ފަލަސްތީންގެ ބިމުގައި އެމެރިކާ އިން އިސްރާއީލްގެ އެމްބަސީ ހުޅުވިނަމަވެސް އަދި އިސްރާއީލުން ފަލަސްތީންގެ ރައްޔިތުންނަށް ކިތަންމެ ވަރަކަށް އަނިޔާވެރިވި ނަމަވެސް ފަލަސްތީންގެ ބިން އަނބުރާ ހޯދުމަށް ފަލަސްތީންގެ ރައްޔިތުން ކުރަމުން ގެންދާ ޖިހާދު ނަސްރު ނުލިބެނީސް ހުއްޓައި ނުލާނެ ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދް އައްބާސް ވިދާޅުވެއްޖެއެވެ.

މަހްމޫދް އައްބާސް މިހެން ވިދާޅުވީ އެމެރިކާގެ އެމަބްސީ ގުދުސްގައި ހުޅުވުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އައްބާސް ވިދާޅުވީ ފަލަސްތީންގެ ބިމުގައި އެމެރިކާ އިން އިސްރާއީލްގެ އެމްބަސީ ހުޅުވުން އިސްރާއީލުން ފާހަގަ ކުރި ނަމަވެސް އެއީ ފަލަސްތީންގެ ބިމުގެ ތާރީޚް އޮޅުވާލެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފަލަސްތީންގެ ރައްޔިތުން ފަލަސްތީންގެ ބިމުގައި ދެމިތިބޭނަން. އަޅުގަނޑުމެން ކުރަމުން ގެންދާ ސުލްހަވެރި އިހްތިޖާޖު ނިމުމަކަށް ގެންނާނީ ގުދުސް އަކީ ފަލަސްތީންގެ ވެރިރަށަށް ހަދާފައި." އައްބާސް ވިދާޅުވިއެވެ.

އައްބާސް މިއަދު ވެސް ވިދާޅުވީ އެމެރިކާގެ އިސްރާއީލް އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ މެދުއިރުމަތީގެ ސުލްހައަށް އެމެރިކާ އިން އެޅި ހުރަހެއް ކަމަށާއި ސުލްހައިގެ ވާހަކަތަކުގައި ދެން އެމެރިކާ އަށް މެދުވެރިއެއްގެ ރޯލު އަދާނުކުރެވޭނެ ކަމަށެވެ.

އައްބާސް ވިދާޅުވީ މިއަދަކީ އިސްރާއީލުން ފަލަސްތީންގެ ރައްޔިތުންނާއި މެދު އެންމެ އަނިޔާވެރިކޮށް އަމަލު ކުރި އެއްދުވަސް ކަމަށެވެ.

"މިއަދަކީ އިސްރާއީލްގެ އަނިޔާވެރިކަން އެންމެ މައްޗަށް އުފުލިގެން ދިޔަ އެއް ދުވަސް. ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ވަނީ އަޅުގަނޑުމެންގެ ރައްޔިތުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަނައަޅައި ގޮސްފައި. މިއަދަކީ އިސްރާއީލުން ފަލަސްތީން ރައްޔިތުންނާއި މެދު އެންމެ އަނިޔާވެރިކޮށް، އެންމެ ލާއިންސާނީކޮށް އަމަލު ކުރި އެއްދުވަސް." އައްބާސް ވިދާޅުވިއެވެ.

އިސްރާއީލްގެ އަނިޔާވެރި ސިފައިން މިއަދު ވަނީ ޣައްޒާގައި ސުލްހަވެރި ކަމާއި އެކު މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއަށް ބަޑި ޖަހާ 52 މީހުން ޝަހީދު ކޮށްލާފައެވެ. އަދި 2000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަނިޔާ

    ﷲގެ ހެޔޮރަޙްމަތާއެކު ނަސްރު ލިބޭނެ . އާމީން

  2. އަލީ

    އަދިވެސް އަހަރެމެން ކޅިބަލަން ތިބެން ވީތަ؟ ކޮބާތަ އަރަބިން ތަށް؟ ޔާﷲ އިޒްރޭލް އާއި ނުލަފާ އެމެރިކާ ގެ ވެރިންގެ މައްޗައް ގަދަފަދަ ކޯފާއެއް ފޮނުއްވާ ފާންދޭވެ. އަދި މުސްލިމުން ނައް ނަސްރު ދެއްވާފާން ދޭވެ.

    • އަރަބިމީހާ

      އަލީ!
      އަރަބިން ގެ ބޮލައް ތިކަން ކަނޑާލިހެން އެމީހުން ވެސް ކަލޭ ބޮލަށް ތިކަން ކަނޑާ ލާނީ!

    • މީ

      އާމީން ޔާﷲ

  3. އެންޓި ޓެރެރިޒަމް

    ފަލަސްތީން ރައީސް ގެ މައްސަލަ ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ބަލަން ފެނޭ!

    ފަލަސްތީންގެ ރައީސް އެއީ ހައްދުފަހަނަ އެޅި ނިރުބަވެރިއެއްކަމައް ބެލެވެނީ!

    • محمد معين

      ياالله فلسطين نثر

  4. ސަރީޒު

    ޔާﷲ ފަލަސްދީނަށް ނަސްރު ދެއްވާށި