ސުލްޙައިގެ އެއްބަސްވުންތަކާއި ޚިލާފުވެ، އިސްރާއިލް އިން ލުބުނާނުގެ ވައިގެ ސަރަޙައްދު ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މައްސަލަ ހޫނުވެއްޖެ އެވެ.

މިކަމާއި ގުޅިގެން ލުބުނާނުގައި ސުލްޙަ ޤާއިމްކުރުމަށް އެކުލަވާލާފައިވާ އދ. ގޮފިން ބުނެފައި ވަނީ އިސްރާއިލް އިން ފާއިތުވެދިޔަ ދުވަސްތަކުގައި އެކި ފަހަރުމަތިން ޤަވާއިދާ ޚިލާފަށް ލުބުނާނުގެ ވައިގެ ސަރަޙައްދު ބޭނުންކުރަމުންދާ މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަން ވަގުތު ހުއްޓާލުމަށް އދ. އިން ވަނީ އިސްރާއިލް އަށް ގޮވާލާފައެވެ.

ލުބުނާނުގެ އިސް އޮފިޝަލެއް ކަމަށްވާ މޭޖާ ޖެނެރަލް ސްޓެފާނޯ ޑެލްކޮލް ނޫސްތަކުގައި ވިދާޅުވީ، އިސްރާއިލް އިން ލުބުނާނުގެ ވައިގެ ސަރަޙައްދު ބޭނުންކުރަން ފަށާފައި ވަނީ، އިސްރާއިލް އާއި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި ދެމެދު ކުރެވުނު ހަނގުރާމައަށް ނިމުމެއް ގެނައުމަށް 2006 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމާއި ޚިލާފަށް ކަމަށެވެ.

އެހެންކަމުން މިކަމުގެ ސަބަބުން އަނެއްކާވެސް ސުލްޙަ ގެއްލި ދެޤައުމުގެ ދެމެދުގައި ހަމަނުޖެހުން އިތުރުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމު ރައްޔިތުންނަށް ކަމަށްވާތީ، ސުލްޙަ ގެއްލި ދިއުމުގެ ކުރީން އިސްރާއިލްގެ މި އަމަލުތައް ހުއްޓާލުމަށް ސްޓެފާނޯ ވަނީ ގޮވާލާފައެވެ.

"އިސްރާއިލް އިން މިފަދަ ކަންކަން ކުރުމަކީ ސުލްޙަ ގެއްލިދާނެ ކަމެއް. އެއްބަސްވުމާއި ޚިލާފަށް ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާއިލްގެ ޖެޓުތަކާއި ފްލައިޓުތައް އާދަޔާއި ޚިލާފަށް ގިނައިން ލުބުނާނުގެ ވައިގެ ސަރަޙައްދު ބޭނުންކުރަމުން އެބަދޭ. މިކަމުގެ ސަބަބުން ހަމަނުޖެހުމެއް ފެށިއްޖެނަމަ އަލުން ސުލްޙަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" މޭޖާ ޖެނެރަލް ސްޓެފާނޯ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާޒީ އަހުމަދު

    2006 ވަނަ އަހަރު ހިޒްބުﷲ އާއި އިޒްރޭލް ކުރި ހަނގުރާމައިގައި އިސްރާއީލު ރޮއްވާފަ އޮންނާނީ
    އަނެއްކާ ހިޒްބުﷲ އަތުން ބޮނޑިބޮއެ ރޯންތިއުޅެނީ

    13
    3
    • ކޮންފަދަ

      ސުވާލަކީ ކީއްވެގެން ގާޒާ އަށް ބޮންއަޅާއިރު ހިޒްބުﷲ ޢަމަލީގޮތުން ބައިވެރި ނުވަނީ...ރައްދުދީބަލަ..

      4
      1
    • ޔޫތް

      ސައްދާމް ހުސައިން އިޒްރޭލައް ކުރި ހާލައްވުރެ ދެގުނަ ނުބައި ހާލެއް ހިޒްބުﷲ އިޒްރޭލައްކުރި 2006 ގައި...ސުވާލަކީ ލުބުނާންގެ ދިފާޢުގައި އެކަނިތަ އޮންނަންވީ ފަލަސްތީން ކޮބާ؟ ހިޒްބުﷲ ނުނުކުންނަނީ ކީއްވެގެން މުސްލިމުންގެ ލޭ އޮހުރުވާއިރު

  2. އަލި ރަސްގެފާނު

    އަޅޭ ހައިރާނެއް ނުވޭތާ؟ އިޒްރައެލް އެބައުޅޭބަ ބަޔަކާ ސުލްހަ ވާހިތުން

    14