ސާބިއާގެ ސަރަހައްދަކަށް އަސްކަރީ ފްލައިޓެއް ވެއްޓިއްޖެ އެވެ.

ވެއްޓިފައި ވަނީ ސާބިއަން އެއާ ފޯސްގެ އެމްއައިޖީ-21 ފްލައިޓެވެ.

މި ފްލައިޓް ވެއްޓިފައި ވަނީ، ލޮޒްނިކާ ސިޓީގެ ބްރާސިނާ ވިލޭޖް ކައިރިއަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު އެ ސަރަހައްދުގައި ފަޔާ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން މިހާރު ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

ސާބިއާގެ ނޫސް އެޖެންސީއަކުން ރިޕޯޓްކޮށްފައިވާގޮތުގައި ވެއްޓުނީ ސާބިއާގެ އަސްކަރީ ޖެޓެކެވެ. އަދި ވެއްޓުނު ބޯޓުގައި ދެ ޕައިލެޓުން ތިބި ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީންވެސް ވަނީ އަސްކަރީ ފްލައިޓެއް ވެއްޓިގެން އުޅޭކަން އެގައުމުގެ މީޑިއާތަކަށް ކަށަވަރުވެސް ކޮށްދީފައެވެ.

އެ ބޯޓުގައި ތިބި މީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް މީޑިއާތަކުން ބުނެއެވެ.