އަމިއްލަ ބިން ހޯދުމަށާއި ގެއްލިފައިވާ ޙައްޤުތައް ހޯދުމަށް މުޒާހަރާ ކުރި އެތައް ސަތޭކަ ފަލަސްތީނު ރައްޔިތުންނަކާ ދެކޮޅަށް، އިސްރާއިލުން ވަނީ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައެވެ. އެއްވެސް ހަތިޔާރެއް ނެތި މުޒާހަރާ ކުރަމުންދިޔަ އާއްމުންނާއި ނޫސްވެރިން އަދި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް، ވަރުގަދަ ހަމަލާތަކެއް، ޔަހޫދީން ފޮނުވާލާފައިވެއެވެ.

މިކަންކަމާ ގުޅިގެން އިސްރާއީލަށް އެތައް ފާޑު ކިޔުމެއް އަމާޒުވަމުންދާއިރު، ޓްވިޓަރ ގައިވެސްވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ޓްވިޓަރ ގައި ހޫނު ރައްދުތަކެއް ފޮނުވާފައިވަނީ އިސްރާއިލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާ ދެމެދުއެވެ.

އިއްޔެ ހަވީރު ނަތަންޔާހޫ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އުރުދުޣާން އަކީ ހަމާސް ޖަމާއަތުގެ އެންމެ ބޮޑު ސަޕޯޓަރުކަމަށާއި އޭނާއަށް ނިރުބަވެރިކަމާއި މީހުން މެރުން ރަނގަޅަށް ދަންނަކަމަށެވެ.

ހަމާސް ޖަމާއަތަކީ ފަލަސްތީނުގައި އެންމެ ހާލުގައި އޮތް ޣައްޒާގައި ވެރިކަން ކުރާ ޖަމާއަތެވެ. އެތައް ޤައުމަކުންވަނީ، އެއީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައިވެސް ލޭބަލް ކޮށްފައެވެ.

މިކަމާ ގުޅިގެން ރޭގެ ވަގުތެއްގައި އުރުދުޣާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަތަންޔާހޫ އަކީ އެއްވެސް ދިފާޢެއް ނެތް ބައެއްގެ ޤައުމަކަށް ވެރިވެގެން ހުރި މީހެއްކަމަށެވެ. އަދި، އޭނާގެ އަތުގައި ފަލަސްތީނު ރައްޔިތުންގެ ލޭ ހޭކިފައި ހުންނާނެކަމަށްވެސް ބުނެފައިވެއެވެ.

"ނަތަންޔާހޫ އަކީ ތަފާތު ކުރުން ގެންގުޅޭ، ދިފާޢެއް ނެތް ބައެއްގެ ޤައުމަކަށް، އދ.ގެ ގަރާރުތަކާ ޚިލާފަށް އަރައިގެން 60 އަހަރަށްވުރެ ގިނަ އަހަރަށް ހަދާފައިވާ ޤައުމެއްގެ ބޮޑު ވަޒީރެއް... އޭނާގެ އަތުގައި ފަލަސްތީނު ރައްޔިތުންގެ ލޭ ހުންނާނެ އަދި ތުރުކީ އަށް ހަމަލާ ދީގެން، އަމިއްލަ ކުށްތަކެއް ނުފޮރުވޭނެ—އިންސާނިއްޔަތުކަމާ ގުޅޭ ފިލާވަޅެއް ބޭނުންނަމަ 10 ކޮމާންޑްމަންޓް ކިޔާ." އުރުދުޣާން ކުރެއްވި ޓްވީޓުގައިވެއެވެ.

މި ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، ޑިޕްލޮމެޓިކް ގޮތުންވެސް ދެ ޤައުމުގެ މެދުގައި ހަމަލާތަކެއްވަނީ ބަދަލުކޮށްފައެވެ. އެގޮތުން، ތުރުކީ އިން ވަނީ އެޤައުމުގައި ހުންނަ އިސްރާއީލު ސަފީރު އަނބުރާ ޤައުމަށް ފޮނުވާލާފައެވެ. އަދި، ގުދުސްގައި ހުންނަ ތުރުކީގެ ކޮންސުލް ބަންދުކުރުމަށް އިސްރާއިލުންވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުސްލިމު މީހާ

    އުރުދުޣާން ތީ މިފަހުގެ ޒަމާނުގައި ޤައުމެއްގެ ވެރިޔަކު އިސްލާމީ އުއްމަތާ އެއްކޮޅަށް ބަސްބުނުމުގަ ސާބިތުކަންމަތީ ހުރި ރަގަޅު، އަހަރެމެން ހިތްހަމަޖެހޭފަދަ ވެރިއެއް.

    ޢަރަބި އެހެންޤައުމުތަކުންވެސް މިފަދަ ކަންކަން ފެންނާނެނަމައޭ ވަރަށް ހިތަށް އަރާ...

    ދުނިޔެވީ ކަންކަން ދޫކޮށް އުއްމަތް ސަލާމަތް ކުރުމަށް އިސްކަންދޭނެ ނަމައޭ ހިތަށްއަރާ..

  2. ޕޮފުބާ

    މުސްލިމުންނަށް ނަސްރުލިބޭނީގިޔާމަތް ދުވަހުން

  3. ނޫސް ކިޔާ މީހާ

    އަހަރެމެން ޤައުމުގެ އުރުދުޣާން "ރައީސް ނަޝީދު" ވެސް ވަނީ އިޒުރެއީލްގެ ގަތުލުއާއްމު ކުއްވެރިކުރައްވާ ވަރުގަދަ ހަމަލާއެއް ދެއްވާފަ! ޔާމީންގެ ސަރުކާރަކަށް ނުފެނޭ ފަލަސްތީނުގެ މުސްލިމުން ކޮށާ ކުދިކުދި ކުރާ މަންޒަރުތަކެއް! އުއްމީދު ކުރަނީ މިފަދަ ކޮމެންޓުތަށް ޝާޢިރު ކުރުމުގެ ހިއްވަރު ބަރަކާތްތެރި ރޯދަމަހުގެ ފުރަތަމަ ދުވަހު"ވަގުތު ނޫހަށް" ލިބުން. ޝުކުރިއްޔާ!

    • ލޮލް

      ނަޝީދުޔާހޫ

    • ޙަސަން

      ލޮލް

    • ކެނެރީ ސޮނި މުގާބޭ

      ރޯދަމަހު ރޯދަނުހިފާ ރާ ބޯ ނަސީދުގެ ވާހަކަ ނުދައްކާ... ޝައިތާނުން ނާއެކު ނަސީދު ވެސް ވަނީ ކަސްދޮޅު އެލުވިފަ. ﷲއަށް ހަމްދުހުރި

  4. ބުއްްޅަަބޭ / ނަތަންޔާހޫ

    އިޒްރާއީލުންވެސް ބުނަނީ މިނިވަންކަން ދިފާޢުކުރުމަށް ކޮންމެ ފަދަ ކަމެއްވެސް ކުރާނަމޯ، ފަލަސްތީނުންވެސް ބުނަމުންދަނީ ހަމައެހެން! ދެމީހުންވެސް ގުރުބާންވަނީ އެއްބިމަކަށް! ދެންފަހެ، މިކަންތައްތައް ބަލާ ދިރާސާކުރިއިރު، އިޒްރާއީލު ކިޔާ ދައުލަތެއް ބައިނަލް އަގުވާމީގޮތުން ބަލައިގެނެފަވޭ! ފަލަސްތީނު ކިޔާ ގައުމެއް، އަދި އުފަންނުވޭ! ހަނގުރާމް ކުރަން ބަލާއިރު، އިޒްރާއީލާ ދެކޮޅަށް ހިލަކޮޅެއް އުކާލެވޭހާބާރެއްވެސް މުޅި މެދުއިރުމަތީގަ ވެސް ނެތް! އެކަމަކު، އިޒްރާއީލަށްވުރެ ކުޑަ ގައުމެއް މެދު އިރުމަތީގަ ނެތް!

  5. އަލީ ޝަމީމް

    ނޫސްކިޔާ މީހާ ތި ކިޔަނީ އިޒްރޭލްގެ ނޫސްތައް. ދިވެހި ނޫސް ކިޔާނަމަ ޔާމީންގެ ސަރުކާރުން ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރާ މަސައްކަތާއި ނަޝީދު އަސްލާމްދީނާ ދެކޮޅަށް ކުރާ މަސައްކަތް ފެނުނީސް.