19:08

އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ އާއްމުންގެ އަދަދު 61 އަށް އަރައިފި.

17:46

17:31

އެމެރިކާގެ އެމްބަސީ ތެލް އަވީވް އިން ގުދުސް އަށް ބަދަލުކުރަން ނިންމި ނިންމުން ބަލައި ނުގަންނާނެ ކަމަށް ސައުދީ އަރަބިއްޔާ އިން ވިދާޅުވެއްޖެ.

17:21

ޓިއާ ގޭހުގެ އަސަރުކޮށްގެން އިއްޔެ ޝަހީދުވި ފަލަސްތީނުގެ ކުޑަކުއްޖާގެ ފޮޓޯ ގައްޒާގެ ހެލްތް މިނިސްޓްރީން އާއްމުކޮށްފި.

17:18

އިސްރާއީލުން އިއްޔެ ފަލަސްތީނުގެ އާއްމުންނާ ދެކޮޅަށް ދިން ހަމަލާތައް އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ކުށްވެރިކޮށްފި. އެގޮތުން އެ އޮފީހުން ކުރި ޓްވީޓެއްގައި ވަނީ ބާރުގެ ބޭނުން ކުރާއިރު ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބަން ތަކުރާރުކޮށް އެންގިފައިވީ ނަމަވެސް އެކަން އެގޮތަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ކުރަމުން ނުދާކަން ފާހަގަކޮށްފައި.

17:08

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ އާއްމުންގެ ޖާނާޒާ މިއަދު ބޭއްވުމަށް ނިންމައިފި.

13:51

އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 60 އަށް އަރައިފި.

11:46

09:39

ޣައްޒާގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައެއް މަންޒަރުތައް
ޣައްޒާގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައެއް މަންޒަރުތައް
ޣައްޒާގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައެއް މަންޒަރުތައް
ޣައްޒާގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައެއް މަންޒަރުތައް
ޣައްޒާގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައެއް މަންޒަރުތައް

09:37

09:24

ޣައްޒާގައި އިސްރާއީލުން އިއްޔެ ހިންގި ގަތުލް އާންމުގައި ޝަހީދުވި މީހުންގެ އަދަދު 58 އަށް އަރައިފި. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 2771 އަށް އަރާ. އޭޕީ ނޫސް އެޖެންސީ އިން ބުނާ ގޮތުގައި އިސްރާއީލް ސިފައިން ވަނީ ޓޭންކަރުން ވެސް ބައެއް މީހުން ހަމަލާދީފައި.

08:19

ޣައްޒާގައި އިއްޔެ ގިނަ ބަޔަކު ޝަހީދުވުމުން ތުރުކީ އިން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް ފާހަގަ ކުރަން ނިންމާފައި.

08:17

އިސްރާއީލްގެ ވެރިރަށް ތެލް އަވީވާއި އެމެރިކާގެ ވޮޝިންޓަންގައި ތިއްބެވި ތުރުކީ ސަފީރުން އަނބުރާ ގައުމަށް ގެންދަން ތުރުކީ އިން ނިންމައިފި. މިއީ އިސްރާއީލުން ޣައްޒާގައި ހިންގި ގަތުލް އާންމާއި ދެކޮޅު ހެދުމުގެ ގޮތުން ތުރުކީ އިން ނިންމި ނިންމުމެއް.

02:40

ހޯމަ ދުވަހު ދޭންފެށި މި ޙަމަލާތަކުގައި އަންހެން ކުއްޖަކު ހިމެނޭގޮތަށް ޖުމްލަ ހަ ކުއްޖަކު ޝަހީދުކޮށްލާފައިވޭ. އަދި 200 އަށްވުރެ ގިނަ ކުދިންނާއި 78 އަންހެނުންނާއި 12 ނޫސްވެރިއަކުވެސް ޒަޚަމްކޮށްލާފައިވޭ. ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނު ރައްޔިތުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދޭ މީހަކުވެސް ހިމެނޭ.

02:38

ފަލަސްތީނުގެ ފޭރިގަނެފައިވާ ބިމުގައި އިސްރާއިލްގެ ޔަހޫދީ ސިފައިން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު 55 އަށް އަރައިފި. އިސްރާއީލުން ހިންގާ މި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން މިހާތަނަށް 2400 އަށްވުރެ ގިނަ ރައްޔިތުންނަށް އެކި ވަރުގެ ޒަޚަމް ލިބިފައިވާއިރު، އޭގެތެރެއިން 55 މީހެއްގެ ޙާލު ވަރަށް ސީރިއަސް ކަމަށް ސިއްޙީ ޚިދުމަތްދޭ އިދާރާތަކާއި ޙަވާލާދީ ނޫސްތައް ބުނޭ. ޒަޚަމްވި މީހުންގެ ތެރެއިން 1204 މީހަކަށް ވަނީ ބަޑިން ޙަމަލާ ދީފައި.

 

އިސްރާއީލް އިން ފަލަސްތީންގެ ބިމަށް ވެރިވެގަތްތާ 70 އަހަރު ފުރުމާއި ދިމާކޮށް އެމެރިކާގެ އިސްރާއީލް އެމްބަސީ މުސްލިމުންގެ މުގައްދަސް ބިން ގުދުސް އަށް މިއަދު ވަނީ ބަދަލު ކޮށްފައެވެ. އެކަމާއި ދެކޮޅަށް ފަލަސްތީންގެ ޣައްޒާގައި މުޒާހަރާ ކުރަމުންދާ ފަލަސްތީންގެ ރައްޔިތުންގެ ގަޔަށް އިސްރާއީލްގެ އަނިޔާވެރި ސިފައިން ވަނީ ބަޑި ޖަހާފައެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 55 އަށް އަރާފައެވެ. ޒަހަމްވި މީހުންގެ އަދަދު 2410 އަކަށް އަރައެވެ. އޭގެތެރެއިން 55 މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ، އެހެންކަމުން ޝަހީދުވާ މީހުންގެ އަދަދު އިތުވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި އިތުރު 76 މީހެއްގެ ހާލު ވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.

މިއަދު ބޮޑެތި ޒަހަމްތަކެއް ލިބުނު މީހުންގެ އަދަދު 945 އަށް އަރައެވެ. 203 ކުއްޖަކު ވަނީ އިސްރާއީލްގެ ހަމަލާތަކުގައި މިއަދު ޒަހަމްވެފައެވެ. ޒަހަމްވި މީހުންގެ ތެރެއިން 1204 މީހެއްގެ ގަޔަށް ވަނީ ވަަޒަން އަރާފައެވެ. 79 މީހެއްގެ ކަރަށާއި ބޮލަށް ވަނީ ވަޒަން އަރާފައެވެ. ޒަހަމްވި މީހުންގެ ތެރޭގައި 12 ނޫސްވެރިން ވެސް ހިމެނެއެވެ. އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އެކަކު ވަނީ ޝަހީދު ކޮށްލާފައެވެ.

މުޒާހަރާ ކުރި މީހުންގެ ގަޔަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ހުރިހާ ޤާނޫނަކާއި ހިލާފަށް އިސްރާއީލުން ބަޑި ޖަހާ އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަހަމްކޮށްލި ނަމަވެސް އިސްރާއީލްގެ ހުރިހާ އަނިޔާވެރި އަމަލެއްގެ މަދަދުވެރިޔާ އެމެރިކާ އިން ބުނީ އިސްރާއީލްގެ އަމަލަކީ އަމިއްލަ ދިފާޢުގައި ހިންގި އަމަލެއް ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ދަނީ އިސްރާއީލް އިން މިއަދު ހިންގަމުން ގެންދާ ގަތުލް އާންމު ކުށްވެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙްމަދު މަގޭ ޤައުމް

    ޓްރަމްޕް ކަލޭޔާ ނަތަންޔާހޫ އާ ދެމީހުންގެ ނިމުން ވަރަށް ހިތިވާނެ. އިންޝާﷲ

    • މުސްލިމު މީހާ

      ވެރިން ނެތީމަ ހެޔޮލަފާ ދުނިޔެ ފަސާދަ ވެއްޖެޔޭ

      ވެރިން މިހާރު އުއްމަތާ ޚިލާފު އާއްމުކޮށްވެޔޭ
      ...................................

      އިލާހީ ޔާ އިލާހީ... އިލާހީ ޔާ އިލާހީ.....

      ކުރީގެ ތިންޤަރުނު ވި މާތް މިދުނިޔެ ސިއްސުވާލިޔޭ

      ވެރިން ފިސާރި ހަރުދަނާ މިއުއްމަތަށް އުފަންވިޔޭ...
      ..............................

      މިއަދު އިސްލާމީ އުއްމަތުގަ ހަރުދަނާ ވެރިޔެއް ފެންނަނީ ވަރަށް މަދުން. އަދި އުއްމަތުގެ ބާރެއް ނުފެނޭ ވެރިންގެ ފަަރާތުން..

    • މުސްލިމް

      ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

  2. މީ

    މާތްﷲ އަނިޔާވެރިން ބަލި ކުރައްވަވާށި އަދި ޝަހީދުންނަށް ސުވަރުގެ ދެއްވަވާށި އާމީން.

  3. އަހްމަދު

    ބަތް ޕާރުސަލް ފޮނުވައި ދިވެހިންގެ ވާޖިބު އަދާކުރަން ކެންޕެއިންއެއް ފަށަން ވީ ނު!

  4. ހިތްދަތި

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މާﷲ މުސްލިމުންނަށް ކާމިޔާބު ދެއްވާ ކާފަރުން ބަލިކުރައްވާ އެބައި މީހުންގެ މައްޗަށް ކޯފާއެއް ފޮނުއްވާފާންދޭވެ. އާމީން

  5. ޢިންސާފު

    ޔާﷲ ކުއްފާރުންގެ ބައިގަޑު ހަލާކު ކުރައްވާށި

  6. މޯޑު

    އަޅުގަނޑުމެން މުސްލިމުންގެ ދުވަސް އަދި އޮތީ އިން ޝާއަ ﷲ އެއީ ވަރަށް ކައިރީގައި އޮތް ދުވަހެއް

  7. އަސްލުހާލަތު

    ސަރުކާރަކުން އަދިވެސް މިކަން ކުށްވެރިއެއް ނުކުރެއޭ.. ކީއްވެހޭ ވަގުތަށް ޚަބަރު ނުހެދެނީ؟