ކަޝްމީރުގައި މުސްލިމުންނަށް އިންޑިއާ އިން ދެމުން ގެންދާ އަނިޔާތަކާއި ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އެކަށީގެންވާ ވަރާއި ގާތައް ވެސް ކަޝްމީރުގެ މުސްލިމުންގެ ދިފާޢުގައި މަސައްކަތް ނުކުރާ ކަމަށް ޕާކިސްތާނުން ބުނުމުން ސައުދީ އަރަބިއްޔާ އާއި ޕާކިސްތާންގެ ގުޅުން ގޯސްވެއްޖެއެވެ.

އޯއައިސީ އަކީ އިސްލާމީ ގައުމުތައް ހިމެނޭ ޖަމިއްޔާއެއް ކަމަށް ވީނަމަވެސް އެޖަމިއްޔާ ލީޑް ކުރަނީ ސައުދީ އަރަބިއްޔާ އިންނެވެ. އެހެންކަމުން އޯއައިސީއަށް ފާޑުކިޔުމަކީ ސައުދީ އަރަބިއްޔާ އަށް ރައްދުވާ ފާޑުކިޔުމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނުން އޯއައިސީއަށް ފާޑުކިޔުމުން ސައުދީ އަރަބިއްޔާ އިން ވަނީ އެކަމުގެ ބަދަލު ހިފަން މަސައްކަތް ފަށާފައެވެ. ސައުދީ އަރަބިއްޔާ އިން ޕާކިސްތާނަށް ދޫކޮށްފައި ހުރި ލޯނުތަކުގެ ތެރެއިން އެއްބިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދައްކަން ސައުދީ އަރަބިއްޔާ އިން ވަނީ މިދިޔަ ހަފްތާގައި ޕާކިސްތާނަށް އަންގާފައެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު ޕާކިސްތާނަށް ސައުދީ އަރަބިއްޔާ އިން ވަނީ 6.2 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯން ޕެކޭޖެއް ދިނުމަށް އެއްބަސްވެފައެވެ. އެޕެކޭޖްގެ ދަށުން ތިން ބިލިއަން އެމެރިކާ ޑޮލަރު ސައުދީ އަރަބިއްޔާ އިން ޕާކިސްތާނަށް ދޭނެއެވެ. އަދި 3.2 ބިލިއަން ޑޮލަރަށް ވާވަރަށް ކްރެޑިޓަށް ސައުދީ އަރަބިއްޔާ އިން ޕާކިސްތާނަށް ތެޔޮ ފޯރުކޮށްދޭނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެއްބިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށް ސައުދީން ޕާކިސްތާނަށް އެންގުމުގެ އިތުރުން ކްރެޑިޓަށް ތެޔޮ ދޫކުރުން ވެސް މިހާރު ވަނީ ހުއްޓާލާފައެވެ.

ޕާކިސްތާނުން ވަނީ ކަޝްމީރުގެ މައްސަލައިގައި އޯއައިސީގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދިފައެވެ. ނަމަވެސް އެފަދަ ބައްދަލުވުމެއް އޯއައިސީން އިންތިޒާމު ކޮށްދީފައެއް ނުވެއެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓަރ ޝާހް މުހައްމަދު ޤުރައިޝީ ވިދާޅުވީ ކަޝްމީރުގެ މައްސަލައިގައި ސައުދީ އަރަބިއްޔާ އާއި ގަލްފްގެ ގައުމުތަކުން އެކަށީގެންވާ ލީޑާޝިޕެއް ދައްކަވާ، މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެގައުމުތަކުން ކަޝްމީރުގެ މައްސަލައަށް ސަމާލުކަން ނުދޭތީ ހިތާމަކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހަގީގަތް

  ތިހެންވެގެނޭ ހޫތީން ނައް ތާއީދު ކުރަން ޖެހެނީ..މުނާފިގުންނާއި ޔަހޫދީންނާއި ބައިވެގެން އުޅޭ ބައެއް..އިންޑިއާއިން މުސްލިމުންނައް ހިތުހުރިގޮތެއްހަދާއިރު ބުރާންތިވެފައިވާ ސައޫދީ އިންނަނީ ބަލައިގެން...ﷲއިރާދަފުޅުން އީރާނުގެ ހަނގުރާމަ ވާނީ ސައުދީގެ ލަޝްކަރު އަނދާއަޅިއަށް ވާހަނގުރާމަ...އަދި ބަލަން ހުރޭ

  32
  6
  • ޒަވާޖް

   ރަގަނޅު ވާހަކައެއް...ޕާކިސްތާނަކީ ވަރަށް ރަނގަޅު ގައުމެއް މުސްލިމުންނަށް އޯގާތެރި ބައެއް...ތުރުކީ ޕާކިސްތާން އީރާން މި ގައުމުތަކަށް އައްސަރިބަހާ ސާބަސް...މުސްލިމުންގެ ދިފާޢުގައި ނުކުންނާތީ

   41
   7
   • ސްޓިކް ހައުސް ޒަކިއްޓޭ

    މުސްލިމުންނޭ ކިޔައިގެން އުޅޭ، ޢަލީގެފާނަކީ އެންމެ ފަހުގެ ރަސޫލާ ކަމަށް ބުނާ ބައެއް އެއީ ހައްގު ބައެއްކަމަށް ބުނުމަކީ ކިހާވަރެއްގެ ކަމެއްކަން އެގޭނެނަމަދޯ

    10
    19
    • އަލީ

     އަލީގެ ފާނޭ ކިޔަނީ ރަސޫލެކޭ ކިޔާބަޔަކީ މުސްލިމުން ކަމަށް ނުދެކޭ. މުސްލިމުންގެ މެޖޯރިޓީ އޮންނަތަނެއްގަ މަދު މުނާފިގުންތަކެއް ތިބެދާނެ. އޭގެމާނައަކީ މުޅި ޤައުމުގެ އެނމެހާ ރައްޔިތުންނަކީ ކާފަރުންނެކޭ ނޫން

     10
     2
    • ބުރިޓޯ

     ޒަކިއްޓޭ! ކަލޯއަށް ވާނުވާނޭގުނަސް ކޮމެންޓްކުރާތި. ސުންނީންގެތެރޭގަ ހަރުކަށި ޓެރަރިސްޓުން ތިބޭހެން ޝީންގެތެރޭވެސް ތިބުނާކަހަލަ ބައިގަނޑެއް ނެތެކޭނޫން. އެކަމަކު ހުރިހާ ޝީން އެއީ އެގޮތަށް ގަބޫލުކުރާބައެއް ނޫން. މީޑިއާ އަދި އެހެނިހެން މަސްދަރުތަކުން ކޮންމެފަދަ ވާހަކައެއް ލިޔުނަސް އަދި ކިޔަސް ހައްގު އޮޅުވައެއްނުލެވޭނެ އަބަދަކު. ޝީންގެ މީހަކާ ދިމާކޮށްލާފައި ވާހަކަދައްކާލީމަ ޗަކޮޔަށް ވާނުވާ ފަހަރެއްގަ އެނގިދާނެ. އެއީ ބޭފުޅާގެ ގަމާރުކަން ބަލާމީޓަރުން އެހާމަތިން މާރކްސް ނުލިބޭނަމަ.

     6
     4
 2. ވިސްނާ

  ސައޫދީގެ ސަރުކާރަކީ ވަރަށް ވިޔާނުދާ ލާރިގެދަހިވެތި ކަމުގައި އުޅޭބައެއް..ފަލަސްތީނައް ބޮންއަޅާއިރުވެސް
  އަޗާތަޅަންތިބެނީތާ...މި ބީތާގަމާރުންނައް ނުވިސްނެޔޭ މާދަމާމިމީހުންގެ ދިފާޢުގައި އަމިއްލަނަފްސަށް ބެލުމެއްނެތި ހަނގުރާމައެއްކުރަންޖެހުނަސް ދިފާއުކުރަންނިކުންނަނީ ޕާކިސްތާންކަން...

  26
  1
 3. ޖަމްޝީދު

  ސައޫދީއަށް އެންމެ ހަމަލާއެއް ދިނަސް އެހަމަލާ އަމާޒުވީ ޕާކިސްތާނައްކަން..ޕާކިސްތާނުން ބުނެފައިވޭ އެހާވެސް ގާތް ބަޔަކަށް ސައޫދީ ބަލަނީ. އަދި 1979 އަހަު ރ ހަރަމްފުޅު ހައިޖެކްޓުކުރުމުން ޕާކިސްތާނުގެ ލަޝްކަރުން ޓެރަރިސްޓުންނާ ހަނގުރާމަކޮށް އެތަންއަތުލީވެސް...މި ބޯގަޅިންނައް އެވަރުވެސް ނުވިސްނެޔޭ

  23
  3
 4. ޢަސްލު ބަލާ

  ޢަސްލު މިހާރު އެވަނީ ބަކަރީގެ ވާހަކަ ބީދައިން..
  ހުނދު ބަކަރިއެއް އޮތުމުން ދެންތިބި ބަކަރިތައް މަސްވަރާކޮއް އެބަކަރި ދުރުކޮއްލީ އެބަކަރި މިނިކާވަގު ކާލިޔަސް ދެންތިބިބަކަރިތަކައް ވަރިހަމަ ކަނުގަ...
  ޢަދި އެބަކަރި އަކީ ހުދުބަކަރިއެއްވީމަ މިނިކާވަގުތަކައް ބަކަރިޔައް ފެންނަނީކަމައް ނިންމާގެން.
  ޢެހެންވެ މިނިކާވަގައް އެހުނދު އެބަކަރި ކާލުމައް ފުރުސަތުލިބި އެބަކަރި ކާލީ އެންމެ ފަހުން އާހިރުގާ އެހުރިހާ ބަކަރިތައްވެސް އެއްކަލަ މިނިކާވަގުތައްވެގެން ކާލި..
  އެދުވަހު އެންމެފަހައް އޮތްބަކަރި ހިތައްއެރި އެހުދުބަކަރި އަމިއްލައައް ދޫކޮއްލެވުނު ދުވަހަކީ ތިމަންމެންވެސް ވަކިވަކިވެ ބާރު ދިޔަދުވަހޭ.. އަދި އެހުނދުބަކަރި މިނިކާވަގު ކާލިދުވަހަކީ ތިމަންމެންވެސް ކާލިދުވަހޭ...
  ..
  އިސްލާމީ ގައުމުތަކުގެ އެންމެ އިސް ގައުމެއް ކަމުގާ މިހާތަނައް ހުރިހާ ގައުމަކުންވެސް ދެކެމުން ދަނީ ސައުދީ އަދި ހުރިހާމުސްލިމުންގެ ގައުމުތަކައް ބަލާކަމައްވާނަމަ އިސްބަލަދުވެރި ގައުމަކައްވެސް ބަލަނީ ސައިދީ އެކަމަކު އެގޮތުން އެސަމިޓުގެ އިސްގައުމަކީވެސް ސައުދީ މުސްލިމުންނައް އަނިޔާދެމުންދާއިރު އެކަމުގާ އެވެސް އެއްޗެއް ނުބުނެ އެވެސް ފިޔަވަޅެއް ނާޅާތިބުމީ ވަރިހަމަ ކުރުން އަދި ތިމާމެންގެ އިސްޒިންމާ ނޫފުލުން.. އަދި ޕާކިސްތާނައް ފިތުން ކޮއްގެން ޖެއްސުންކޮއްގެން ސައުދީއައް ލިބޭނޭ މޮޅެއްވެސް ވަކި ނޯނާނެ ލިބުނަސް ލިބޭނީ ދެރައެއް އަދި އެގޮތައް އިސްލާމީ ގައުމުތަކާ ގުޅުން ކަޑާ ވަރަކަތް އާހިރުގާ އެންމެ ފަހުން ޒައިނިސްޓުންގެ ނުވަތަ ހަނދުފަހަނައަޅާފާތިބި ޔަހޫދީން އަދި ހަނދުފަހަނަ އަޅާފާތިބި މުސްލިމުނޫންމީހުންގެ އަދި ގައުނުތަކުގެ ސިކާރައަކަތް ސައުދީވުމީ ދުރުކަމެއް ނޫން .. ވަރައްކާރިކަމެއް
  މިހާރުވެސް ސައުދީއައް ލޯއަޅަމުންދާ އެމެރިކާއާއި އިސްރާއީލް އެތިބެނީ ފުރުސަތަކައް ބަލަބަލާ..
  ..
  މިކަންކަން ސައުދީއައް ނުވިސްނެއްޔާ ސައުދީ މިހާރުވެސް އެއޮތީ ވަރައްބޮޑު ނުރައްކަލެއްގަ..

  4
  2
 5. ބަކަރިބޭ

  ޝީޢީންނޭ އެމީހުންނަށް ކިޔުނީ އެބާޠިލް ޢަޤީދާ އަށް ތަބާވާތީ ކަމެއް ބުރިޓޯ އަކަށް ނޭނގޭދޯ ޒަކިއްޓޭގެ ކޮމެންޓަށް ރައްދު ދިން އިރަކު. ތިޔަހަރީ ވަރަށް ރަނގަޅަށް ވާނުވާ އެނގިފަ.

  5
  2
 6. ޝޮކްތެރަޕީ

  ހުރިހަވެސް ނުބަޔަކީ ސައުދީގެ ވެރިން.

  2
  2