އަވަށްޓެރި އިންޑިއާގެ ތަފާތު އެކި ސަރަހައްދުތަކުގައި ނިރުބަވެރި ޖަމާއަތްތަކަށް ނިސްބަތްވާ ފަރާތްތައް ފެތުރެމުން ގެންދާކަމަށް އެ ގައުމުގެ ނެޝަނަލް އިންޓެލިޖެންސް އޭޖެންސީ (އެންއައިއޭ) އިން ހާމަކޮށްފިއެވެ.

ދާދި ފަހުން އެ ގައުމުގެ ވެސްޓް ބެންގާލް އިން ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އަލް-ގައިދާ އަށް ނިސްބަތްވާ 6 މީހަކު ހައްޔަރު ކުރުމަށް ފަހުގައި އެންއައިއޭ އިން ބުނެފައި ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ނިރުބަވެރިން ފެތުރެމުން ގެންދާ ކަމަށާއި، ވެސްޓް ބެންގާލްގައިވެސް ނިރުބަވެރިންގެ އަދަދު ވަރަށް ގިނަ ކަމަށެވެ.

ވެސްޓް ބެންގާލް އިން ހައްޔަރުކުރި 6 މީހުންގެ ފަރާތުން އެނގުނު ގޮތުގައި އެ މީހުން ހައްޔަރު ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން އެ ޖަމާއަތުގެ ދެ މީހަކު ވަނީ އެ ތަނުން ފިލާފައެވެ.

ހައްޔަރު ކުރި 6 މީހުންގެ ތެރޭގައި އެ ސްޓޭޓުގެ ދެ ޔުނިވާސިޓީ އެއްގައި އިންޖިނިއަރިން ކިޔަވަން އުޅޭ ދެ ކުދިންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. އެ ދެ ކުދިން ކަޝްމީރުގަ އާއި، ގިނަ ދިވެހިންތަކެެއް ދިރިއުޅޭ ކެރެލާގެ އަލް ގައިދާގެ ޖަމާއަތުގެ މީހުންނާއި ގާތް ގުޅުމެއް ބާއްވާކަން އެމީހުންގެ ފޯނުތައް ބެލުމުން ވަނީ ހާމަ ވެފައެވެ.

އިންޑިއާގައި ނިރުބަވެރިން ހައްޔަރު ކުރާ މިންވަރު ދާދި ފަހުން އިތުރުވެފައި ވާއިރު، އެ ގައުމުގައި ނިރުބަވެރި ހަމަލާ އެއް ދީފާނެކަނަށްޓަކައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަބަދުވެސް ތިބެނީ ސަމާލުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ ކޮން ވައްތަރު؟

    އެކަމަކު ރޭޕް ކުރީމަ އޯކޭ ވަނީ. ހައްޔަރު ނުކުރަނީ. ޕޮލިސް މީހާވެސް ރޭޕިސްޓް ތިބޭ.

    27
  2. ަޝާން

    މުސްލިމުން މަރާނެ ގޮތެ އް ނުފެނިގެން ތިބޭ ބަޔެ އއްތީ ކޮންމެވެސް ޓެރެރިސްޓެ ކޭ ކުޔާގެން ތި މުސްލިމުން މަރަނީ ކިހާވަރަކައްތަ އަނިޔާ ތިކުރަނީ ގޮތްހުސްވީމަ ދެން އޮންނާނީ ހުސްޓެރެރިސްޓުން އިންޑިޔާ ބޭރުކުރޭ މިގަ އ އުމުން

  3. މެކް

    ނިރުބަވެރިންނަކީ ޔަހޫދީ ފަރަންޖީ ބައިގަޑު