105 މީހުން ދަތުރުކުރި ބޮއިން 737 މަރުކާގެ ފްލައިޓެއް ކިއުބާގެ އެއާޕޯޓަކުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓިފައިވާއިރު ބޯޓުން ދަތުރު ކުރި 105 މީހުންގެ ތެރެއިން ތިން މީހަކު ސަލާމަތް ކޮށްފިއެވެ.

ބޯޓު ވެއްޓުނު ސަރަހައްދުން ތިން މީހަކު ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް މިހާރު ވަނީ އާންމުވެފައެވެ.

https://m.youtube.com/watch?v=cZnXs7G6hyk

ފްލައިޓުން ދަތުރުކުރި އެންމެން މަރުވި ކަމަށް ނުބެލެވޭ ކަމަށާއި ފްލައިޓުން ދަތުރު ކުރި ތިން މީހުން ސަލާމަތްވި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.

ކިއުބާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ވެއްޓުނީ ކިއުބާގެ ހަވާނާގެ ޖޯޝް މާޓީ އިންޓަނޭޝަނަލް އެއާޕޯޓް އިން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ފްލައިޓް ދަތުރު ކުރަން ހަމަޖެހިފައި އޮތީ ކިއުބާގެ ހޮލްގްއިން އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާ ހިނގުމާއެކު ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކާނެލްވަނީ އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ ބޯޓުން ދަތުރުކުރި ގިނަމީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. މިގުއެލް ވިދާޅުވީ ފްލައިޓް ވެއްޓުނު ހާދިސާގައި "ވަރަށް ގިނަ މީހުން މަރުވި،" ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދުން ވަރަށް ބޮޑަށް ދުން އަރަމުން އަންނަ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގޭއިރު މިދިޔަ އަހަރުވެސް އެޤައުމުގައި ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި ކުރި 39 މީހަކު ވަނީ މަރުވެފައެވެ.