މަރަން ހުކުމްކޮށް ޖަލުގައި ހުރި ގާތަލިކު ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިހަށް އިންތިހާބުވެ، މެމްބަރުކަމުގެ ހުވާކޮށްފިއެވެ.

މިއީ ސްރީލަންކާގެ ތާރީޚްގައި އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމަށް މަރަން ޙުކުމް ކޮށްފައި ހުރި ގާތިލަކު އިންތިޚާބުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިހާރު ވެސް މީހަކު މެރި ދައުވާއެއް ކުރިއަށްދާ ބޭފުޅަކު ވެސް ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި އެބައިންނެވިއެވެ.

މަރަން ޙުކުމް ކޮށްފައި ވަނިކޮށް އިންތިޚާބު ކާމިޔާބުކޮށް، އިއްޔެ މެންބަރުކަމާއި ހަވާލުވީ ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ޕްރިމަލާލް ޖަޔަސޭކަރާ އެވެ. އޭނާ މަރަން ޙުކުމް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު އެވެ. އޭނާ އަށް ޙުކުމް އައީ 2015 ގައި އޮތް ކެމްޕޭން އެއްވުމެއްގައި އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މީހެއް ގަޔަށް ބަޑި ޖަހައި މަރާލުމުންނެވެ.

ޖަޔަސޭކަރަ އަކީ ސްރީލަންކާގެ މަޖިލިސް މެމްބަރުކަން 2001 އިން ފެށިގެން އަދާކުރަމުން އަންނަ ޖަޔަސޭކަރަ އަކީ ސްރީލަންކާގެ ސިޔާސީ މައިދާނުގައި މަޝްހޫރު ބޭފުޅެކެވެ. އޭނާ އަށް ހުކުމް އިއްވާފައިވަނީ އޮގަސްޓް 5 ގައި ބޭއްވި އާންމު އިންތިހާބުގެ ފަހުންނެވެ.

ޖަލުގެ އިސްވެރިން އޭނާ ޖަލުން ނެރެން ދެކޮޅު ހެދުމުގެ ސަބަބުން އޮގަސްޓްގައި 20 ގައި ބޭއްވި މަޖިލިސް ހުޅުވުުމުގެ ރަސްމީޔާތުގައި އޭނާ އަށް ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް ކޯޓް އޮފް އެޕީލަށް އެމައްސަލަ ހުށަހެޅުމުން، އޭނާ މަޖިލިސް މެމްބަރުކަމުގެ ހައްގު އަދާކުރުމުގެ ހުއްދަ ދޭން ކޯޓުން ވަނީ ހޯމަ ދުވަހު އަމުރު ކޮށްފައެވެ.

ޖަޔަސެކަރާ ހުވާ ކުރިއިރު މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުން ތަޅުމުން ނިކުންނެވިއެވެ. އަދި ބައެއް މެމްބަރުން ވަނީ ކަޅު ފޮތިގަނޑެއް ކަރުގައި އެލުވައި، އޭނާ ހުވާކުރުމާ ދެކޮޅުވެރިކަން ހާމަކޮށްފައެވެ. މަޖިލިސް ޖަލްސާ ނިމުމުން ޖަޔަސޭކަރާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ސްރީލަންކާގައި މަރަށް މަރުގެ ހުކުމް ކުރިކަމުގައި ވީނަމަވެސް، 1976 އިން ފެށިގެން އަދި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް އެ ހުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. علي وحيد

    إنشاء الله ، އަނެއްކާ މި މުސްލިމު ކުޑަކުޑަ ގައުމުގައިވެސް ތިބާވަތުގެ ކަންކަން ހިނގަންޖެހެނީބާ. ނޫން ހިގައިގެންނުވާނެ މިއީ %100 ޕަސަންޓު މުސްލިމު ޤައުމެއް ، ސިރީލަންކާ އަކީ ސީދާ ޔަހޫދީ ދައުލަތެއް ލަންކާ އާއި ރާއްޖެ ތިބާވަތުގެ ކަންކަމުގަ އަޅާކިއިގެންނުވާނެ ،ނަމަވެސް މިގައުމުންވެސް މިހާރު ޓޫރިޒަމް މިނިސްޓްރީގެ ތެރެއިންވެސް ތިކަހަލަ މަންޒަރުފެނޭ ހުރިހިތާމައެއްގގެބޮޑުކަމާއޭ ماشاألله ،މިނިވަން މުސްތަޤިއްލު އިސްލާމީ ދައުލަތެއްގެ ގޮތުގައި ތާއަބަދައް ދެމިއޮތުމުގެ توفيق މާތްﷲ މިންވަރު ކުރަށްވާށި آمين يارب العالمين

    17
  2. އާކަމެއްނޫން

    މިތާނގަވެސް ގާޒީއަކު ވަގައްނަގައިގެން ތޭރަ އަނހަރައް ޖަލައް ހުކުމްކުރި މީހަކު ހުދު ފޮތިކޮޅަކައް ވެގެން މަޖްލިސްގެ ރައީސް ކަމުގަ އެބައިން

    19
    1
    • ގާޒީ

      ގާޒީން ވަގަށްނެގި މީހާ އޮތީ ޖަލުގައެއް ނޫންތަ؟

      3
      2
    • ޒަކް

      އެހެން ދަންވަރު ފުރާޅުން ޓިނު ނަގައިގެން ވަދެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން އުއްތަމަ ފަނޑިޔާރުވެސް ހިމެނޭގޮތަށް ފޭރިގަނެ މަޖިލީހުގަ ތަޅުއަޅުވާ އެތަށް މެން ބަރުންނެއް ވަގަށް ނަގާ ހައްޔަރުކުރި ވަގު ކަލޭގެ ޖަލުގަ އެއޮތީ.. އެކަލޭގެ މިސްވާތީ އުޅޭހެން ވަރަށްހީވޭ

  3. ތާކިހާ

    އެހެންވީމާ ރައީސްޔާމީނަށްވެސް ޖަލުގައި އޮންނަވާއިގެން ވެރިކަމަށް އާދެވިދާނެ ދެއްތޮ ލަންކާގައިނަމަ.