ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން މަރުވި މީހުންގެ ޖުމްލަ އަދަދު ދިހަހާހަށް އަރައިފިއެވެ.

ބެލްޖިއަމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 117,115 އަށް އަރައެވެ.

ޔޫރަޕްގެ އެހެން ގިނަ ގައުމުތަކެކޭ އެއްގޮތައް ބެލްޖިއަމުން ވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ އަނެއްކާވެސް އިތުރު ވަމުންނެވެ. ބެލްޖިއަމުން ފުރަތަމަ ކޮވިޑް-19 ފެނުނީ މާޗް 27 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދުވަހުން ދުވަހަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމަށް ފަހު ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށީ މެއި މަހުގެ ފަހުކޮޅުއެވެ.

ޖޫން މަހާއި ޖުލައި މަހު ވެސް ފައްސިވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު ބެލްޖިއަމްގެ ހާލަތު ގޯސްވާން ފެށީ އޮގަސްޓް މަހުން ފެށިގެންނެވެ. އޮގަސްޓް މަހުން ފެށިގެން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އައިސް ސެޕްޓެމްބަރ 17 އިން ފެށިގެން އަދި ހާލަތު ވަނީ ކުރިއަށް ވުރެ ގޯސްވެފައެވެ. ފާއިތުވި ދެހަފްތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

ބެލްޖިއަމް ސަރުކާރުން މިއަދު ބުނީ މިމަހުގެ 25 ވަނަ ދުވަހުގެ ކުރީގެ ދެހަފްތާ ދުވަހާއި އަޅައި ބަލާއިރު އެގައުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު %11 އިތުރު ވެފައިވާ ކަމަށެވެ. ބެލްޖިއަމުން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ނިސްބަތް މިހާރު ހުރީ ކޮންމެ އެއްލައްކައަކުން އަކުން 178.2 ގައެވެ. މީގެ ދެހަފްތާ ކުރިން އެއަދަދު ހުރީ 122 ގައެވެ.

ބެލްޖިއަމުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 708 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެއީ އިއްޔެ އަށްވުރެ 54 އިތުރު އަދަދެކެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން 71 މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު