އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި މަޝްހޫރު އެކްޓްރެސް މޭގަން މާކަލްގެ ކައިވެނީގެ ރަސްމިއްޔާތު ހަމަލޮލުން ދެކިލުމަށް އެތައް ހާސް ރައްޔިތުން މަގުތަކަށް ޖަމާވާން ފަށައިފިއެވެ.

މި ރަސްމިއްޔާތު ދެކިލުމަށް ރޭ ގިނަ މީހުން ނިދާފައިވަނީ ވެސް މަގުތަކުގައެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ މިއަދު މެންދުރު އިނގިރޭސިވިލާތުގެގަޑިން 1:00 ގައި ވިންޑްސާ ކާސަލްގަ އެވެ.

މި ހަފްލާއަށް 600 އަށް ވުރެން ގިނަ މީހުންނަށް ވަނީ ދައުވަތު ދީފައެވެ.

މިހަފްލާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވިންޑްސާ ކާސަލްގެ ކައިރި މަގުތަކަށް މީހުން ޖަމާވަމުންދާއިރު ހަފްލާ ކުރިއަށްދާ ގޮތް ޓީވީ މެދުވެރިކޮށް ބަލާލުމަށް އެތަން މިލިއަން މީހުން އަންނަނީ ތައްޔާރުވަމުންނެވެ.

ކައިވެނި ކުރަން ވަގުތު ކުޑަތަން ވަމުން އަންނައިރު މެގަންގެ އާއިލާ އަށް ވަނީ ދެރަގޮތްތަކެއް ދިމާވެފައެވެ. ކައިވެނި ހަފްލާގައި ބައިވެރިވުން އެންމެ މުހިންމު މީހާ ކަމަށްވާ މެގަންގެ ބައްޕަ އަށް ކައިވެނި ހަފްލާގައި ބައިވެރި ވެވޭކަށް ނެތެވެ. އެއީ ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހި އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ. މެގަންގެ ބައްޕަގެ އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް އަދި ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ނޭނގެއެވެ.

މެގަންގެ ދައްތައަށް ވެސް ވަނީ ކާރު އެކްސިޑެންޓްގައި އަނިޔާވެފައެވެ. އޭނާގެ ފަޔަށް އަނިޔާވެ އޮތީ ހޮސްޕިޓަލުގައެވެ. އެހެންކަމުން އޭނާ އަށް ވެސް މެގަންގެ ކައިވެނީގެ ހަފްލާގައި ބައިވެރިއެއް ނުވެވޭނެއެވެ.

މީގެއިތުރުން މެގަންގެ އެއްބަފާ ބޭބެ ވަނީ މެގަން އާއި ކައިވެނި ކޮށްގެން ނުވާނެ ކަމަށް ބުނެ ޕްރިންސް ހެރީ އަށް ސިޓީއެއް ފޮނުވާފައެވެ. އެއާއިއެކު އާއިލާގެ ތެރޭގައި އޮތީ ނުތަނަވަސްކަން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑާޑާޑާޑާ

    އިނގިރޭސި ޝާހީ ކައިވެނި އެތައް މިލިއަން ބައެއްގެ ކުރިމަތީގައި ކުރާނަމަ އެކުރަނީ ބޮޑެތި ޚަރަދު ޓެކްސް ޕޭޔަރ މަނީން ކޮށްގެންނޭ އެއީ އެއްގޮތަކަށް ވެސް މަމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫނޭ މަމެން ބޭނުމެއް ނޫނޭ އިނގިރޭސި ވިލާތް ބޭންކްރަޕްޓްސީ އިއުލާން ކޮށްގެން އުޅޭ ސްޓޭޖެއް ގައި މިފަދަ ބޭކާރު ޚަރަދު ކުރަން ޝާހީ ކައިވެންނަކަށް ރާނީގެ އަމިއްލަ ފައިސާ އެއް ނޫނޭ އިނގިރޭސި ވިލާތު ފައިސާ އަކީ މަމެންނަށް މިޒާތުގެ ކޮރަޕްޓް ގޭސް ގަނޑު ގަނޑު ކެތެއް ނުކުރެވެނެއޭ އަައި ކާންޓް ޓޭކް ދިސް ކޮރަޕްޓް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

    • ޥާޙިދު

      ޑާޑާޑާޑާ، ނިކަން ބުނެބަލަ ސާހީއާއިލާ ދައްކާވަރައް އެހެން އާއިލާއަކުން ރިއަލް އެސްޓޭޓް ޓެކްސް ދައްކާތޯ؟

    • ޖަޖަޖަޖަޖޖަޖަޖ

      ދެން ތަމެން މަމެނެ އެމެން ފަމެން ތެޔޮލައިގެން ނިދަން އެރީމަ ރަގަޅުވާނެ.