ބަހްރެއިން އާއި ޔޫއޭއީ އިން އިސްރާއީލާއި ގުޅުން ގާއިމު ކުރުމާއި އެކީ އިސްރާއީލުގެ އަސްކަރީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ރޭގެ ވަގުތެއްގައި ބޮމުގެ ހަމަލާތަކެއް ދީފައިވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލުން ޣައްޒާއަށް ރޮކެޓް ހަމާލާ ފޮނުވާފައިވަނީ ޣައްޒާއިން އިސްރާއިލްއަށް ރޮކެޓް ހަމަލާތަކެއް އަމާޒުކޮށްފައި ވަނިކޮށެވެ. މި ހަމަލާ ފޮނުވާލާފައިވަނީ ޔޫއޭއީ އާއި ބަހްރެއިން އިން އިސްރާއިލް އާއި އެކު ހާރިޖީ ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރޭ އެމެރިކާގައި ބޭއްވުމަށް ހަމަޖެހުނު ވަގުތުގެ ކުޑައިރުކޮޅެއް ކުރިން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ މީޑިއާއެއް ކަމަށްވާ "ވަފާ" އިން ބުނެފައިވަނީ އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން ފޮނުވާލި މިސައިލް ހަމަލާ އަމާޒުވެފައިވަނީ ޣައްޒާގެ ސިޓީއެއް ކަމަށްވާ ބެއިތް ލާހިއާއަށެވެ. މި ސަރަހައްދުގެ އިތުރުން ޑެއި އަލް ބަލާއަށްވެސް މިސައިލް ހަމަލާ އަމާޒު ކޮށްފައިވާ ކަމަށް އެ މީޑީއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ފަލަސްތީނުގެ ޣައްޒާ ސްޓްރިޕްގައިވާ ހަމާސް ޖަމާއަތުން ވަނީ އެހިސާބުގެ މީހުންނަށް ދެމުން އަންނަ އަމަލާތަކުގެ ބަދަލު ފާޅުގައި ހިފާނެ ކަމުގެ އިންޒާރު އިސްރާއީލަށް ދީފައެވެ.

މި ހަމަލާއާއި ގުޅިގެން އިސްރާއީލުން ވަކި އެއްޗެކޭ ބުނެފައި ނުވީ ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދާދި ފަހުން ހަމާސްއިން އިސްރާއީލަށް ފޮނުވާފައިވާ ރޮކެޓް ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން އެގައުމުންވެސް 10 ރޮކެޓް ހަމަލާ ހަމާސް އަށް ނިސްބަތްވާ ހިސާބަތް ފޮނުވާފައިވާ ކަމަށެވެ.

އިސްރާއިލް އާއެކު ބަހްރެއިން އާއި ޔޫއޭއީ އިން ރޭ ރަސްމީކޮށް ގުޅުން ޤާއިމްކުރުމުން، މިއީ އަރަބި ޤައުމަކުން ފާއިތުވެދިޔަ 25 އަހަރު ތެރޭގައި ވެސް އިސްރާއިލްއާއެކު ގުޅުން ޤާއިމްކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަހަރުވައް

    ބަލަ ހަމަ މިތާގައެއްނު ގާޒާއިން އިސްރާއީލަށް ރޮކެޓް ހަަމަލަ ދިން ވާހަކަ ލިޔެގެން ކަލޭމެން އަތްބަޑި ޖެހީ؟

    4
    7
  2. މަލިކުރުވާމާ

    އިސްލާމް ގައުމުތައް ވެސް އެހެން އިސްލާމީ ގައުމުތަކާ ދެކޮޅުވަނީ.... ހަމަކަށަވަ ރުން ގިޔާމަތް ކައި ރި..

    19
    1
  3. ސަލާޙުއްދީނުލް އައްޔޫބީ

    ޢަރަބި ހުރިހާ ގައުމުތަކަކުން ކުޑަކަކޫ ޖެހިއަސް ފަލަސްތީން މީހުންގެ ފޭރިގަންފައިވާ ބިމުން އުފެއްދި އިޒްރޭލް ދައުލަތަށް ކުޑަކަކޫ ނުޖަހާނެ.

    21
    1
  4. ފައްޔާޒު

    މިއުޅޭ ލާދީނީ އަންނި ތިކަމައް ތާއީދު ކުރާނެ.

    16
    3