ޗައިނާއިން ޒިންޖިއަންގގެ 16،000 މިސްކިތެއް ސުންނާފަތި ކޮށްފައިވާ ކަމުގެ ތުހުމަތު އޮސްޓްރޭލިއަން ތިންކް ޓޭންކުން ކޮށްފިއެވެ.

ޒިންޖިއަންގް ޕްރޮވިންސް އަކީ މުސްލިމުން ކޭމްޕުތަކުގައި ބަންދުކޮށް ލާއިންސާނީ ކޮށް އަމަލު ކުރަމުންދާކަން އަބަދުވެސް ސާމަލުކަމަށް އައިސްފައިވާ ހިސާބެކެވެ.

އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިޓިއުޓް (އޭއެސްޕީއައި) އިން އާއްމު ކުރި އެކަމުގެ ހެކި ފެންނަ ސެޓެލައިޓް ފޮޓޯތައް ހިމެނޭ ރިޕޯޓާއި ހަވާދާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެސަރަހައްދުގެ ގިނަ މިސްކިތްތައް ސުންނާފަތި ކޮށްފައިވަނީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އެގޮތުން ގާތްގަނޑަކަށް 8،500 މިސްކިތް ވަނީ ސުންނާފަތި ކޮށްފައެވެ. އެ މިސްކިތްތަކަކީ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅުމުން އުރުމްޤީ އާއި ކަޝްގަރ ސަރަހައްދުގައި ހިމެނޭ މިސްކިތްތަކެވެ.

ޗައިނާއިން ސުންނާފަތި ކޮށްފައިވާ މިސްކިތްތައް ހުންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ޗައިނާ ސަރުކާރުގެ އޮފިޝަލުންގެ އަތްދަށުވެފައެވެ. ޗައިނާ އޮފިޝަލުން މުސްލިމުން އަޅުކަން ކުރުމަށް ހުރަސް އަޅުވައި، ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން އަންނަ ކަންވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.

ޗައިނާއިން ވަނީ މިސްކިތްތަކުގެ އިތުރުން އެ ސަރަހައްދުގައި ހިމެނޭ ބައެއް އިތުރު ތަންތަންވެސް ސުންނާފަތި ކޮށްފައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ކްރިސްތިއަން ދީނުގެ މީހުން އަޅުކަން ކުރާ ސަރަހައްދުތައް ހަލާކު ކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޭއެސްޕީއައިގެ އިތުރުން އޭފްޕީގެ ރިޕޯޓްތަކުންވެސް އެ މައުލޫމާތުތައް އާއްމުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވާ

    މި ޙަބަރު ވަގުތުގައި ޖެހީތީ އަޖައިބުވެއްޖެ..
    ތިވާނީ އެމިސްކިތްތަށް ގިނަ ދުވަސްވެގެން ވީރާނާ ވުމާއި ގުޅިގެން ބޮޑު މިސްކިތްތަށް އަޅަން ވެގެން ކުރިކަމަކަށް...

    6
    37
  2. ގައުމީ

    އިންޑިއާ އެކޭ ޗައިނާ އެކޭ ވަކި ތަފާތެއް ނެތް...މުސްލިމުންނަށް ޖަރީމާ ހިންގާ އަދުއްވުން...
    އދެރަވާކަމަކީ ޗައިނާ އަށް ބަހުގެ ހަމަލާއެއްދެވޭ ފެންވަރު ބައެއް ދުނިޔޭގެ ނެތުން...އީރާންވެސް ޗައިނާއާ ދިމާއަށް ބަސްނުބުނަނީ އިގްތިސާދީ އަދި ތެލުގެ ވިޔަފާރީގައި. އެތައް ބިލިޔަން ޑޮލަރުގެ އާމްދަނީ ލިބޭ ތީވެ.

    39
  3. ކާފަ

    މީ އަދުރޭމެން ގެންނަންބޭނުންވާ މީހުން އުޅޭގޮތް.. ޔާމީންއަށް ދައްކާތި

    15
    38
  4. ޑިޑީ

    މީހަމަ ރަނގަޅުވާހަކައެއްތަ މީ އިންޑިޔަ މީހުން ކުރާކަހަލަ ކަމެއް ރާއްޖޭ ނޫހަކުން މި ވާހަކަ ރިޕޯރޓް ކޮއްގެން ނުވާނެ . ޢަނެއްކާސަފީރާ ޖެހެން ތިއުޅެނީ އަދި ރައްދެއް ނުދޭތަ؟

    6
    3