ސޫރަދު ނިޒާމް (ސޯލަރ ސިސްޓަމް)ގެ ޕްލެނެޓެއް ކަމަށްވާ ވީނަސްގެ މިލްކުވެރިކަމަށް ރަޝިއާއިން ދައުވާ ކޮށްފިއެވެ.
ވީނަސް އަކީ ސްރޫދާ ނިޒާމްގެ ހަތް ޕްލެނެޓްގެ ތެރެއިން ދެ ވަނަ އަށް އޮންނަ ޕްލެނެޓެވެ.
މި ހަފްތާގައި މޮސްކޯގައި ކުރިއަށްދިޔަ "ހެލިރަޝިއާ 2020 އެގްޒިބިޝަން" ގައި ވާހަކަ ދައްކަމުން ރަޝިއަން ސްޕޭސް ކޯޕަރޭޝަންގެ އިސްފަރާތް ކަމުގައިވާ ޑިމިޓްރީ ރޮގޮޒިން ބުނީ، އެގައުމުން އަމިއްލަ އުޅަނދެއް ވީނަސް އަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށާއި މީގެ އިތުރުން އެމެރިކާއާއި ގުޅިގެން މިހާރުވެސް ވީނަސް އަށް އުޅަނދެއް ފޮނުވުމަށް މަޝްވަރާ ކުރަމުން ކަމަށެވެ.
މިއުޅަނދަށް ކިޔަނީ "ވެނެރާ-ޑީ" އެވެ.
"ވީނަސް ތަހުގީގު ކުރުން އެއީ އަޅުގަނޑުމެންގެ އެޖެންޑާގައި އޮތް ކަމެއް. އަޅުގަނޑުމެންނަށް ހީވަނީ ވީނަސް އެއީ އަޅުގަނޑުމެންގެ ޕްލެނެޓެއް ކަމަށް. އެހެން ކަމުން ފަހަތަށް ޖެހިގެން ނުތިބެވޭނެ" ރޮގޮޒިން ބުންޏެވެ.
ރަޝިއާއިން ވީނަސް އަށް މިލްކުވެރިކަން ފާޅުކުރީ ދުނިޔޭގެ ފަށަލައިގައި ހިމެނޭ ގޭހެއް ވީނަސްގެ ޖައްވުގައި އެކުލެވޭ ކަމަށް ސައިންސްވެރިން ބުނިތާ ދުވަސްކޮޅެއް ފަހުންނެވެ. ސައިންސްވެރިން ބުނެފައިވަނީ ދުނިޔޭގެ ފަށަލައިގައި ހިމެނޭ "ފޮސްފައިން" ގޭސް ވީނަސްގެ ޖައްވުން ހޯދިފައިވާ ކަމަށެވެ.
ވީނަސްގައި "ފޮސްފިން" ގޭސް ހުރިކަން ކަށަވަރުކަމަށް ސައިންސްވެރިން ހެދި ދިރާސާގައި ބުނާ ގޮތުގައި މިހާރު ވީނަސް އާއި ގުޅޭ ގޮތުން ކުރަމުން ގެންދާ ދިރާސާތައް މި ދިރާސާގެ ސަބަބުން އިތުރު ހަރުފަތަކަށް ދާނެއެވެ.
ދުނިޔެއާއި ދާދި އެއްވަރި ވީނަސް އަކީ ދުނިޔެއާއި އެންމެ ކައިރިން އޮންނަ ޕްލެނެޓެވެ.
ޕުލޫޓޯގެ މިލުކުވެރިކަމަށް ރާއްޖެއަށް ދަޢުވާ ކުރެވިދާނެ އެއީ އިސްކަންދަރު ރަސްގެފާނުންގެ ޒަމާނުގައި ޕީޓަރ ޕެން ރާއްޖެވަޑައިގެން އެނބުރި ޕުލޫޓޯއަށް ދަމުން ބޮޑުތަކުރުފާނު ޒަމާނުގެ ބޮޑެތިހުރިހާ އާސާރުތަކެއް ވަނީ ޕުލޫޓޯއަށް ގެންގޮސްފައެވެ
ސާބަސް ޕުޓިންނަށް
ތީހަމަ ކަލޭމެންގެ ތަނެށް.
ނޫން، ކަލޭގެ ތަނެއް
އާން ޝުކުރިއްޔާ.
އަޅުގަނޑަށް ފެނޭ ވީނަސް ކިޔާ ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުން ރަޝިޔާއާ ދެކޮޅަށް ނުކުމެ ރާއްޖޭގެ ސްޕްރީމްކޯޓުގައި މައްސަލަޖައްސަން!
ސެޓްލައިޓު ކިޔާ ގޭގޭގައި އުޅޭ މީހުންވެސް.
އާމާލް ކުލޫނީ ފޮނުވައިގެން ރާއްޖެއިންވެސް އެބަޖެހޭ ހަނދުގެ މިލްކުވެރިކަމަށް ދައުވާކުރަން
އަދި ބަލަން ތިބޭތި، އިރުގެ ވެރިކަމަށް މި އެމްޑީޕީ ބައިގަނޑު ދައުވާ ކުރާނެ
އަންނި ކަލެޔައް ރާއްޖެއެކަނި ލިބިގެން ނެތެންނުން ފުދޭކަށެއް ދެނެއް..