ބާރުގަދަ ހިކި މަސްތުވާތަކެތީގެ ސަބަބުން ފާއިތުވި 80 ވަރަކަށް އަހަރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނައެވެ. މަސްތުވާތަކެތި ގައުމުތަކަށް އެތެރެވުން ހުއްޓުވަން އެކި ގައުމުތަކުން އަމިއްލައަށާއި އަދި އެހެން ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި ވެސް މާބޮޑު ކާމިޔާބެއް ނުލިބެއެވެ. ނަމަވެސް ދައްކަން މިއުޅެނީ މަސްތުވާތަކެތީގެ ވިޔަފާރި ނުހުއްޓުވޭ ސަބަބުގެ ވާހަކައެއް ނޫނެވެ. މިއީ މިހާތަނަށް ދުނިޔޭގައި އުފެދުނު ކަމަށް ބުނާ އެންމެ ބޮޑު ޑްރަގް ޑީލަރުން ނުވަތަ މަސްތުވާތަކެތީގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ވާހަކައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއަކީ ވަރަށް ސިއްރުން ކުރަމުން އަންނަ ވިޔަފާރިއެކެވެ. އެހެންކަމުން މިވިޔަފާރީގެ އަޑީގައި ތިބޭ މީހުންނަށް ލިބޭ ފައިސާގެ އަސްލު އަދަދުތައް ކަށަވަރު ކުރެވޭނެ ގޮތެއް ވެސް ނޯވެއެވެ. މިލިޔުމުގައި މިގެނެސްދެނީ "ޔަހޫ ފައިނޭންސް" އިން ކޮށްފައިވާ ލަފާކުރުންތަކަށް ބިނާކޮށް ގެނެސްދީފައިވާ މައުލޫމާތެވެ.

12.އަލް ކެޕޮން

އަލް ކެޕޯން އަކީ އެމެރިކާގެ ތާރީޚްގައި ވެސް އުފެދުނު އެންމެ ވަރުގަދަ އެއް ގޭންގް ސްޓާރެވެ. އޭނާ ވަނީ 1947 ވަނަ އަހަރު މަރުވެފައެވެ. ނަމަވެސް އޭނާގެ މިލްކިއްޔާތުގައި އޭރުވެސް 1.47 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ލަފާކުރެވެއެވެ.

11.ގްރިސްޑާ ބްލަންކޯ

އުމުރުން 69 އަހަރުގައި މަރުވި ބްލަންކޯ އަކީ ކޮކޭން ވިޔަފާރީގައި ވަރުގަދަ ނަމެކެވެ. އޭނާގެ މިލްކިއްޔާތުގައި މަރުވިއިރު 2.26 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

10.އެލް ޗަޕޯ

މިހާރު އެމެރިކާގެ ޖަލެއްގައި ހުރި އެލް ޗަޕޯގެ މިލްކިއްޔާތުގައި ތިން ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެޗް ޗަޕޯ އަކީ ފަހަކަށް އައިސް ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ގޭންގް ލީޑަރެވެ. އޭނާގެ ނަން ހާއްސަ ގޮތެއްގައި ފާހަގަ ކުރެވެނީ ޖަލުން ފިލުމުގައި އާދަޔާއި ހިލާފު މޮޅު އުކުޅުތައް ބޭނުން ކުރާ މީހެއްގެ ގޮތުގައެވެ. ނަމަވެސް ވަރަށް ފަސޭހައިން ސަލާމަތީ ބާރުތަކުގެ އަތްދަށުވާ މީހެއްގެ ގޮތުގައި ވެސް އޭނާގެ ނަން ފާހަގަ ކުރަން ޖެހެއެވެ.

09.ކާލޮސް ލެޑާ

ކޮލަމްބިއާގެ ޑްރަގް ވިޔަފާރިވެރިއެއް ކަމަށްވާ ކާލޮސް ލެޑާގެ މިލްކިއްޔާތުގައި 3.05 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އޭނާ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކޮށް ނިންމުމަށް ފަހު ޖަލުން ސަލާމަތްވީ މިއަހަރުގެ ކުރީކޮޅުއެވެ. ލެޑާ އަކީ މެޑެލިން ކާޓެލް އުފެއްދުމުގައި ބައިވެރިވި މީހެކެވެ.

08.ދަ އޮރެޖުއެލާ ބްރޯސް

ކޮލަމްބިއާގެ ކަލީ ކާޓެލްގެ ލީޑަރު ކަމަށްވާ ގިލްބާޓޯ ރޮޑްރިގޭޒް އޮރެޖުއެލާގެ މިލްކިއްޔާތުގައި 3.39 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އޭނާގެ މައްޗަށް އިއްވާފައިވާ 30 އަހަރުގެ ޖަލު ޙުކުމެއް މިހާރު ގެންދަނީ އެމެރިކާގައި ތަންފީޒު ކުރަމުންނެވެ. އޭނާ އަށް މިހާރު ވަނީ ކެންސަރު ޖެހިފައެވެ.

07.ޖޯސް ގޮންޒަލޯ ރޮޑްރިގޭޒް ގަޗާ

ޖޯސް ގޮންޒަލޯ ރޮޑްރިގޭޒް ގަޗާ ވަނީ 1989 ވަނަ އަހަރު މަރުވެފައެވެ. ފޯބްސް މަޖައްލާ އިން ވެސް ވަނީ 1988 ވަނަ އަހަރު އޭނާ އަކީ ބިލިއަނަރެއް ކަމަށް ލިސްޓް ކޮށްފައެވެ. ޖޯސް ގޮންޒަލޯ ރޮޑްރިގޭޒް ގަޗާ މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި 5.65 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

06.ކުންސާ

ޕާޓީ ޑްރަގް ވިއްކުމުގައި "ކިންގް"ގެ ނަމުން މަޝްހޫރު ވެފައި ވަނީ ކުންސާއެވެ. ކުންސާ ވަނީ 1996 ވަނަ އަހަރު މަރުވެފައެވެ. ނަމަވެސް އޭނާ ވަނީ ވަރަށް ބޮޑު މުއްސަންޖެއްގެ ގޮތުގައި 11 އަހަރު ހޭދަކޮށްފައެވެ. އޭނާގެ މިލްކިއްޔާތުގައި 5.64 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިހާރުވެސް ކުންސާގެ އާއިލާ މެންބަރުންނަކީ މިޔަންމާގެ ވަރަށް ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

05 ދަ އޮކޯ ބްރަދާސް

ޖޯޖް ލުއިސް އޮކޯއާ ވަސްގޫޒް އާއި ޖުއާން ޑޭވިޑް އޮކޯއާ ވަސްގޫޒް އަކީ ވެސް ޑްރަގް ވިޔަފާރީގައި ނަން ހިނގާ ދެބެއިންނެވެ. މީގެ ތެރެއިން ޖޯޖް ވަނީ 1991 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކޮށްފައެވެ. މިހާރު އެމީހުންގެ މިލްކިއްޔާތުގައި 6.78 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިދެބެއިން ވަނީ އެޕަލް ކުންފުނީގެ ގިނަ އަދަދެއްގެ ހިއްސާ 1996 ވަނަ އަހަރު ގަނެފައެވެ. ޖުއާން ވަނީ 2013 ވަނަ އަހަރު މަރުވެފައެވެ. ޖޯޖް ގެންދަނީ މިހާރު ވެސް 30 އަހަރުގެ ޖަލު ޙުކުމެއް އެމެރިކާގައި ތަންފީޒު ކުރަމުންނެވެ.

04.ދާއޫދު އިބްރާހިމް ކަޝަރު

ދާއޫދު އިބްރާހިމް ކަޝަރު އަކީ އިންޑިއާ މީހެކެވެ. 1993 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އެފްބީއައި އިން ހޯދާ މީހުންގެ ލިސްޓްގައި އޭނާގެ ނަން އެބައޮތެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ. އޭނާގެ މިލްކިއްޔާތުގައި 7.57 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

03.ސިމޮން މޮގިލެވިޗް

ސިމޮން މޮގިލެވިޗް އަކީ ކޮލަމްބިއާ މީހެކެވެ. އޭނާގެ އުމުރުން މިހާރު 74 އަހަރެވެ. ބެލެވޭ ގޮތުގައި އޭނާ ދިރިއުޅެނީ މޮސްކޯގައެވެ. އޭނާ އަކީ ރަޝިއާގެ މާފިއާ ލީޑަރެކެވެ. އޭނާގެ މިލްކިއްޔާތުގައި 10 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

02.އަމަޑޯ ކެރިލޯ ފުއެންޓެސް

އަމަޑޯ ކެރިލޯ ފުއެންޓެސްގެ މިލްކިއްޔާތުގައި 28.26 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ބެލެވޭ ގޮތުގައި އޭނާ ވެސް ދިރިއުޅެނީ ރަޝިއާގައެވެ.

01.ޕަބްލޯ އެސްކޮބާ

ޕަބްލޯ އެސްކޮބާ މަރުވީ 1993 ވަނަ އަހަރު އެވެ. ނަމަވެސް އަދިވެސް އޭނާ އާއި އެއްވަރުގެ ޑްރަގް ޑީލަރެއް ނުއުފެދެއެވެ. އޭނާ މަރުވިއިރު މިލްކިއްޔާތުގައި 33.91 ބިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ.

ފަހަކަށް އައިސް މަސްތުވާތަކެތީގެ ބޮޑުން ކުރިން އުފެދުނު ވަރަށް އުފެދެމުން ނުދިޔަ ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ދަނީ ފުޅާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތާކިހާ

    ސަރީޢަތުން ސާބިތު ވެފައިވާ މިފަދަ ބޭފުޅުން މި ރާއްޖޭގައިތިބިނަމަ މިފަދަ ފުރިހަމަ ލިއުމެއް ހުށައަޅާލަދެއްވުންއެދެން. ރަގަނޑުލިއުމެއް. ލިސްޓްގެ ގިނަމީހުންތިބީ ބޮޑެތި ހުކުންތަކުގައި ކަން ފާހަގަކުރެވޭ. އަދި އަނެއްބަޔަކު އަތުގައިހުރި ފައިސާއާއެކީ ދިރިއުޅޭ ތަނެއްވެސް ނޭންގޭހާލަތުގައި މިނިވަންގެއްލި ދުނިޔަށް ވެސް ފިލާކަންވެސް ފާހަގަ ކުރެވޭ. ދިރިތިބީންނަށް ޢިބުރަތްހުރި. ނަމަވެސް މިފަދަ ތުޚުމަތުކުރެވޭމީހުން ޤައުމެއްގެ ނިސްބަތުގައި ވަރަށް މިނިވަންކަމާއެކު އުޅޭކަން ބެލެވޭ. ޖިނާޢީ ޤާނޫނޫގެ ލޯވަޅުތަކުން މިބައިމީހުން އެޑުވާންޓޭޖުނަގަމުންދާ ކަމަށް ބެލެވޭ. މިވަބާ މިޤާއުމުގައި އިތުރުވަމުންދާކަމަށްބެލެވޭ. މިކަމަށް ދައުލަތާއި ސަރުކާރުތަކުގެ ގުނަވަންތައް ނުކުޅެދި، ވާގިނެތި، ބަލިކަށިވަމުންދާކަމަށްބެލެވޭ. މަސްތުވާތަކެތިކަމަށް ތުޚުމަތުކުރެވޭ ތަކެތި އަބަދުވެސް ފެންނަމުންދާކަންފާހަގަ ކުރެވޭ. ޔަގީން ވާދުވަހެއްނާންނަކަންފާހަގަ ކުރެވޭ. # ސުކުރިއްޔާ

    34
    3
  2. ކާފަ

    މިޤައުމުގެ ޒުވާންޖީލް ޙަލާކްކޮއްލަން ބޮޑުބޭބެ ބުނެގެން އެންމެ ފުރަތަމަ މިރާއްޖެއަށް ޑްރަގް އެތެރެކޮށްވިއްކަން އުޅުނު އެސްކޮބާ މިވަގުތު އޮތީ ވައްކަން ކޮއްގެން ޖަލުގައި..

    27
    30
  3. ހޮނޑައިދޫ އިން ރާބިރު

    މަހީކުރީ ރާއްޖޭގަ ކަމަށް ޑީލަރުންގެ ދާދާމެން އުޅެނީ.

    19
    1
  4. ޑީޑީ

    4. މައުމޫން ، ނަޝީދު .2 ގާސިމް .3 ..... 1.؟

    18
    4
    • އޯޑަރު ނުބައި

      1. ނަޝީދު (އަންނި)
      2. ޖާބިރު
      3. ގާސިމް ކުންފުނި
      4. އެމްޑީޕީގެ އަންނިއާ ދެކޮޅު ފެކްޝަން
      5. އަދާލަތު ޕާޓީ
      6. މައުމޫނިސްޓުން
      7. ޔާމިނިސްޓުން

      16
      12
  5. ހގގ

    ކޮބާ ޔާންބެ؟

    15
    5