އެމެރިކާގެ އެންމެ ދެކުނުގެ ސްޓޭޓް، ފްލޮރިޑާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ދެމީހެއްގެ ގަޔަށް ހޮނު އަޅައި އެކަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އަންހެނެކެވެ. އޭނާ މަރުވީ ހޮނު އެޅި ވަގުތު އަނިޔާލިބި ހަށިގަނޑުން ބޮޑު ބައެއް ފިހުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވިއިރު، އަނިޔާވި މީހާއަށް ފަރުވާދެމުންދަނީ ސީރިއަސް ހާލަތުގައި ކަމަށް ސިއްޙީ އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފްލޮރިޑާގެ ސިޓީއެއް ކަމަށްވާ ޕާކްލޭންޑްގައި ހިނގި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހޮނު އެޅުމުގެ ސަބަބުން ތަނަކަށްވެސް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ފްލޮރިޑާއަށް މިހާރު ވިއްސާރަކުރަމުން ދަނި، އެ ސްޓޭޓުގެ ބިޔަ ޖަންގައްޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުން ލިބުނުތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.