އޫރަށް ޖެހޭ އެންމެ ނުރައްކާތެރި ވައިރަސް ކަމަށް ޤަބޫލުކުރެވޭ ނުރައްކާތެރި ވައިރަހެއް، ޔޫރަޕުގައި އޫރުމަހުގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާ ޖަރުމަންވިލާތުން ފުރަތަމަ ފަހަރަށް ފެނިއްޖެ އެވެ.

"އެފްރިކަން ސްވައިން ފީވާ" ގެ ނަމުން ނަންދީފައިވާ މި ވައިރަސް ޖެހިފައިވާ އޫރެއް ޖަރުމަންވިލާތުގެ ބޮޑު ކާރުޚާނާއަކުން ފެނުމާއި ގުޅިގެން އެޤައުމަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ އޫރަށް މި ވައިރަސް ޖެހިފައިވެދާނެކަމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

ޖަރުމަންވިލާތުން ފުރަތަމަ ފަހަރަށް އެފްރިކަން ސްވައިން ފީވާގެ ވޭދަނަ (ކޭސް) އެއް ފެނިފައިވާކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޤައުމުގެ އެގްރިކަލްޗާ މިނިސްޓަރ، ޖޫލިއާ ކްލޮއެކްނާ އެވެ. މި ވޭދަނަ ފެނުމާއި ގުޅިގެން ވައިރަސްގެ ނުރައްކާ ބޮޑު ސަރަޙައްދުތަކުގައި ވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި އޫރުމަހުގެ ވިޔަފާރިކުރާ ބައެއް ކާރުޚާނާތަކުގެ މަސައްކަތް މަޑުޖައްސާފައިވާ ކަމަށް ޖޫލިއާ ވިދާޅުވިއެވެ.

ނަވާރަސަތޭކައިގެ ކުރީކޮޅު އެފްރިކާ އިން ފެނުނު އެފްރިކަން ސްވައިން ފީވާއަކީ ޚާއްސަގޮތެއްގައި އޫރަށް ޖެހޭ ވައިރަސް އެކެވެ. އެހެން ޖަނަވާރުތަކަށް ވެސް މި ވައިރަސް ޖެހުމުގެ ނުރައްކާ އޮންނައިރު، އެންމެ ގިނައިން ބަލި ޖެހެނީ އޫރަށެވެ. މިގޮތުން މި ވައިރަސް ޖެހޭ އޫރުތައް، ވައިރަސް އަށް ފައްސިވާތާ އެންމެ ހަފްތާއެއްހައި ދުވަސްތެރޭގައި، ނުވަތަ ގިނަވެގެން ދިހަ ދުވަސް ތެރޭގައި މަރުވެއެވެ.

އޫރަށް މި ބަލި ޖެހުމުން އެކަމުގެ މާބޮޑު އަލާމާތެއް ނުފެންނައިރު، ބަލި ޖެހިފައިވާކަން ގިނަ ފަހަރަށް އެނގެނީ މަރުވާ ފަހުންނެވެ. މި ބައްޔަކީ އިންސާނުންނަށް ނުރައްކާ ކުރިމަތިކުރުވާ ވައިރަސް އެއް ނޫނެވެ.

ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން ޕޮލެންޑުން 2018 ވަނަ އަހަރު މި ވައިރަސް ފެނިފައިވެއެވެ. އެއާއެކު، ޖަރުމަންވިލާތަކީ އެންމެ ފުޅާ ދާއިރާއެއްގައި އެ ސަރަޙައްދުގެ ޤައުމުތަކަށް އޫރުމަސް ވިއްކާ ޤައުމަށް ވާތީ، އެޤައުމުން ވަނީ ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މި ވައިރަސް ޖެހިފައިވާ އޫރުތައް ދެނެގަތުމަށްޓަކައި، ޤައުމުތަކުން އޫރު އެތެރެކުރާއިރު ބަލިހުރިތޯ ބެލުމަށް ތަމްރީނުކޮށްފައިވާ ކުއްތާތައްވެސް ބޭނުންކުރަމުން ދިޔައެވެ.

ކޮވިޑް-19 ގެ ނުރައްކާވެސް ބޮޑުވެފައިވާ ޖަރުމަންވިލާތުން އެފްރިކަން ސްވައިން ފީވާ ފެނުމާއި ގުޅިގެން އެޤައުމުގެ ހީނަރުވެފައިވާ އިޤްތިސާދަށް އިތުރުބޮޑެތި ލޮޅުންތަކެއް އަންނާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެޤައުމުން ކޮވިޑް-19 އާއި ގުޅިގެން އޫރުމަސް އެކްސްޕޯޓުކުރާ ކުންފުނިތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި ހާހެއްހައި މުވައްޒަފުން ފައްސިވެ، ގިނަ ކާރުޚާނާތައް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްއްއްއއއ

    ހެހެހެ ރަނގަޅެއްނު.. މިހާރު އޮންނާނެ ރަނގަޅަށް ކެވިފަ.. ތި ބަލިގަނޑު ވީހާވެސް ހަލުވިކޮށް ފެތުރުނިއްޔާ ރޯދިއެއް!!! ???

    3
    3
    • މޯލްޑިވިޔަން

      ފެތުރުނީމަ ނުކައި ތިބެން މި ޖެެހެނީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އަހަރެމެން ދޯ

      1
      1
  2. އަށެއް

    ޗިޗިޗިޗި!!! ފޮޓޯގަ އެއިން އެތި ޖަހާ ވައްތަރު... މުޅި ތަނަށް ހޮޑު ދުއްވައިނުލެވުނީ ކިރިޔާ

    2
    2
    • މޯދީ މާމަ

      ދެން ކައި ހޮޑުދުއްވާލަ.. އަހަރެމެންނުދާނަން ސާފްކުރާނަން.. މިއަށްވުރެ ހަޑިއެއްޗެހި ކައިމެން އަނގަޔަށްވެސްލާ..