ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު މަރާލުމުގެ ފުރުސަތު ލިބުނު ކަމަށާއި، އެދުވަހު އޭނާ މަރާނުލީ އެންމެ ސަބަބަކަށްޓަކައި ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ނޫސްތަކުގައި ވާހަކަ ދައްކަމުން ޓްރަމްޕް އިއްޔެ ބުނެފައި ވަނީ، އަސަދު މަރާލަން އޭނާ ނިންމީ 2017 ވަނަ އަހަރު ކަމަށާއި އެކަމާއި ގުޅިގެން ގިނަ މަޝްވަރާތައްވެސް ކުރެވުނު ކަމަށެވެ. އަދި އެ ފުރުސަތު ލިބުމުންވެސް އޭނަ މަރާނުލީ އޭރު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ، ފަހު ވަގުތު އެކަމާއި ދެކޮޅު ހެދުމުން ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

2017 ވަނަ އަހަރު އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ މަޤާމުގައި ހުރީ ޖިމް މެޓީސް އެވެ. ޓްރަމްޕް ބުނީ އެދުވަހު ޖިމްގެ ބަސް ޤަބޫލުކޮށް އަސަދު މަރާނުލާ ދޫކޮށްލެވުމުން މިހާރު އެކަމާއި ދެރަވާ ކަމަށެވެ.

ޓްރަމްޕް އަސަދު މަރާލަން ބޭނުންވާ ކަމުގެ އަޑުތައް މީގެ ކުރިންވެސް ފެތުރިފައި ވެއެވެ. ނަމަވެސް މިއީ އޭނާ އެކަމަށް އަމިއްލައަށް އިއުތިރާފްވި ފުރަތަމަ ފަހަރެވެ.

އަސަދަކީ އޭނާއަށް ކިޔަމަންތެރިވާ ސިފައިން މެދުވެރިކޮށް، ސިރިޔާގެ އާންމު ރައްޔިތުންނާއި ހަނގުރާމަ ކުރަމުންދާ މީހެކެވެ. އޭނާއަށް ތާއީދު ނުކުރާ ފަރާތްތަކަކީ ދުޝްމަނުން ކަމަށް ބަލައިގެން ސީރިޔާގެ ސިފައިން ވަނީ އެޤައުމުގެ އާންމު އެތައް ބަޔަކަށް އަނިޔާ ދީފައެވެ.

މިގޮތުން އިންސާނިއްޔަތާއި ޚިލާފު އެތައް ޢަމަލެއް ހިންގައި، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ކެމިކަލް ހަމަލާތައްވެސް ދީފައި ވެއެވެ. އެކި ފަހަރުމަތިން މިގޮތުގެމަތީން ދިން ޙަމަލާތަކުގައި ސީރިޔާގެ ކުށެއްނެތް އެތައް ހާސް ބަޔަކު ޝަހީދުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ABDULLA

    ޓްރަންޕު ވަރަށް ދެރަވާނެ !
    އެކަމަކު ﷲ ކުޅަދުންވަންތަކަން އެއަށްވުރެ މާބޮޑު... މުސްލިމުންނަށް ކުރާއަިނިޔާގެ ބަދަލު، ޓްރަންޕަށް މަރުވުމުގެ ކުރިން ވެސް އެކަމުގެ ސަޒާ ދުނިޔޭގައި ދައްކަވާދޭވެ ....

    74
    3
    • އަބުދު

      ވީއިރު ގޮސް އެ ޖިހާދުވަނީ ޓުރަމްޕާ އެއްކޮޅު މީހުންތާ!

      20
      1
  2. އެޑްވަޑް ބާމުންޑޭ

    ކަލޭ ކިތައްހާސް މުސްލިމުން މަރައިފިންތޯ! ތިޔައުޅެނީ އިންސާނިއްޔަތައް ހެޔޮއެދިގެނެއްނޫން.

    24
  3. ދަންތޫރު

    މޮޔަ ކަލޭގެ. ކަލޭ ބައްޝާރު މަރަން ފުރުސަތު ލިބުނު އިރު އެކަންނުކުރީ ބިރުން...ކަލޭގެ ތިޑިސިޖަން ނެގިނަމަ ރަޝިއާ ގެ ނާމާން ވަރުގަދަ ކުރިމަތިލުމމެއް އަންނާނެ...އަދި އީރާންގެ ރިވޮލިއުޟަނަރީ ގާޑުން ސީރިއާގެ ސަރުކާރު ކޮންޓްރޯލް ކުރާނެ...

    18
  4. ފޮނިކަނޑާ

    ފޮނިކެނޑުމުން ކަލެއަށް 1 ވަނަ...ކަލޭ މި އިންތިޚާބު ކާމިޔާބުކުރުމަށް އެމަރިކާ ގެ ދިރިއުޅޭ ނުފޫޒުގަދަ ކަލޭގެ އައުވާން ޒައިނިސްޓު ގޮއްޕެއް ރުއްސެވުމަށް
    އީރާނައް ހަމަލާއެއް ދޭން ރާވާކަމަށް ވަނީ...ދަރިޔާ ވިސްނާތި ޔޫއޭއީ އާއި ވެރިރަށް ދުބާއި ދުނިޔެއަކުން ދެން ނުފެންނާނެ...ކަލޭ އީރާނައް ހަމަލަދީފިއްޔާ...

    15
  5. ޢަދުރޭ

    މަރުމޯލަށް އެކަން ކާމިޔާބް ނުވީ ރަޝިޔާ އާ ހުރެ . އެތައް ފަހަރަކު ސީރިއާގެ ރިއާސީ ގަނޑުވަރަށްވެސް މިސައިލް ޙަމަލާ އަމާޒު ކުރި ރަޝިއާގެ އިންޓެލިޖެންސުން ބައްޝާރަށް އަންގަމުން ދިއައީ އެމެރިކާގެ ރޭވުންތައް . އަލްޤައިދާ އާއި އައިސިސް އަކީ އެމެރިކާގެ އުފެއްދުމެއް އެ މީހުން ރަޝިޔާ އައިސް ސީރިއާއިން ފައްސާލީމަ މިހާރު ލަދު ނުގަންނަން ވެގެން ދައްކާވާހަކަ މީ .