23:52

23:43

ފަލަސްތީންގައި ހިނގަމުންދާ "ހަމަނުޖެހުންތައް" ކުށްވެރިކުރާ ކަމަށް ވިދާޅުވެ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ބަޔާނެއް ނެރުއްވައިފި. އޭނާ ވިދާޅުވީ ފަލަސްތީންގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް.

23:41

ފަލަސްތީންގައި މިއަދު ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ކުވައިތުން ހުށަހަޅައިފި.

23:40

ފަލަސްތީންގެ ބިން ގަދަބާރުން ފޭރިގެންފައިވާ އިސްރާއީލުން އެގައުމުގެ އަނިޔާވެރި އަމަލުތަކުގެ ދިފާޢުގައި ވާހަކަ ދައްކައިފި. އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ ދެންމެ ކުރި ޓްވީޓެއްގައި ބުނީ އިސްރާއީލްގެ މިނިވަންކަމާއި އިސްތިޤުލާލު އިސްރާއީލުން ހިމާޔަތް ކުރާނެ ކަމަށް.

23:38

ޣައްޒާގައި އިސްރާއީލުން މިއަދު ހިންގި ގަތުލް އާންމު ކުށްވެރި ކުރުމުގެ ގޮތުން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރު އަނބުރާ ގައުމަށް ގެންގޮސްފި.

23:22

https://twitter.com/ShehabAgencyEn/status/996093191983190016

22:40

22:35

ޣައްޒާގެ ހާލަތު ކަވަރު ކުރަމުން ގެންދާ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލް ސިފައިން ޑްރޯން އެއް ބޭނުންކޮށްގެން ކަރުނަގޭސް ޖަހަމުންދާ ކަމަށް އަލްޖަޒީރާ އިން ބުނޭ.

22:29

https://twitter.com/VaguthuOnline/status/996079443159461888

22:14

ފަލަސްތީންގެ ރައީސް މަހްމޫދް އައްބާސް ދެންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއަދަކީ އިސްރާއީލުން ފަލަސްތީންގެ ރައްޔިތުންނާއި މެދު އެންމެ އަނިޔާވެރިކޮށް އަމަލު ކުރި އެއްދުވަސް ކަމަށް.

"މިއަދަކީ އިސްރާއީލްގެ އަނިޔާވެރިކަން އެންމެ މައްޗަށް އުފުލިގެން ދިޔަ އެއް ދުވަސް. ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ވަނީ އަޅުގަނޑުމެންގެ ރައްޔިތުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަަނައަޅައި ގޮސްފައި. މިއަދަކީ އިސްރާއީލުން ފަލަސްތީން ރައްޔިތުންނާއި މެދު އެންމެ އަނިޔާވެރިކޮށް، އެންމެ ލާއިންސާނީކޮށް އަމަލު ކުރި އެއްދުވަސް." އައްބާސް ވިދާޅުވި.

21:59

https://twitter.com/ramaahabbal/status/996067425807425536

21:58

21:22

މިއަދު ފަލަސްތީނުގައި ކުރިއަށްގެންދާ އެއްވުމުގެ ތެރެއަށް އިސްރާއިލް ސިފައިން ބަޑިޖަހައި ޙަމަލާދިނުމުގެ ސަބަބުން ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޢަދަދު 52 އަށް އަރައިފި. މި ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 2400 އަށް އަރާފައި. ޙަމަލާތަކުގައި ޒަޚަމްވި ބައެއް މީހުނަށް ސީރިއަސް ޙާލުގައި ފަރުވާދެމުންދާއިރު، ލޭ ހަދިޔާކުރުމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ދަނީ ގޮވާލަމުން.

މި ގޮވާލުމާއި އެކު، ލޭ ހަދިޔާކުރާ ސެންޓަރުތައް ކައިރީގައި ފަލަސްތީނުގެ ރައްޔިތުން ވަނީ ބޮޑެތި ކިއު ހަދާފައި.

19:54

އިސްރާއިލްގެ ޙަމަލާތައް، މެދުއިރުމަތީގެ ޤައުމެއް ކަމަށްވާ ޖޯޑަން އިން ކުއްވެރިކޮށްފި. ފަލަސްތީނުގެ ހަތިޔާރެއްނެތ ރައްޔިތުންނާއި ދެކޮޅަށް އިސްރާއިލް ސިފައިން މިއަދު ހިންގަމުންދަނީ "ޖަރީމާއެއް" ކަމަށް ޖޯޑަން އިން ބުނޭ. ޖޯޑަންގެ އިތުރުން މިސްރާއި ތުރުކީންވެސް ވަނީ އިސްރާއިްލްގެ ޤަތުލުޢާންމު ކުއްވެރިކޮށްފައި.

ޖޯޑަން އާއި މިސްރަކީ އިސްރާއީލާއި ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ އަރަބި ހަމައެކަނި ދެޤައުމު.

19:49

މިއަދު އިސްރާއިލް ސިފައިން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުވި މީހުންގެ ޢަދަދު 43 އަށް އަރައިފި. އޭގެތެރޭގައި 6 ކުޑަކުދިން ހިމެނޭ. އިސްރާއިލްގެ އަނިޔާވެރި މި ޖަރީމާގެ ތެރެއިން ދެހާހަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާއިރު، އޭގެތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ. މީގެ އިތުރުން ޒަޚަމްކޮށްލި މީހުންގެ ތެރޭގައި 78 އަންހެނުންނާއި 11 ނޫސްވެރިއަކުވެސް ހިމެނެއެވެ.

19:35

19:10

ނޫސްތައް ބުނާގޮތުގައި، ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވާ ސަރަޙައްދަށް އެއްވެ އިސްރާއީލާއި ދެކޮޅަށް ޝުޢޫރު ފާޅުކުރި ފަރާތްތައް ފަހަތަށް ޖައްސައި، އިސްރާއިލް ސިފައިން ދަނީ އެފަރާތްތަކަށް މުގުރުބުރިން ޙަމަލާ ދެމުން.

19:08

"ސްކައި ނިއުސް" އިން ބުނާގޮތުގައި، ގުދުސްގައި ހުޅުވާ އެމެރިކާ އެމްބަސީ ކައިރީގައި އިސްރާއީލާއި ދެކޮޅަށް ޝުޢޫރު ފާޅުުކޮށް މުޒާހަރާ ކުރަމުންދަނީ އިސްރާއިލް ރައްޔިތުން. އޭގެތެރޭގައި އިސްރާއިލްގެ ޤާނޫނޫ ހަދާ މަޖިލީހުގެ ފަސް މެމްބަރުންވެސް ހިމެނޭ ކަމަށް އެ ނޫހުން ބުނޭ. އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތައް މީގެ ކުރިންވެސް އެޤައުމުގެ ބައެއް ރައްޔިތުން ކުއްވެރިކޮށްފައިވޭ. އެގޮތުން ނަތަންޔާހޫއާ ދެކޮޅަށް މީގެ ކުރިން އެފަރާތްތަކުން އެޤައުމުގެ މަގުތަކުގައި މުޒާހަރާވެސް ކޮށްފައިވޭ.

19:06

އެމްބަސީ ހުޅުވި ސަރަޙައްދުގައި ހަމަނުޖެހުން ހިނގަން ފެށުމުން، އިސްރާއިލް ސިފައިން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައި. އަދި ފަލަސްތީނުގެ ފޭރިގަނެފައިވާ ބިމުގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަމުންދިޔަ ފަރާތްތައް އެ ސަރަޙައްދާއި ވަރަށް ބޮޑަށް ވަނީ ދުރަށް ޖައްސާފައި. މިހާރު ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންދަނީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ.

19:03

ޤުދުސްގައި އެމެރިކާއިން ހުޅުވި އެމްބަސީ ކައިރީގައި ހަމަނުޖެހުން ހިންގަން ފަށައިފި. މި ހަމަނުޖެހުންތައް ހިނގަމުންދަނީ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދަނިކޮށް. މި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓަރަމްޕުގެ އަންހެން ދަރިފުޅު އިވާންކާ ޓްރަމްޕާއި އެމެރިކާގެ އިސް އޮފިޝަލުން ދަނީ ބައިވެރިވަމުން.

 

18:37

އިސްރާއީލުން ފަލަސްތީނުގެ ފޭރުގަނެފައިވާ ބިމުގައި، ފަލަސްތީނުގެ ރައްޔިތުންނާއި ކުރިމަތިލައި ހިންގަމުންދާ ޖަރީމާގެ ސަބަބުން، އިސްރާއީލާއި މިސްރާއި ދެމެދު އޮތް ގުޅުމަށް ބުރޫއަރާނެ ކަމަށް ބުނެ މިސްރުން އިސްރާއީލަށް އިންޒާރު ދީފި.

18:35

އިސްރާއީލުން މިއަދު ޝަހީދުކޮށްލި މީހެއް. ބަޑި ޖަހައި މި މީހާ ޝަހީދުކޮށްލާފައި ވަނީ ރަފަހުގެ އިރުމަތީގައި

މިއަދުގެ އެއްވުމުގެ ތެރެއިން ޝަހީދުކޮށްލި ފަލަސްތީނުގެ 41 މީހުންގެ ތެރޭގައި 6 ކުޑަކުދިން ހިމެނޭ ކަމަށް، އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމާޢަތެއް ކަމަށްވާ "އެމްނެސްޓީ އިންޓަނޭޝަނަލް" އިން ބުނެފި. ޒަޚަމްވި މީހުންގެ ތެރެއިން 500 މީހުނަށް ޙަމަލާ ދީފައިވަނީ ބަޑިން ކަމަށް އެމްނެސްޓީން ބުނޭ.

18:29

ފަލަސްތީނުގައި އިސްރާއިލް ސިފައިން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާގައިި، ޝަހީދުކޮށްލި މީހުންގެ ޢަދަދު 41 އަށް އަރައިފި. އޭގެތެރޭގައި އުމުރުން 14 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ.

18:19

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދަނީ ޤަތުލުޢާންމެއް ކަމަށް ތުރުކީން ބުނެފި.

ތުރުކީން ބުނީ، ޔަހޫދީ ސިފައިން މެދުވެރިކޮށް އިސްރާއީލުން ހިންގަމުންދާ މި ޤަތުލުޢާންމުގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާއިން ކަމަށް. އެމެރިކާއަކީ އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަ ކުރުމުގައި އެންމެ ބޮޑަށް އެހީތެރިކަންދީ އެއްބާރުލުން ދިން ޤައުމު.

18:19

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ސިފައިން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް، ފަލަސްތީނު ރައްޔިތުން ބައިނަލްއަޤުވާމީ އެހީއަށް އެދިއްޖެ.

ފަލަސްތީނުގެ ފޭރިގަނެފައިވާ ބިިން، ގާޒާގެ ބޯޑަރު ސަރަޙައްދާއި އެޤައުމުގެ ހުޅަނގު އައްސޭރީގައި މުޒާހަރާކުރަމުންދާ ފަރާތްތަކުން ބައިނަލްއަޤުވާމީ އެހީއަށް އެދިފައި މިވަނީ، މިހާތަނަށް 40 އަށްވުރެ ގިނަ ޢާންމުން ޝަހީދުކޮށްލާފައި ވަނިކޮށް. މިއަދުގެ އެއްވުމުގައި އެހެން ދުވަސްތަކާއި ޚިލާފަށް ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުން.

18:14

އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް ޓްރަމްޕް ނިންމި ނިންމުމާއި ދެކޮޅަށް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވެސް ގިނަ ބަޔަކު ދަނީ މުޒާހަރާކުރަމުން.

18:13

މިއަދުގެ އެއްވުމުގައި ބައިވެރިވަމުންދާ މިލިއަނެއްހައި ފަލަސްތީނު ރައްޔިތުންގެ ތެރެއިން، ދެހާހެއްހައި މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް "އަލްޖަޒީރާ" އިން ބުނެފި. މި އެއްވުމުގެ ބައިވެރިންނާއި ދެކޮޅަށް އިސްރާއިލް ސިފައިން ދަނީ ހަތިޔާރު ބޭނުންކޮށް އިންޒާރަކާއި ނުލައި ޙަމަލާދެމުން.

18:11

އެމެރިކާގެ އެމްބަސީ، ފަލަސްތީނުގެ ފޭރިގަނެފައިވާ ޤުދުސްއަށް ބަދަލުކޮށްފި.

މި ރަސްމިއްޔާތުގައި ޓްރަމްޕްގެ އަންހެން ދަރިފުޅު، އިވާންކާ ޓްރަމްޕް އާއި އެމެރިކާގެ ގިނަ ޢަދަދެއްގެ އިސްވެރިން ބައިވެރިވި. އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި ލިބޭ އެއްބާރުލުމަށް އިސްރާއީލުން ދަނީ އެމެރިކާއަށް ޝުކުރުވެރިވެ ސަނާ ކިޔަމުން.

ޤުދުްސްއަށް އެމެރިކާ އެމްބަސީ ބަދަލު ކުރުމުގެ ރަސްމިއްޔާތު ކުރިއަށްދަނީ

18:05

އެމެރިކާގެ އެމްބަސީ، ޤުދުސްގައި ހުޅުވުމުގެ ރަސްމިއްޔާތު ފަށައިފި. މި އެމްބަސީއަކީ މީގެ ކުރިންސް އިސްރާއިލްގެ ޓެލްއަވިވްގައި ހުރި އެމްބަސީއެވެ. އެމްބަސީ ގުދުސްއަށް ބަދަލުކުރަން ނިންމީ، އެމެރިކާގެ އެއްބާރުލުމާއި އެކު އެ އަވަށް އިސްރާއިލްގެ ބާރުގެ ދަށަށް ރަސްމީކޮށް ގެނައިތާ ގިނަ ދުވަސްތަކެއް ނުވަނީސް. އެމްބަސީ ގުދުސްއަށް ބަދަލުކުރާނެކަން އިއުލާނުކުރީ އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ޑޮނަލްޑް ޓްރަމްޕް.

ޤުދުްސްއަށް އެމެރިކާ އެމްބަސީ ބަދަލު ކުރުމުގެ ރަސްމިއްޔާތު ކުރިއަށްދަނީ

18:04

ފަލަސްތީނުގައި މި އެއްވުން އިންތިޒާމްކުރާ ފަރާތްތަކާއި ޙަވާލާދީ "އަލްޖަޒީރާ" އިން ބުނީ، މިއަދުގެ އެއްވުމުގެ ބައެއް ބައިވެރިން، ގާޒާގެ ބޯޑަރު ސަރަޙައްދުގައި އިސްރާއީލުން ޖަހާފައިވާ ފެންސް ހުރަސްކޮށް، ފެރިގަނެފައިވާ ސަރަޙައްދަށް ވަންނާނެކަމަށް.

18:02

މިއަދުގެ އެއްވުމާއި ގުޅިގެން، އެއްވުމުގައި ބައިވެރިވަނީ ދިހަ ވަރަކަށް ހާސް މީހުން ކަމުގައި ކުރިން އިސްރާއީލުގެ އޮފިޝަލުން ބުނެފައިވީނަމަވެސް، ފަހުން ބުނީ އެއްވުމުގައި 35،000 އެއްހައި މީހުން ތިބިކަމަށް. އިސްރާއީލުގެ ވާހަކަތައް ބަދަލުކޮށްލާފައި ވަނީ މި ޤަތުލުޢާންމުގެ ޚަބަރު ބައިނަލްއަޤުވާމީ ނޫސްތަކުގައި ފެތުރި، ދުނިޔެއަށް ހަޤީޤަތް ހާމަވެ ބޭޒާރުވާން ފެށުމުން.

17:59

މިއަދުގެ އެއްވުމާއި ގުޅިގެން އިސްރާއީލުން ބުނަމުންދަނީ، ފަލަސްތީނުގެ ދިހަވަރަކަށް ހާސް މީހުން ނިކުމެ ގާޒާގެ ބޯޑަރު ސަރަޙައްދުގައި ހަމަނުޖެހުން ހިންގަމުންދާ ކަމަށް. އިސްރާއީލުގެ އޮފިޝަލުން ދަނީ އެފަރާތްތަކުގެ ލާއިންސާނީ ޢަމަލުތައް ފޮރުވުމަށްޓަކައި މިފަދަ ހަޤީޤަތެއްނެތް ވާހަކަތައް މީޑިއާތަކުގައި ފަތުރަމުން.

17:56

މި މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކާއި ޙާވާލާދީ "އަލްޖަޒީރާ" އިން ބުނީ، މުޒާހަރާގައި މިލިއަނެއްހައި މީހުން ބަރިވެރިވަމުންދާ ކަމަށް. އިސްރާއިލްގެ ސިފައިން ދަނީ އެއްވެފައިތިބި ޢާންމުންގެ ތެރެއަށް ބަޑި ޖަހަމުން.

17:54

ފޭރިގަނެފައިވާ ގާޒާގެ ބިމުގައި އެމެރިކާގެ އެމްބަސީ ޤާއިމްކުރާތީ، އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން، ފަހުގެ ތާރީޚެއްގައިވެސް އިސްރާއީލާއި ދެކޮޅަށް ޢާންމުން ނުނިކުންނަ ޢަދަދަކަށް މިއަދު، މީހުން ވަނީ އެ ސަރަޙައްދުގެ ބޯޑަރު ކައިރިއަށް އެއްވެފައި. އެފަރާތްތަކުން ދަނީ އެކަން ހުއްޓާލުމަށް ގޮވާލައި އެމެރިކާއާއި އިސްރާއިލްގެ ޢަމަލުތައް ކުއްވެރި ކުރަމުން.

17:49

އިސްރާއީލުން ޤުދުސްގައި ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުވި މީހުންގެ ޢަދަދު 40 އަށް އަރައިފި. ކުށެއްނެތް ޢާންމުންނަށް ދެމުންދާ މި ޙަމަލާތަކުގައި މިހާތަނަށް 1700 އަށްވުރެ ގިނަ މީހުނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި. އޭގެތެރޭގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދާ މީހުން ހިމެނޭ.

އިސްރާއީލުން ފަލަސްތީނުގައި ބޮޑު ގަތުލުޢާންމެއް ހިންގައި ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން މިހާރުވެސް ދަނީ، ހުސް އަތާއި ތިބި ފަލަސްތީނުގެ ކުށެއްނެތް ޢާންމުންނާއި ކުރިމަތިލައި އެފަރާތްތަކާއި ދެކޮޅަށް ވަރުގަދަ ހަތިޔާރު ބޭނުންކުރަމުންނެވެ.

އެމެރިކާގެ އެމްބަސީ، ފޭރިގަނެފައިވާ ފަލަސްތީނުގެ ޤުދުސްއަށް ބަދަލުކުރުމާއި ދެކޮޅަސް ގާޒާގެ ބޯޑަރު ކައިރިއަށް ޖަމާވެފައިވާ މީހުނަށް އިސްރާއީލް ސިފައިން ދަނީ ބަޑިން ޙަމަލާތައް ދެމުންނެވެ.

ރަހުމުކުޑަ އިސްރާއިލް ސިފައިން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ވަނީ 37 މީހަކު ޝަހީދުކޮށްލާފައެވެ. މީގެ އިތުރުންވެސް ޙަމަލާތަކުގައި އަނިޔާތައް ލިބި، ގިނަ ބަޔަކަށް ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބުއްްޅަަބޭ

    ތީ އާވާހަކައެއްނޫން! 1947ން ފެށިގެން ވަމުންދާ ކަންތައްތައް، ބަދަލެއް ނުކުރެވޭނެ، ނުވެސްވާނެ މީންޒަމާނަކުވެސް!

    • ފަަލަސްތީން މީހާ

      ކަލެއަށް މާ އިނގެނީ އޭ ބުނެވޭނީ، ކަލެ އަތަށް އިނގެނީ ބަދަލު ވަންޏާ ނުވާންޏާ،؟ ކުފުރުވާ އިރުވެސް ނޭންގޭ ދޯ، އިސްލާމް ދީން މާ ބޮޑަށް އިނގިފަ ތިހިރީ ، މި ފެންނަނީ ފަހުޒަމާނުގެ އަލާމާތް ކަމެއް ނޭންގޭތަ، އިސްލާމް ދީނަށް ނަސްރު ލިބޭނެ ދުވަހެއް އަންނާނެ ވާހަކަ އަޑު ނާހަމުތަ؟ ދުނިޔެ ގިޔާމަތް ކުރެއްވުމުގެ ކުރިން މި ދުނިޔޭގެ ވެރިކަން ކުރާނީ މުސްލިމުންކަމެއް ނޭންގޭތަ، ފަލަސްތީން އަށް ކާމިޔާބު ލިބޭނެ ދުވަހެއް އަންނާނެ ވާހަކަ އަޑު ނާހަމުތަ، މި ފެންނަމުން ދަނީ ވިސްނަ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް ކަން ހަމަ ނުވިސް ނެނީތަ ތި ބީތާ އަށް، ބުއްޅަބޭ އަށް ހެޔޮވިސް ނުން ދެއްވާށި،

    • ޕީޖޭ

      ބުއްޅަބޭގެ ވައިބަރ ޓްވިޓަރ އަދި ސްޓޭޓަސްތައް ބަލަމުން މިދަނީ ވ ގާތުން!!

  2. ޢާޙް

    ޔާ ﷲ ޔަހޫދީންގެ ނުބާކަމުން އިސްލާމީ އުންމަތް ރައްކާތެރި ކުރައްވާ ފަލަސްތީންގެ މުސްލިމުންނަށް ނަސްރު މިންވަރު ކުރައްވާންދޭވެ. ޢާމީން

    • ޚިޔާލެއް

      އާމީން

    • ނަދާ

      آمين

  3. މޯޑު

    ރާއްޖެއިން އިސްވެ އިޒުރޭލަށް ހަމަލާދިނުމަށް ގޮވާލަބް

  4. ޖުޑީ

    މާޝާ ﷲ. ޝަހީދު ވެފަވާ ޒުވާނާގެ ހިނިތުންވުން ފެނިފަ އުފަލުން ރޮވިއްޖެ.

  5. ޖުޑީ

    މާޝާ ﷲ. ޝަހީދު ވެފަވާ ޒުވާނާގެ ހިނިތުންވުން ފެނިފަ އުފަލުން ރޮވިއްޖެ. މާތް ﷲ މި އަޅާވެސް އެފަދަ އުފާވެރި މަރަކުން މަރުވުމުގ ތައުފީގު ދެންވާންދޭވެ. އާމީން

  6. ބްރޯ

    ރާއްޖޭގެ ސިފައިން ފޮނުވަން ގޮވާލާން. އަހަރެން މިހެން ބަލަން ހުންނަން ލަދުގަނޭ

    • ާއަލީ

      ކަލޭ ދޭބަލަ ރާއްޖޭގަ ތިބި މަދުސިފައިންކޮޅު ފޮނުވަންނުހަދާ

  7. Anonymous

    މުސްލިމު ޤައުމުތަކުގެ ވެރީން ތަހުތުތަކުގައި ވެޑުވިގެން ހުރެ ޔަހޫދީން ކުއްވެރިކުރުން ނޫން އެހެން ކަމެއް ނުކުރެވޭ! ކޮބާ ތުރުކީ ގެ ރައީސް؟ ކޮބާ ސައިދީގެ ބާރުގަދަމީހާ ބިން ސަލްމާން؟ ކޮބާ އަރަބި ވެރީން ؟ ކޮބާ މުސްލިމު އަހުންނާއި އުހުތުން؟

  8. Anonymous

    we need men like salahuddin al ayubi, mohamed al fatih, nuruddin zanki

    • ބުލޫ

      އަަސްލުވެސް...އެއީ ގައިމުވެސް މިއަދުގެ މުސްލިމް ވެރީންތައް ފަދައިން ދެއަތް އުރާލައިގެން ކުޅިބަލަން ތިބޭ ޒާތުގެ ޝަޙުސިއްޔަތުތަކެއްނޫން.އެއަށްވުރެ މާކެރޭ ހިތްވަރުގަދަ ޖެހިލުންކުޑަ ނަމޫނާ މުޖާހިދުންތަކެއް...މިއަދު ފަލަސްތީންގެ ރައްޔިތުން (ހާއްސަކޮށް ޅަޒުވާނުންނާއި ކުޑަކުދީން) އެދައްކަނީ އެނަމޫނާ.ސެލިއުޓުކުރަން އެމީހުންގެ ހިތްވަރަށް.

  9. މީހާ

    ތިއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރަން

  10. ޙަފްޞާ / މާލެ

    ކޮބައި އދ؟ ކޮބައި ވޯކިންގްރޫޕް؟ ކޮބައި ކެނެޑާ؟ ކޮބައި އެމެރިކާ؟ ކޮބައި އިގިރޭސިވިލާތް؟ ކޮބައި އިންޑިޔާ؟

  11. އަން

    އަންނިޔާ އޭނަގެ އެކުވެރިން ކާރީގަ ބުނެބަލަ ޔޫރަޕިޔަން ޔުނިޔަން އީޔޫ އަށް ތިޔަ މައްސަލަ ހުށަހެޅުމަށް

  12. އާދަމް

    ޓްރަމްޕަށް ހިއްވަރުދިނީ 2 ހަރަމުގެ މުހައްމަދު. ދެން ނަތަންޔަހޫތަ ޖޯހީ. 2 ހަރަމުގެ ވެރިންނަށް ތިތިބީ މުސްލިމުންތޯވެސް ސުވާލު އުފެދޭ

  13. ސަދުން

    ބޯހަލާކުވާވަރުވޭ.

  14. ދަރި

    އީ،ޔޫ،އެމެރިކާ،އިގިރޭސިން،އދ އަށް މިމަންޒަރު ނުފެންނަނީތަ އިޒްރޭލުގެ އަނިޔާވެރިކަން
    ފެނޭ ނަމަވެސް ޓެރަރިސްޓުންނަށްވަނީ މުސްލިމުން އަދި މުސްލިމްގައުމެއްގައި ގާނޫނާ
    ގަވާއިދަށް ( ދިވެހިރާއްޖެ) ކަމެއްކުރުމުން ގޯސްވެ ދަތިކުރުމުގެފިޔަވަޅުއެޅުމަށް އިންޒާރު
    ދޭ މިއީތޯ ފުރިހަމަޑިމޮކްރަސީއަކީ؟ މިއީތޯ އިންސާފަކީ؟