ފިލިޕީންސް އަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ 6.9 މެގްނެޓިއުޑް ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައި ވަނީ މިންޑާނައޯ އަށެވެ.

މި ބިންހެލުމުގެ ބާރުމިން މިހާރު ވަނީ 6.4 އަށް ދަށްކޮށްފައެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވި ގޮތުގައި ބިންހެލުން އައީ މާލެ ސަރަހައްދާ 5،802 ކިލޯމީޓަރު ދުރުން ރާއްޖެ ގަޑިން މިރޭ 8:30 ހާއިރު ކަމަށެވެ.

މި ބިންހެލުމުގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.

ފިލިޕީންސްގެ މިންޑާނައޯ ސަރަހައްދަކީ ދޭތެރެ ދޭތެރެއިން ބިންހެލުން އަންނަ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިއަދު ދުނިޔޭގެ އެކި ކަންކޮ ޅުތަކަށް ބާރުގަދަ ހަ ބިންހެލުން އަތުވެއްޖެ، ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުން، ދުނިޔެ ނިމުން ގާތްވެއްޖެ، މާތްﷲއަށް ބިރުވެތިވޭ، ދުނިޔެ ނިމުން ވަނީ ބޮޑު ޒަލްޒަލާއަކުންކަން ކީރިތި ޤުރުއާނުގަ އައިސްފަވޭ،