އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހެދި ވެބްސައިޓު، އީސްޓޯރުން ވިޔަފާރިކޮށްގެން އަގު ބޮޑު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ބޮޑު ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނުން އެއްވަނަ އަށް ހޮވޭ މީހަކަށް ހިޓާޗީ ބްރޭންޑްގެ 65 އިންޗް ޓީވީއަކާއި ހިޓާޗީ ބްރޭންޑްގެ އައިސް އަލަމާރިއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ވަނައަށް ދާ މީހަކަށް ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއްގެ އިތުރުން ފިލިޕްސް ސައުންޑް ބާއެއް ލިބޭނެއެވެ.

ތިންވަނައަށް ދާ ފަރާތަކަށް ފިލިޕްސް ބްލެންޑަރަކާއި، 9000 ބީޓީޔޫގެ ހިޓާޗީ އެއަރކޯނަކާއި ފިލިޕްސް ޓޯސްޓަރަކާއި ސޭންޑްވިޗް މޭކަރެއްގެ އިތުރުން ސަންފޯޑް ބްރޭންޑްގެ ރައިސް ކުކަރެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް އެސްޓީއޯއިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެސްޓީއޯގެ އީ ސްޓޯރުން 500ރ. އަށް ވުރެ އިތުރަށް ވިޔަފާރި ކުރާ މީހުންނަށް ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އެސްޓީއޯ އީސްޓޯރުގެ ހިދުމަތަކީ ގޭގައި ތިބެގެން ވިޔަފާރި ކުރުމަށް ބާރު އަޅައި އާއްމުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރު ކޮށްދިނުމަށް އެ ކުންފުނިން ތައާރަފު ކުރި ވެބްސައިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު