ޗައިނާގެ ހުބައި ޕްރޮވިންސްގެ ވޫހާން ސިޓީގައި ކެމިކަލް ޕްލާންޓެއް ގޮވައި ފަސް މީހުން މަރުވެއްޖެއެވެ.

"ޑެއިލީ މެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސިޓީގައި ހުންނަ ކެމިކަލް ގުދަނެއް ގޮވައި މަދުވެގެން ފަސް މީހުން މަރުވެ އެކަކަށް އަނިޔާވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޗައިނާގެ ގަޑިން އިއްޔެ ގާތްގަނޑަކަށް 2:15 ހާއިރު މި މިގޮވުން ގޮވާފައި ވަނީ އެ ސިޓީގެ އިންޑަސްޓްރިއަލް ޕާކެއްގެ ކައިރީގައި ހުރި ކެމިކަލް ޕްލާންޓެއް ކަމުގައި އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި އަނިޔާވި މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ.

މި ހާދިސާގައި މިހާތަނަށް މަރުވި ފަސް މީހުންނާއި އަނިޔާލިބުން މީހާ އަކީ ވެސް ޗައިނާ އަށް ނިސްބަތްވާ މީހުން ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. މި ގޮވުން ގޮވާފައިވާ ސަރަހައްދާ ކައިރީގައި ގިނަ އަދަދަކަށް އެހެން ގައުމުތަކުގެ މީހުން އުޅޭ ކަމަށާއި، ނަމަވެސް އެހެން ގައުމެއްގެ މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެއެވެ.

"ބެއިޖިން ނިއުސް" އާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގައި "ނިޓްރިކް އެސިޑް" އެކުލެވޭ ރީނދޫ ދުން އަދިވެސް ދަނީ ފެތުރެމުންނެވެ. އަދި މިހާރު ކަމާބެހޭ އިދާރާތަކުން އަންނަނީ އެސަރަހައްދާއި ކައިރީގައި އުޅެމުން އަންނަ އާންމުންގެ މީުން ރައްކާތެރި ތަންތަނަށް ފޯރުކޮށްދެމުން ކަމަށް ވެއެވެ.

ކެމިކަލް ޕްލާންޓަކީ އެކި ބާވަތްތަކުގެ ބޭސް އުފައްދާ ޕްލާންޓެއް ކަމަށާއި، އެތަނަކީ ތައިންމެން ޗުޓިއެން ނަމަކަށް ކިޔާ މީހެއްގެ މިލްކުވެރިކަމުގެ ދަށުގައިވާ ތަނެއް ކަމަށް ހުބެއިގެ ނޫސްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މި ގޮވުމުގެ ކުރިން ވެސް އެތަނަކީ ގަވައިދާއި ހިލާފަށް ކުނި ބޭރުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކެމިކަލް ޕްލާންޓެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ސުބުހާނަﷲ

    3
    1