ޢަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އޮސްޓްރޭލިއާގައި ހައްދާ ހަނޑޫ ހުސްވެދާނެ ކަމުގެ ބިރުވެރިކަން އުފެދިއްޖެއެވެ.

އޮސްޓްރޭލިއާގެ އެންމެ އާންމުކޮށް ބޭނުން ކުރަމުން އަންނަ ''ސަންރައިސް'' ހަނޑުލުގެ ޗީފް އެގްޒެކްޓިވް ރޮބް ގޯޑަން "ޑެއިލީ މެއިލް" އަށް ބުނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް އާއިލާތަކުން ބޭނުންވާ ވަރަށް ހަނޑޫ ނުލިބިދާނެކަމުގެ ބިރުވެރިކަން އޮތް ކަމަށެވެ.

''އަހަރުމެންނަށް ދެން އޮތީ ހަމައެކަނި ވިއެޓްނާމުން ހަނޑޫ އޮސްޓްރޭލިއާއަށް އެތެރެ ކުރުން ޑިސެމްބަރު މަހުން ފެށިގެން. އެހެން ވިޔަސް އެއީ އޮސްޓްރޭލިއާގެ ހަނޑުލަކަށް ނުވާނެ. ރިބް ގޯޑަން ބުންޏެވެ.

ރޮބް ގޯޑަންއާ ހަވާލާދީ ޑެއިލީމެއިކް އިން ބުނެފައި ވަނީ ކުއްލި ގޮތަކަށް އެގައުމުން ހަނޑޫ ހުސްވުމުގެ ބިރިވެރިކަން އުފެދިފައި ވަނީ މިހާރު ފެތުރެމުން އަންނަ ނުރައްމާތެތި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ކަމަށެވެ. އަދި މި ދުވަސްކޮޅަކީ އެގައުމުގެ ހޫނު މޫސުމުގެ ދުވަސްވަރަށް ވެފައި އިތުރަށް ހަނޑޫ ހެއްދެން ނެތުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސަންރައިސް އަށް 400 މިލިއަން ރުފިޔާގެ ގެއްލުމެއް މިހާތަނަށް ކުރިމަތިވެފޢިވާއިރު އަންނަ ޑިސެމްބަރު މަހާއި ހަނަޔަށް މި އަދަދު ދެގުނަ ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ދަތިކަމާއި ގުޅިގެން ސަން ރައިސްގައި މަސައްކަތް ކުރަމުން އަންނަ 600 އަށްވުރެ ގިނަ މުވައްޒަފުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އާންމުކޮށް އަހަރެެއްގެ މައްޗަށް 80 ލައްކަ ޓަނުގެ ހަނޑޫ އުފައްދައި އެތަކެތި އެކްޕޯޓު ކުރަމުން އަންނަ ސަން ރައިސް އަށް މިއަހަރުފެ ނިޔަލަށް އުފެއްދޭނެ ކަމަށް ބުނެފައި ވަނީ 50 ލައްކަ ޓަނުގެ ހަނޑުލެވެ.