ޖަރުމަންވިލާތުގެ އުތުރުގައި އޮންނަ އަވަށެއްގައި ލައުޑްސްޕީކަރުން ބަންގި ގޮވުން އެސަރަހައްދުގެ ސަރުކާރުން މަނާ ކުރުމުން ކޯޓަށް ހުށަހެޅި މައްސަލަ އެންމެ ފަހުން މުސްލިމުންނަށް ކާމިޔާބުވެ އަޑުބާރުކޮށް ބަންގި ގޮވުމުގެ ހުއްދަ ލިބިއްޖެއެވެ.
މީގެ ފަސް އަހަރު ދުވަސް ކުރިން އަޑު ބާރުކޮށް ބަންގި ގޮތުން މަނާކުރީ ޖަރުމަންވިލާތުގެ އުތުރުގައި އޮންނަ ރައިން-ވެސްޓަފަލިއާ ނަމަކަށް ކިޔާ ސަރަހައްދުގެ އަވަށެއް ކަމަށްވާ އެއެރް-އެރްކެންޝެވިކްގައެވެ. އެމައްސަލަ ކޯޓަށް ހުށަހެޅީ ޓާކިޝް އިސްލާމިކް ކޮމިއުނިޓީ ކިޔާ ޖަމާއަތަކުންނެވެ. ފަސް އަހަރު ފަހުން މިއަދު މައްސަލަ ނިންމަމުން ކޯޓުން ޙުކުމް ކުރީ އަޑު ބާރުކޮށް މިސްކިތުން ބަންގި ގޮވޭނެ ކަމަށެވެ.
އަޑު ބާރުކޮށް ބަންގި ގޮވުން މަނާ ކުރުމުން އެސަރަހައްދުގައި ދިރިއުޅޭ މުސްލިމުން ވަނީ ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅާފައެވެ. ނަމަވެސް ޝަރުއީ މަރުހަލާގެ ބޭރުން މައްސަލަ އަށް އޮތީ ހައްލެއް ނުލިބިފައެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު މިއަދު ވިދާޅުވީ ކޮންމެ ދީނެއްގެ ބަޔަކަށް ވެސް އެމީހުން ގަބޫލު ކުރާ ދީނީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތައް ދީނުގެ ކަންކަން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. ދީނުގައި ކަމެއް ކުރަން އޮންނަ ގޮތަކަށް އެކަމެއް ކުރުމަށް ހުރަސް އެޅުން އެއީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން އަވަށުގެ ހުރިހާ ސަރަހައްދަކަށް އަޑު އިވޭ ވަރަށް ބަންގި ގޮވުން އެއީ އެސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނަށް ލިބިފައިވާ ހައްޤެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އަޑު ބާރުކޮށް ބަންގި ގޮވުމުގެ ހުއްދަ ލިބުމާއި އެކު އަވަށުގެ މުސްލިމުން މިހާރު ގެންދަނީ އުފާފާޅު ކުރަމުންނެވެ.
الحمد لله
މިގައުމުގައި އިބޫ ސޯލިހާ ކެނެރީގޭ ލާދީނީ ސޮރު ހުރިހާ މިސްކިތެއްގެ ސައުންޑު ސިސްޓަމް ތަކުގެ ވޮލިއަމް ވަނީ ދަޢްކޮށްފައި ބަންގީގެ އަޑު މަޑުކުރަން އެންގީ އެކަމަކު މިގައުމުގެ ގިނަބަޔަކު ދުވަނީ މިދެމީހުންގެ ފަހަތުން ލަދުކޮބާ...
الحمدلله
ޢާނިއާ ވިދާޅުވީ މަތިން އުދުހޭ ބޯޓުގެ ވިއު ގެއްލިއްޖެކަމަށް... މި ގައުމުގެ އާ މިސްކިތާހެދި!
އަލްޙަމްދު ލިއްލާހި...
އިސްލާމ މީ ޝަރީޢަތެއް ނެތް ކާފަރު ޤައު މެއްގެ ފަނޑިޔާރުވެސް ނިން މާ ނިން މުން މާ އިންސާފުވެރި 100% މުސްލި މު ޤައު މެއްގެ 200% މުސްލި މު ފަނޑިޔާރަކު ނިން މާ ނިން މުމ މަށްވުރެ، މިޤައު މުގައި ހުކު މް ކަނޑަ އަޅަނީ ފަނޑިޔާރު ގޭގެ ބޭރުން ބާރުގަދަ ނުފޫޒުގަދަ ކޮން މެވެސް މީހަކު. ޢެވެދާނެ ތޮރުފާއެތި ކަ މަށްވެސް، އެވެދާނެ ކަރުނަ ވަޅުކަ މަށްވެސް، އެވެދާނެ އިންސާނެއްގެ ސިފާގައި ހުރި އެހެން އެއްޗަކަށްވެސް މިއީ ހައްތަހާވެސް ހުކު މް ކަނޑައެޅު މަށް ބޭނުން ކުރާ އެއްޗެހި މިޤައު މުގަ
ﷲއަކްބަރު