އީސާގެފާނު 5000 މީހުންނަށް ދެރޮއްޓާއި ދެމަހުން ކާންދިން ކަމަށް ބުނާ މުއުޖިޒާތް ހިނގި އަވަށް ކަމަށް ބުނެ، ބިމުގެ އަޑީގައި ވަޅުލެވިފައިވާ އަވަށެއް އާކިއޮލޮޖިސްޓުން ހޯދައިފިއެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ނެބްރަސްކާގެ ޕްރޮފެސާ ރަމީ އަރަވް އިސްވެ ހުންނެވި އާކިއޮލޮޖިސްޓުން ހޯދި އަވަށް އޮންނަނީ އިސްރާއީލުން ގަދަކަމުން ފޭރިގެންފައިވާ ގޯލަން ހައިޓް ސަރަހައްދާއި ޖޯޑަން ކޯރު ކައިރީގައެވެ. އާކިއޮލޮޖިސްޓުން މިއަވަށް ފެނޭތޯ އެސަރަހައްދު ބަލަމުން ގެންދާތާ މިހާރު 32 އަހަރު ވެއްޖެއެވެ.

ބެތުސައިދާގެ ނަން ދީފައިވާ މިއަވަށަށް އީސާގެފާނު ޒިޔާރަތް ކުރެއްވިއިރު އެސަރަހައްދަކީ ރޯމަނުންގެ ވެރިކަން ހިނގަމުން އައި ސަރަހައްދެއް ކަމަށް ބުނެވެއެވެ. އާކިއޮލޮޖިސްޓުން މިއަވަށް ހޯދުމަށް ރޯމަނުންގެ ތާރީޚީ މައުލޫމާތުތައް ވެސް ދިރާސާ ކޮށްފައި ވެއެވެ.

ޕްރޮފެސާ ރަމީ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާކިއޮލޮޖިސްޓުންނަށް ފެނުނު އަވަށުން ލިބުނު ހެކިތަކަށް ބަލާއިރު އެއަވަށުގެ މީހުންނަކީ މަސްވެރިކަން ކޮށްގެން އުޅުނު ބައެއްކަން އެނގެއެވެ.

"މިއީ ވަރަށް އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް. ނަމަވެސް އަދި އިތުރަށް މިއަވަށުން ބަލައި ދިރާސާ ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. އެކަންކަމުގެ ސަބަބުން އިތުރު އެތައް ތާރީޚީ މައުލޫމާތެއް ލިބިގެން ދާނެ މައުލޫމާތުތައް މިއަވަށުން ފެންނާނެ ކަމަށް އަހަރެން އުއްމީދު ކުރަން." ޕްރޮފެސަރ ރަމީ ވިދާޅުވިއެވެ.

އާކިއޮލޮޖިސްޓުންނަށް ފެނުނު އަވަށުން މިހާރު ވަނީ ރޯމަނުންގެ ފައްޅިއެއް ކަމަށް ބެލެވޭ ތަނެއް ވެސް ފާހަގަ ކުރެވިފައެވެ. މިއީ ރޯމަނުންގެ އެމްޕަރާ އަގޫސްޓަސް އޭނާގެ އަނބިމީހާއަށް ބިނާ ކުރިކަމަށް ބެލެވޭ ފައްޅިއެވެ. މިފައްޅި އާއި ބެހޭ ބައެއް މައުލޫމާތުތައް ތާރީޚީ ފޮތްތަކުގައި ލިޔެވިފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޭެެެެެ އީސަ

    ޢެބުނާ ހަތިޔާރު ފެނޭތޯ ކުރާމަސައްކަތް ތީ

    28
    2
    • ޣފ

      ކޮން

      10
      2
  2. ހަމަ މަ.

    ؟؟؟ ކޯޗެއް؟

  3. ރޯނުބެ

    މިއަކީ ދިވެހީން އަޑު އެހި ކަމެއްގެ ވާހަކައެއް ނޫން.

    15
    4