ޗައިނާއިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބާރުގަދަ ކުރަމުންދާތީ ސަރަހައްދީ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ޓޯކިޔޯގައި ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ޖަޕާން، އެމެރިކާ، އޮސްޓްރޭލިއާ އަދި އިންޑިއާގެ ފޮރިން މިނިސްޓަރުން ބައިވެރިވާނެއެވެ.

"ދަ ކުއަޑް" ގެ ނަމުން ނަންދެވިފައިވާ އިންޑޯ ޕެސިފިކް ޑިމޮކްރަސީގެ ހަތަރު ބާރުގެ މި ބައްދަލުވުން ވެގެން ދާނީ ކޮވިޑް-19 ފެތުރެން ފެށިފަހުން މިނިސްޓަރުން ބައިވެރިވެގެން ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމަށެވެ.

"ހަތަރު ގައުމުގެ ފޮރިން މިނިސްޓަރުންނަކީވެސް އެ ގައުމުތަކުގައި ހިނގަމުން އަންނަ އެކި ކަންކަމުގައި މަޝްވަރާ ކުރަމުން އަންނަ ބައެއް ކަމުން މި ބައްދަލުވުމަކީވެސް މުހިންމު ބައްދަލުވުމަކަށް ވެގެންދާނެ" ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޮޝިމިޓްސޫ މޮޓޭގީ ވިދާޅުވިއެވެ.

މޮޓޭގީ ވިދާޅުވީ، ބައްދަލުވުމުގައި އެފަރާތުން ކަނޑައަޅާފައިވާ "ފްރީ އެންޑް އޮޕެން އިންޑޯ ޕެސިފިކް"ގެ ވިޝަންގެ މުހިންމު ކަން ހުރިހާ ގައުމަކަށްވެސް ވިސްނެން ޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން ކޮވިޑް-19ގެ މި ދަނޑިވަޅުގައި އެއީ މުހިންމު ކަމަކަށް ވެގެންދާނެ ކަމަށެވެ.

އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ އަދި އިންޑިއާއިން އަންނަނީ ގާނޫނު ދެމެހެއްޓުމަށާއި، ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައި އަބަދުވެސް މަޝްވަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނި

    އެމެރިކާ ބޭނުންވާނީީ ދުނިޔެގާާ އެހެެން ބަަަޔަކު ކުރިއެރުންނުދޭން