އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެޤައުމު ދުނިޔޭގެ އާބާދީގެ 17 އިންސައްތަ ހިއްސާކުރާއިރު، ދިރިއުޅުމުގެ ފެންވަރު ދުނިޔޭގެ ނިސްބަތުން އެންމެ ދަށް ޤައުމުތަކުގެ ތެރޭގައިވެސް އެޤައުމު ހިމެނެއެވެ.

ދާދިފަހުން އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ކުރިއަށްގެންދިޔަ ސާވޭއަކުން ހާމަވެފައިވާގޮތުގައި، އެޤައުމުގެ އާބާދީން ފާއިތުވެދިޔަ 18 އަހަރުގެ ތެރޭގައި 63 މިލިއަން އަންހެނުންނަށް ވީނުވީއެއް ނޭނގި ވަނީ "ގެއްލިފައި"އެވެ. އަދި ކޮންމެ އަހަރަކު ޢާންމު ގޮތެއްގައި ދެ މިލިއަނާއި ގާތްކުރާ ޢަދަދަކަށް އެޤައުމުން އަންހެނުން ގެއްލޭ ކަމާއި، އިތުރު 21 މިލިއަން އަންހެން ކުދިންނަށް އަޅާނުލައި އާއިލާއިން ދޫކޮށްލާފައިވާ ކަމަށެވެ.

އިންޑިއާގައި ޖިންސީ ތަފާތުކުރުންތަކަކީ ޒަމާނުއްސުރެ ބޮޑު މައްސަލައަކަށް ވެފައިވާއިރު، ގިނަ ޢާއިލާތަކުން ބޭނުންވަނީ ފިރިހެން ކުދިންނެވެ. އެގޮތުން އަންހެން ކުއްޖަކު ލިބިއްޖެނަމަ އެއީ މުޅި އާއިލާއަށް ދިމާވާ ބަދު ނަސީބެއް ކަމަށާއި ލިބޭ ދެރައެއް ކަމަށް ޤަބޫލުކުރާ ޤަބޫލުކުރުންތަކެއް އެޤައުމުގެ ގިނަ ބަޔަކު މިއަދުވެސް ގެންގުޅެއެވެ. މިފަދަ ކުދިންނަށް އަޅާލުމުގައި ބެލެނިވެރިން އިހުމާލުވާއިރު ރަނގަޅި ތަޢުލީކަމާއި ސިއްޙަތަކާއި ޒަރޫރީ ބޭނުންތައް އެކުދިންނަށް ފޯރުކޮށްދިނުމުގައި މައިންބަފައިން ފަރުވާކުޑަ ކުރެއެވެ.

ނިސްބަތުން ދުނިޔޭގައި އެންމެ ރޭޕް ގިނަ ޤައުމުތަކުގެ ކުރީގައި އިންޑިއާ އޮންނަން ޖެހޭ އޮތުމަކީ މިއީ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިރު، ގިނަ ފަހަރަށް ރޭޕްގެ ޝިކާރައަކަށް ވެގެންދަނީ އަޅާލާނެ އާއިލާއެއް ނެތުމުން މަގުމަތިވެފައިވާ ނިކަމެތި އަންހެނުންނާއި ކުދިންކަން ފާހަގަކޮށްލެވެއެވެ. މިފަދަ ހާދިސާތައް ގިނަ ފަހަރަށް އެއްވެސް ބަޔަކަށް ނޭނގި އޮންނައިރު، ކަމާއި ބެހޭ ފަރާތްތަކާއި މީޑިއާގެ ސަމާލުކަމަށް އަންނަނީ ނިސްބަތުން މަދު ހާދިސާއެކެވެ.

އިންޑިއާގައި ކުރިއަށްގެންދިޔަ ސާވޭއިން އެނގުނުގޮތުގައި، އަންހެން ކުދިން އެބޯޓްކޮށް މަރާލާ މައްސަލަ ވަނީ އިހުނަށްވުރެ އެތައް ގުނައެއް އިތުރުވެފައެވެ. އެގޮތުން 1990 ވަނަ އަހަރުން ފަށައިގެން މިހާތަނަށް، 11 މިލިއަން އަންހެން ކުދިން އެބޯޓް ކޮށްލާފައިވާކަން ސާވޭއިން ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ޢެެކަމާހެދިއެއްނު ބައެއް ވިލެޖް ތަކުގަ އިންނާނެ އަންހެނަކު ނުވެގެން އެހެން އަވަށްތަކުން ކުދިން ވަގަށް ނަގައިގެން ވިއްކަނީ މިގޮތަށް ވިއްކާ ކުދިން ގަނެގެން އެއްބަނޑުއެއްބަފާ ތިންފިރި ހެނުން އެކުއްޖާ އަންބެއްގެ ގޮތުގަ ގެންގުޅޭ އަދި ބަފައިމީހާގެ އަނބި މަރުވެފައިވާ ނަމަ އެމީހާވެސް ބޭނުންކުރޭ މީ ހަމަ ހަގީގަތް ކްރައިމް ޕެޓްރޯލްގަ ދާދިފަހުންވެސް ދެއްކި މިކަހަލަ ކަމެއް

  2. ޙުސައިން މ. މުލި

    ސުބުހާނަށްﷲ ހުރިހިތާމައެއްގެ ބޮދުކަމާ
    އަޅެ މިގައުމުގެ ފިރިހެނުން އެތިބީ އަންހެނެއްގެ ބަނޑުންނެއް ނޫންތަ އައިސް
    ޔާ ﷲ މިބައި މީހުންނަށް ތެދުމަގު ދައްކަވާށިއެވެ.

  3. ށަމްސު

    ތިކުދިން ހޯދަން ދިވެހި ސިފައިން އިންޑިޔާއަށް ފޮނުވަންވީ.

  4. ރިޔާޒު

    ހައިރާނެއްނުވޭ. ތިޔައީ ރޭޕްކުރުން ހައްދުފަހަނައަޅާފަ އޮތް ގައުމެއް

  5. އަޙްމަދް

    ހެހޭ: އަންހެނުންގެ ޙައްގުތަށް ހޯދާދޭން އެމްޑިޕީ މީހުން މުޒާހަރާ ކުރަން އިންޑިއާއށް ފޮނުވާ.

  6. ހަސަނު

    ދުނިޔޭގެ ހަލާކު. ތަންދޮރު ނޭގޭ މީހުން އެތާ އުލެނީ.