އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަބަލުން މެލަނިއާ ޓްރަމްޕްގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅު ނޫންކަން އެ ދެމަފިރިންގެ ފޮޓޯތައް ބަލައިލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ނަމަވެސް، އެންމެންނަށް ނޭނގޭނެ ކަމަކީ މެލަނިއާގެ ސިއްރު ލޯބިވެރިއެއް ހުންނަ ކަމެވެ.

މި ހަބަރު ތަންކޮޅެއް ކުރިން އާއްމު ވި ނަމަވެސް، މި ދެމަފިރިންގެ ވާހަކަ ގަދައަށް ދެކެވެމުން އަންނަ މި ދުވަސްކޮޅުގައި ހަނދާން އާ ކޮއްލަދޭނަމެވެ. ވައިޓް ހައުސްގެ އެޕްރެންޓިސް އެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފެއްގެ ފަރާތުން ހާމަވި ގޮތުގައި ޓްރަމްޕް ރައީސްކަމަށް އައުމުގެ ކުރިން މި ދެމަފިރިން ވަރިވާން އުޅުނެވެ. ނަމަވެސް އިންތިހާބު ކާމިޔާބުވުމުން އެކަން ފަސްކޮށްލީއެވެ.

އިންތިހާބު ކާމިޔާބުވެ، ޓްރަމްޕް ވައިޓް ހައުސް އަށް ދިރިއުޅުން ބަދަލު ކުރި ނަމަވެސް މެލަނިއާ އުޅެމުން ގެންދިޔައީ ޓްރަމްޕް ޓަވަރުގައެވެ. ސަބަބަކީ މެލަނިއާގެ ސިއްރު ލޯބިވެރިޔާ މަސައްކަތް ކުރަމުން ގެންދަނީ އެތަނުގައި ކަމަށް ވާތީއެވެ.

މަޝްހޫރު ޓިފަނީ އެންޑް ކޯގެ އިސް މަގާމެއްގައި މަސައްކަތް ކުރަމުން އަންނަ ހެންރީ ސިއެމާސް ނަމަކަށް ކިޔާ މީހަކާއި މެލަނިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 3 އަހަރު ވެދާނެކަމަށް މިކަމާއި ބެހޭގޮތުން އިތުރަށް ވާހަކަ ދެއްކި އެެމެރިކާގެ ލިޔުންތެރިޔަކުވެސް ވަނީ ބުނެފައެވެ.

މިކަން މެލަނިއާ ދޮގުކޮށްފައިވެސް ނުވާއިރު، ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕަށްވެސް މިކަން އެނގެއެވެ. އަދި ޓްރަމްޕް ކުރާ ކަންކަމާއި މެލަނިއާ ނުބެހެނީވެސް މި ސަބަބާއި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    އަހަރުމެންގެ ލައިލާ އާންޓީވެސް ތިޒާތުގެ ކަމެއް ކުރިކަމަށްވަނީ

    6
    2
  2. ތުއްތަ

    އަނެއްކާ ދިވެއްސެއްތަ؟

    4
    2
  3. މާކަނާ

    މެލޭނިޔާ އަކީ ބޭވަފާތެރި އެއއ އް . ޓްރަމްޕު އަކީ ބޭވަފާތެރި އެ އް ބާ ؟

    2
    1