ރަހުމްކުޑަގޮތަކަށް މަރާލި ޕާކިސްތާނުގެ ޒައިނަބު އަންސާރީގެ ގާތިލު މަރަން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވަނީ އުމުރުން 24 އަހަރުގެ އިމްރާން އަލީގެ މައްޗަށެވެ.

ޕާކިސްތާނުގެ ކޯޓަކުން މިއަދު އިމްރާންގެ މައްޗަށް ހަތަރު މައްސަލައެއްގައި މަރުގެ ހުކުމެއް އިއްވިއެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ މީހަކު ވަގަށް ނެގުމާއި، ރޭޕް ކުރުމާއި، ގަސްދުގައި މީހަކު މަރާލުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމުގެ މައްސަލައިގައެވެ.

މަރަން ހުކުމް ކުރުމުގެ އިތުރަށް ކޯޓުން ވަނީ 29،000 ޑޮލަރުން އިމްރާން ޖޫރިމަނާ ވެސް ކޮށްފައެވެ.

ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރުމަށް 15 ދުވަހުގެ މުއްދަތެއް އިމްރާން އަށް ލިބޭނެއެވެ.

މި ހުކުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޕްރޮސެކިއުޓަރ ޖެނެރަލް އިހްތިޝާމް ގާދިރު ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ދިފާއުވުމުގެ ފުރުސަތު އިމްރާން އަށް ކޯޓުން ދިން ކަމަށާއި އެ ފުރުސަތުގައި އޭނާ އަމިއްލަ އަށް ކުށަށް އިއުތިރާފްވެފައިވާ ކަމަށެވެ.

ޒައިނަބު މަރާލި ކަމަށް އިމްރާން އަމިއްލަ އަށް އިއުތިރާފް ވިއިރު ޝަރީއަތުގެ މަޖިލީހުގައި އޭނާ އާއި ދެކޮޅަށް 56 މީހަކު ވަނީ ހެކިބަސް ދީފައެވެ.

ހުކުމް އިއްވިއިރު ކޯޓުގައި ޒައިނަބުގެ ބައްޕަ ވެސް އިނެވެ.

ޒައިނަބު ރޭޕް ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ޕަންޖާބު ސިޓީގެ ކަސޫރު އަވަށުންނެވެ. ޒައިނަބުގެ މަރާއި ގުޅިގެން ޕާކިސްތާނުގައި ވަރުގަދަ މުޒާހަރާތަކެއް ވަނީ ކޮށްފައެވެ.

ޕާކިސްތާނުގައި ފަހަކަށް އައިސް ރޭޕް ކުރުން ވަނީ އާންމުވެފައެވެ. އެގޮތުން ފާއިތުވީ ދެއަހަރުގެ ތެރޭގައި ކަސޫރު އަވަށުގައި ކުޑަކުދިން ރޭޕްކޮށް މަރާލުމުގެ އިތުރު ހަތަރު ހާދިސާއެއް ހިނގާފައި ވެއެވެ

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ﷲ އަކްބަރް
    ﷲ ގެ ޝަރީއަތް މިދިވެހި ފަސްގަނޑުގައި އަދުލުވެރިކަމާއެކު ހިންގެވުމުގެ ތައުފީގު ދެއްވުން އެދި ﷲ އަށް ދުއާދަންނަވަނީ އަޅުގެ ހިތުގައިވާ އެންމެ އީމާންތެރިކަމާއެކު.

  2. ލަސްނުކޮށް އަވަހައް މަރާ

  3. ޑިމޮކްރަޓިސްޓް

    ކޮބާހޭ އިމެރިކާ### ވެގަނެގެން ތެޅޭ ކާފަރު ހިއުމަން ރައިޓްސްތައް### ރާއްޖޭގެ ކަމެއްވިއްޔާ ހީވާނީ ބޮލަށް ގޮރުއަރައިގެން ތެޅޭހެން### ޑިމޮކްރަސީ ބޮއިގެން ތެޅޭ ކެނެރޯގޭ ލުއްޗާކޮބާ ފެނޭތަ އެހެން ގައުމުތަކުގަ ކަންކަން ކުރާގޮތް### ނުފެންނާނެ### ހަމަ ސައިތާނެއް ނޫންވިއްޔަ###