައޮތްތަ؟

    10
  7. ފޭކުސްތާން

    ކޮން ޔޫއޭއީއެއް. މިހާރުތިބި ތިހުރިހާ ޢަރަބި ވެރިންތަކަކީ ހަމަ ޕަޕެޓުން. ރަސްކަން މުހިންމުވަނީ އެހެން ހުރިހާ ކަމަކަށްވުރެ.

    7
    1