ކައިރި ކައިރީގައި އާޖެންޓީނާގެ އެއް ސަރަޙައްދަށް ތިން ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުންތައް އައިސްފައިވަނީ އާޖެންޓީނާގެ ހުޅަނގުން މެދދުތެރޭގައި އޮންނަ ސިޓީއެއްކަމަށްވާ ސެން ޖުއާން އަށެވެ.

އެގޮތުން އެ ސަރަޙައްދުގެ ބިމުގެ 118 ކިލޯމީޓަރު އަޑިން ރެކްޓަރ މިންގަނޑުން 4.2 ގެ ބާރުމިނުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ބިންހެލުމެއް އައިސްފައިވާއިރު، މި ހަފްތާގެ އާދީއްތަ ދުވަހުވެސް އެ ސަރަޙއްދަށް ވަނީ ބިމުގެ 107 ކިލޯމީޓަރު އަޑިން ރެކްޓަރ މިންގަނޑުން 3.6 ގެ ބާރިނުމުގައި ބިންހެލުމެއް އައިސްފައެވެ.

މީގެ އިތުރުން، ރޭގެ ވަގުތެއްގައި ވެސް ހަމަ އެ ސަރަޙައްދަށް ބިމުގެ 121 ކިލޯމީޓަރު އަޑިން 4.3 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާއިރު، މިއިން އެއްވެސް ބިންހެލުމެއްގައި މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ނަމަވެސް މިއިން ބައެއް ބިންހެލުންތައް އައި ވަގުތު، ބިންހެލުމުުގެ އަސަރު ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރެވުނުއިރު ބައެއް ސަރަޙައްދުތަކުން ކަރަންޓުވެސް ކެނޑުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކައިރި ކައިރީގައި ކުދި ބިންހެލުންތައް އައުމަކީ، ބޮޑު ބިންހެލުމެއް އައަތުވެދާނެކަމުގެ ހެކިތައް ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި މިފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިއަހަރު އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުން އަންނާނެ ކަމަށް ކުރިންވެސް ތަޖުރިބާކާރުން ލަފާކޮށްފައިވާއިރު، ބޮޑު ބިންހެލުމެއް އައުމަށް ގާތް ވެއްޖެ ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

ބޮޑު ބިންހެލުން އައުން އެންމެ ގާތީ އެމެރިކާގެ ލޮސް އެންޖެލް އާއި ނޭޕާލްގެ ބަރުބަދަތައް ހިމެނޭ ސަރަޙައްދުން ދެ ބައްރެއްގެ ޕްލޭޓް ބިމުގެ އަޑިން ގުޅޭ ހިސާބަށް ކަމަށް ސައިންސްވެރިން ބުނެއެވެ. އެފަދަ ބިންހެލުމެއް އަތުވެއްޖެނަމަ އެތައް ބަޔަކު މަރުވެގޮސް ގެއްލުން ބޮޑު ސުނާމީއެއްގައި ދުނިޔޭގެ ޗާޓަށްވެސް ބަދަލު ގެންނަވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު