މީގެ 120000 (އެއްލައްކަ ވިހިހާސް) އަހަރު ކުރިން އިންސާނުން ހިނގައިބިނގައިވެ އުޅުނު ސައުދީ އަރަބިއްޔާގެ ސަރަހައްދަކުން ދެ އިންސާނެއްގެ ފިޔަވަޅުތައް ފެނިއްޖެއެވެ.

"ސައިންސް އެޑަވާންސް" ގައި ބުނެފައި ވަނީ މިފިޔަވަޅުތައް ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގައި އިންސާނުން ވަޒަންވެރިވެ ދިރިއުޅުނު ގޮތް ދެނެގަންނަން ކުރަމުން އަންނަ މަސައްކަތައް ލިބުނު އާދަޔާއި ހިލާފު ބޮޑު ކާމިޔާބަކަށް ވެގެންދާނެއެވެ.

އެތައް ސަތޭކަ ފިޔަވަޅެއް ސައިންސްވެރިންނަށް ފެނިފައި ވަނީ ކުރިން ކޯރެއް އޮތް ސައުދީ އަރަބިއްޔާގެ ނެފޫދު ސަހަރާ އިންނެވެ. ކޯރުގެ ތެރެއިން ފެނުނީ އިންސާނުންގެ ހަތް ފިޔަވަޅެކެވެ. އޭގެ އިތުރުން ދެން ފެނުނުނީ ތަފާތު ބާވަތްތަކުގެ ޖަނަވާރުންގެ ފިޔަވަޅުތަކެވެ. އަލަތާރު ކޯރު ނަމަކަށް ކިޔުނު ކޯރުގެ ތެރެއިން ވަނީ އިންސާނުންގެ ފިޔަވަޅުގެ އިތުރުން އަހާއި ޖަމަލު އަދި އެތުގެ ފިޔަވަޅުތައް ވެސް ފެނިފައެވެ.

ފިޔަވަޅުތައް ދެނެގަތް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މިކޯރުގެ ތެރެއިން އިންސާނުންނާއި ޖަނަވާރުން ވެސް ދަތުރު ކޮށްފައި ވަނީ ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދިފައިވާ ދުވަސްވަރެއްގައެވެ.

ފިޔަވަޅުތައް ދިރާސާކޮށް އެދުވަސްވަރު އިންސާނުން ދަތުރު ކުރަމުން އައި ގޮތް ދެނެގަނެވިދާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. އަދި އިންސާނުން އެދުވަސްވަރު ޖަނަވާރުންގެ އެހީތެރިކަން ހޯދަމުން އައި ގޮތް ވެސް ކޮންމެވެސް ވަރަކަށް ދެނެކަނެވިދާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ.

އިންސާނުން ދުނިޔޭގައި ދިރިއުޅެމުން އަންނަތާ މިހާތަނަށް ވެގެން ދިޔައީ ކިތައް އަހަރުކަމެއް ބުނާކަން ނޭނގެއެވެ. ނަމަވެސް މީގެ ދެލައްކަ އަހަރު ކުރިން ވެސް އިންސާނުން ދުނިޔޭގައި އުޅުނު ކަމުގެ ހެކިތައް މިހާރުގެ އިތިއޯޕިއާ (ކުރީގެ ހަބުޝްކަރަ) އިން ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    އެދުވަސް ވަރު ދިރިއުޅު ބޭފުޅެއްތާ ތިޔަހެން ތިޔަ ބުނުއްވީ.

    4
    20
  2. ސަމީ

    ބުހުތާނު ވާހަކަ ނުދައްކާ. އިންސާނުން ދުނިޔޭގައި އުޅޭތާ ތިޔަހާ ގިނަ ދުވަހެއް ނުވާނެ، ތިޔަ ޢަދަދާ ކައިރިވެސް ނުކުރާނެ ،

    2
    10