އިސްރާއިލްގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާއަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މިރޭވެސް ޣައްޒާއަށް ވައިގެ މަގުން އިސްރާއިލް އިން ހަމަލާ ދެމުންދާއިރު، މިއީ މެދުކެނޑުމެއް ނެތި ކޮންމެ ރެޔަކު އިސްރާއިލް އިން ޣައްޒާއަށް ހަމަލާދޭތާ ދިހަ ވަނަ ރެއެވެ.

މިރޭގެ ޙަމަލާތައް ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއިން ސިފައިން އަމާޒުކުރަމުން ދާއިރު، އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް ބޮން އަޅަމުންދާ ކަމަށް ނޫސްތައް ބުނެއެވެ. ނަމަވެސް މިރޭގެ ހަމަލާތަކުގައި މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މި ހަމަލާތަކާއި ގުޅިގެން އިސްރާއިލް އިން ބުނެފައި ވަނީ، ހަމަލާ ދެމުންދަނީ ޣައްޒާގައި އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނޫން ކަމަށެވެ. އަދި ހަމަލާތައް އަމާޒު ކުރަނީ ހަމާސްގެ ސިފައިން އުޅޭ އަސްކަރީ ކޭމްޕުތަކާއި ބިންގަރާސްތަކަށް ކަމަށް ވެސް އިސްރާއިލް އިން ބުނެއެވެ. ނަމަވެސް ޣައްޒާގެ އާންމުން އުޅޭ ސަރަޙައްދުތަކަށް ހަމަލާދޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ ދައުރުވަމުންނެވެ.

މި ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާވެސް ދުވަސްތަކެއް ވަނީ ވެފައެވެ.

އިސްރާއިލް އިން ޣައްޒާއަށް ހަމަލާތައް އަމާޒުކުރަމުން މިދަނީ ހަމާސްގެ ސިފައިން އިސްރާއިލް އިން ކަނޑައަޅާފައިވާ ބޯޑަރު ސަރަޙައްދުން އެޤައުމަށް ރޮކެޓް ހަމަލާއެއް ދީފައިވާ ކަމަށް ބުނެއެވެ. އިސްރާއިލްގެ އަސްކަރިއްޔާއިން ވަނީ، ހަމާސްގެ ސިފައިން އެޤައުމަށް ގޮވާތަކެތި ހަރުކޮށްފައި ހުންނަ ފުއްޕާހަން ފޮނުވަމުންދާ ކަމަށް ވެސް ބުނެފައެވެ.

އިސްރާއިލް އިން މި ފަހުން ދޭންފެށި މި ހަމަލާތަކުގައި މަރުވި މީހުންގެ ސީދާ އަދަދެއް ޔަޤީން ކުރެވިފައި ނުވީނަމަވެސް، މިހާތަނަށް ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދު ވެފައިވާ ކަމަށް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރޯނު

    ކަލޭމެން އެކަން ނުހުއްޓުވާ ތިޔަ ތިބެނީ ކީއްވެ؟

  2. ކޮންޓޭ

    މާތް ކަލާންގޯ...އަހަރުމެންގެ ލޮބުވެތި މުސްލިމް އަހުން ބޮލައް ޖެޓުތަކުން ބޮންއަޅާއިރު އިސްލާމީ ގައުމުތައް މަޑުމަޑުން އެބަތިއްބޭ...10ވަނަ ރޭ ހާއްސަ ދުޢާއެއް ފަލަސްތީނައް ކުރަންފެނޭ ކޮންމެ ނަމާދެއް ގައި..

    9
    3
  3. ހިއްދަތި ކަން

    2014ވަނަ އަހަރު ފަލަސްތީނުގެ މުޖާހިދުން ހަމާސް އަށް ނަސްރު ދެއްވުމަށް ދުޢާ ކުރިގޮރައް މިފަހަރު ވެސް މިސްކިތްތަކުގައި ފަލަސްތީނައް ނަސްރު ދެއްވުމަށް ދުޢާއެއް ކުރަން ހިނގާ....

    7
    1
  4. ތާކިހާ

    ކޮބާ ދިވެހިސަރުކާރު

    4
    1
  5. މީހާ

    ހަރާން ކަލޭމެން ތިޔަ ހަދާ ސިހުރަކުން ވާނެ އެއްކަމެއްވެސް.

  6. އިންސާނީ ހައްގު ހޯދުން

    ކޮބާ އެމްނެސްޓީ އާއި އެނޫންވެސް ދެކޮޅުނުޖެހޭ ޖަމާޢަތްތައް. އެކަމަކު ބަޔަކު މީހުންގެ މުޒާހަރާއެއް ބާރުގެ ބޭނުންކޮއްގެން ރޫޅާލީމަ އުޅޭނީ ލަގޮނޑިއަށް ކެތްނުވެގެން.

    4
    2