އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން، ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތާއި ގުޅުން ޤާއިމްކުރި ނަމަވެސް، ފަލަސްތީނު ބާކީކޮށް ނުލާނެ ކަމަށް އެޤައުމުގެ ސަރުކާރުން ވިދާޅުވެއްޖެ އެވެ.

ޔޫއޭއީ ފޮރިން މިނސްޓްރީގެ ޑިރެކްޓަރ އޮފް ޕޮލިސީ ޕްލޭނިން، ޖަމާލް އަލް މުޝަރަޚް މިކަމާއި ގުޅޭގޮތުން އަރަބި ނޫހެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިސްރާއިލް އާއެކު ހާރިޖީ ގުޅުން ޤާއިމްކުރުމަކީ ޔޫއޭއީން ފަލަސްތީނާއި ގުޅުން ކަނޑާލުން ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އަދި އަބަދުވެސް ފަލަސްތީނާއެކު ޔޫއޭއީ އޮންނާނެ ކަމަށް ޖަމާލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ފަލަސްތީނާއެކު. ފަލަސްތީނު ބާކީކޮށްލުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން. ސަރުކާރުގެ އެންމެ އިސް ވެރިންނާއި ހަމައިންގޮސް އާންމު ރައްޔިތުންވެސް ތިބީ މިގޮތުގައި،" ޖަމާލް ވިދާޅުވިއެވެ.

ޖަމާލް މިގޮތަށް ވިދާޅުވެފައި މިވަނީ، ޔޫއޭއީ އާއި އިސްރާއިލް އާއި ހާރިޖީ ގުޅުން ޤާއިމްކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ދާދިފަހުން އެމެރިކާގެ ވޮޝިންޓަކުގައި ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ފަލަސްތީނު ބާކީކޮށްލާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

އެ ރަސްމިއްޔާތުގައި ޓްރަމްޕް ބުނެފައި ވަނީ ފަލަސްތީނަށް މިހާރު އޮތް ގޮތަކީ އިސްރާއިލް އާއި ގުޅުން ޤާއިމްކޮށް ސުލްޙަވުން ކަމަށާއި، މިގޮތުގެ މަތީން ކަންތައް ނުކޮށްފިނަމަ މެދުއިރުމަތިން ފަލަސްތީނު ބާކީކޮށްލެވޭނެ ކަމަށެވެ. ހަމައެހެންމެ އެހެން ޤައުމުތަކާއި ގުޅިގެން ފަލަސްތީނުގެ އަޑު މެދުއިރުމަތިން ކަނޑުވާލާނެ ކަމަށް ނަތަންޔާހޫވެސް ވަނީ ބުނެފައެވެ.

ޔޫއޭއީން އިސްރާއިލް އާއި ގުޅުން ޤާއިމްކުރުމުން، އިސްރާއިލް އާއި ގުޅުން ޤާއިމްކުރި އަބަރި ޤައުމުތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. ޔޫއޭއީއާއެކު ބަހްރެއިނުންވެސް ވަނީ އިސްރާއިލް އާއި ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި މީގެ ކުރިން އުރުދުން އާއި މިސްރުންވެސް އިސްރާއިލް އާއި ގުޅުން ޤާއިމްކޮށްފައި ވެއެވެ.

ޔޫއޭއީ އާއި ބަހްރެއިން އިސް އިސްރާއިލް އާއި ގުޅުން ޤާއިމްކުރުމާއި ގުޅިގެން ފަލަސްތީނުން ވަނީ އެކަން ކުއްވެރިކޮށްފައެވެ. އަދި އެއީ ހިތްތަކުން ފިލައިނުދާނެ، ނާއިންސާފު ނިންމުމެއް ކަމަށް ވެސް ފަލަސްތީނުން ބުނެފައި ވެއެވެ.

ޓްރަމްޕް އާއި ނަތަންޔާހޫ މިހާރު އަމާޒު ހިފާފައިވަނީ، ޔޫއޭއީން ލިބުނު ހިއްވަރާއެކު އަރަބި އެހެން ޤައުމުތަކާއި ވެސް ގުޅުން ބަދަހިކޮށް، ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާއި މެދު ހިންގަމުންދާ ޖަރީމާތަކުގެ އަޑު ކަނޑުވާލުމަށެވެ. ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެމީހުން ވެސް ވަނީ މެދުއިރުމަތީގެ އެހެން ޤައުމުތައް އިސްރާއިލް އާއި ގުޅުމަށް ދައުވަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އަހުންވެސް ޔޫއޭއީ ސުލްތާނުގެ ކަންފަތްމަތީ ޖަހާ ކޮންމެ ފަހަރަކު 10 ރުފިޔާ ދޭނަން. މިހެން ބުނުން މާ ތާހިރެއްނު!

    7
    1
  2. ލަނޑާ

    ކިތައްމެ މޮޅުވާހާކައެއް ދެއްކިޔަސް ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ. އެބަޔަކާ ގުޅުން ބަދަހި ކުރާނީ އެބައެއްގެ ކަންކަމައް ތާއީދު ކުރާ އަދި އެބަޔަކާ އެއް ވިސްނުމެއްގެ ބަޔަކު. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނައް ﷲ އިރާދަ ކުރެއްވިއްޔާ ހެޔޮގޮތް މިންވަރު ކުރައްވާނެ.

    11
    1
  3. ަމާލް

    އެމީހުން ރޭއްވުން ތަކެއް ރާއްވަވަތެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ކުޑަ ހިނދު ކޮޅަކުން މުޅިލަޝްކަރު ހަލާކުކުރަން ސިކުންތު ކޮޅެއްނުނަގައެވެ.

  4. ރޯދަ މުބާރިކް

    ދޮގެއް! ވ. ބޮޑު ދޮގެއް!