ސްރީ ލަންކާގައި ގެރި ކަތިލުން މަނާކުރުމަށް ސަރުކާރު ހިންގާ ޕާޓީ އެސްއެލްޕީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ.

އެސްއެލްޕީޕީގެ ޕާލަމެންޓުރީ ގްރޫފުން އެގޮތަށް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ޕާލަމެންޓުރީ ގުރޫޕުގެ ބައްދަލުވުމެއްގައި، މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.

މި ނިންމުމާއެކު ވަރަށް އަވަހަށް މި ބަދަލު ގާނޫނެއްގެ ގޮތުގައި ތަންފީޒު ވެގެންދާނެ ކަމަށާއި، ނަމަވެސް ކެއުމަށް ގެރި މަސް ނުވަތަ ބީފް އެގައުމަށް އިމްޕޯޓުކުރުން ހުއްޓާ ނުލާނެ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.

ސްރީލަންކާގެ ބޮޑު ވަޒީރު ރާޖް ޕަކްސަ ވިދާޅުވެފައި ވަނީ، މިއީ އެތައް ދުވަހެއް ކުރިންވެސް ނިމިފައި އޮތް ކަމެއް ކަމަށާއި ހަމައެކަނި ބާކީ އޮތީ މި ނިންމުމުގައި ގާނޫނީ ކުލަ ޖެހުން ކަމަށެވެ.

ރާޖްޕަކްސަ ޕާޓީން މިގޮތަށް ނިންމީ ލަންކާގެ މިނިސްޓަރ އޮފް ރިލީޖިއަސް އެންޑް ކަލްޗަރަލް އެފެއާސް އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ ބުޑިސްޓުންގެ މެޖޯރިޓީ މީހުންނަކީ ކެއުމަށް ގެރިމަސް ފިޔަވާ ހުރިހާ ވައްތަރެއްގެ މަހެއްވެސް ބޭނުންކުރާ ބައެކެވެ. ނަމަވެސް އޭގެ ތެރެއިން އެއް ޕަސެންޓު މީހުން އެއްވެސް ބާވަތެއްގެ މަހެއް ނުކައެވެ.

ރާޖަޕަކްސަގެ ޕާޓީ އަކީ އެ ގައުމުގެ ތިންބައިކުޅަ ދެބައި މީހުންގެ މެޖޯރިޓީ އޮތް ޕާޓީއެވެ. އެ ޕާޓީ މީހުން ތަބާވަނީ ސިންހަލް ބުޑިސްޓު ދީނަށެވެ. އެ ޕާޓީގައި ލަންކާގެ 70 އިންސައްތަ ރައްޔިތުން ތިބި އިރު އޭގެ ތެރެއިން ގިނައީ އެ ދީނަށް ތަބާވާ މީހުން ކަމުން އެމީހުން ގެރިމަސް ކެއުމަށް ބޭނުމެއް ނުކުރާ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ދެ އަހަރު ކުރިން 2018 ވަނަ އަހަރު އެގައުމުގައި ވަނީ ގެރި މަސް ކެއުމާއި ދެކޮޅަށް ޖަފްނާގެ މަގުމަތީގައި މުޒާހަރާއެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާކޮށްފައި ވަނީ، އެ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޯދީގެ ބޭބެ

    ދުވަސްކޮޅަކުން ލަންކާގެ މަގު ތަކުގައި ވެސް ގެރިގުއި ތަފާލި ތައް ގިނަ ވާނީ. އިންޑިއާ އިން އަތް ނުކޮއްޕާނެ ތަނެއް މި ސަރަޙައްދުގައި ނެތް. ރާއްޖޭން ދުވަސްކޮޅަކުން މަނާ ކުރާނެ ބީފް އެތެރެކުރުން.

    36
    2
  2. މުސަޅު

    އެެކަމަކު ގެރި ލައްވާ ދަނޑު ހެއްދުމާއި ގެރީ ގެ ކިރު ވާހަކަ އެއް ނެތް ދޯ

    26
    2
  3. ައަހުމަދު

    ލަންކަވެސް މޯދީމެން ކައިރިން ދަސްކުރީދޯ މިހާރު ދެން ލަންކާގައި އޮންނާނީ ހުން ގެރިތާ ދޯ.

    31
    2
  4. ފައްޔާޒު

    3 ވަނަ ގެރި މޯދީ 2 ވަނަ ކެނެރީގޭ ބުއްޅަބެޔައް.

    22
    1
  5. ނަސީދު

    މީވެސް އަނެއްކާ އިންށިޔާ އަޅެއް ބާ

    14
    1
  6. Anonymous

    ގެރި ޕަކްސަ އާއި ގެރި މޯދީ މިއުޅެނީ މުސްލިމުންނަށް ޖެއްސުންނުކުރެވިގެންތަ؟ ﷲގެ ކޯފާ އައިމަ މާތާހިރެއްނުވާނެ!

    12
    3
    • މޯލްޑިވިޔަން

      އަންނާނެތަ ގެރި ކަތި ނުލައިގެން؟؟؟؟؟؟

      4
      1
    • China

      ތިކަމެއް ނުވާނެ، ތިއީކީ އުޅޭ މީހެއް ނޫން

      2
      2
  7. އިންޑިއަށް އޯޝަން

    މޯޑީ އާއި ބީޖޭޕީގެ ބަލާ ތިއޮތީ ތިސަރަހައްދަށްވެސް ފޯރާފައި.