ސައުދީ އަރަބިއްޔާއަށް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެޤައުމުން ކަނޑައަޅައިފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ ސައުދީގެ ސުޕްރީމް ކޯޓުން ދާދި ދެންމެއަކުއެވެ. އަންނަ ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެޤައުމުން ކަނޑައަޅާފައި ވާއިރު އެޤައުމަށް ހަނދު ނުފެނެއެވެ.

އޮފިޝަލުންނާއި ޙަވާލާދީ ސައުދީގެ ނުސްތަކުގައި ބުނެފައިވަނީ، އެޤައުމަށް ވިއްސާރަވެ ވައިގެ ތެރޭގައި ހިރަފުސް ގިނަވެފައި ވުމުން ހަނދު ބެލުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވަނީ ފަކަލީ ހިސާބުތަކާއި ސައިންޓިފިކް ހެކިތަކަށް ބަލާފައި ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިހާތަނަށް ސައުދީގެ އިތުރުން، ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ނިންމި ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ އާއި އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ އާއި އޮމާންގެ އިތުރުން ޖަޕާން ހިމެނެއެވެ.

މި ފެށޭ ރޯދަ މަހަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ތައްޔާރުވަމުންދާއިރު، މިއީ ކޮންމެ އަހަރަކުވެސް މުސްލިމުންނަށް އަންނަ އެންމެ އުފާވެރި އަދި ދައރުމަ އާއި ސަވާބުން ފުރިގެންވާ އެންމެ މާތް އެއް މައްސަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާަަައަންނި

    ޙަނދުވެސް ވަގަށް ނެގީތަ؟ ރާއްޖެއަށް އެކަނި ފެނުނީ.

    • ޗިއްލޫ

      ރާއްޖޭގަ ވެރިޔަކަށް ހުންނަބޭފުޅަކަށް އަބަދުވެސް ހުވަފެނުން ހަދުފެންނާނެ! ދުނިޔޭގަ އެއްވެސް ގައުމަކަށް ހަނދުނުފެނޭ! މިފަހަރު ހައްޖު ދުވަސްވެސް ރާއްޖެއަށް ވަކިން!

  2. ަ

    ދެން އިންޝާﷲ މާދަން ރޯދަޔަށް ތިބެމާދޯ

  3. ާއިބޫ

    ކަލޯގެޔާ އީދު ދުވަހަށް ކިހިނެއްވާނީ..ތި ހަނދު ފެނުން މީޙުންގެ ވަނަވަރު އާންމު ކޮއްލިނަމަ