މިއަދު ކިއުބާގެ އެއާޕޯޓަކުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓުނު ފްލައިޓުން، ސަލާމަތްކުރި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

އެމީހާ މަރުވެފައިވަނީ ސީރިއަސް ހާލުގައި ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ކިއުބަން އެއާލައިންގެ ބޮއިންގ 737 މަރުކާގެ އެ ބޯޓު ވެއްޓުނު ހާދިސާގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހާދިސާއަށްފަހު ސަލާމަތްކުރެވުނީ ތިން މީހުންނެވެ. ފަރުވާދެމުން ދަނިކޮށް މަރުވީ އޭގެތެރެއިން މީހެކެވެ. އެ ތިން މީހުން ފްލައިޓް ވެއްޓުނު ސަރަޙައްދުން ހޯދައި ހޮސްޕިޓަލަށް ގެންދެވިފައިވަނީ ހާދިސާ ހިނގިތާ ގިނައިރުތަކެއް ވީފަހުންނެވެ.

ކިއުބާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ވެއްޓުނީ އެޤައުމުގެ ހަވާނާގެ ޖޯޝް މާޓީ އިންޓަނޭޝަނަލް އެއާޕޯޓް އިން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ފްލައިޓް ދަތުރު ކުރަން ހަމަޖެހިފައި އޮތީ ކިއުބާގެ ހޮލްގްއިން އަށެވެ.

މި ހާދިސާ ހިނގުމާއި އެކު ކިއުބާގެ ކަމާއި ބެހޭ އިދާރާތަކުން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، އެ ސަރަޙައްދަށް ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކާނެލްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިގުއެލް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގޭއިރު، އެކަން ހޯދުމަށްޓަކައި މިހާރު ވަނީ ޚާއްސަ ތަހުޤީޤެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

  2. Anonymous

    ޢަލްހަމްދުﷲ

  3. އާދަނު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎