ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު ސަރަޙައްދަށް ޗައިނާގެ ގިނަ އަދަދެއްގެ ސިފައިން ޖަމާކޮށްފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ޕޮމްޕިއޯ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި އެމެރިކާގެ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕޮމްޕިއޯ ވިދާޅުވީ، އިންޑިއާ ބޯޑަރު ސަރަޙައްދަށް ޗައިނާގެ 60,000 އަށްވުރެ ގިނަ ސިފައިން ޖަމާކޮށްފައިވާ ކަމަށާއި، ހަނގުރާމައެއް ފެށިއްޖެނަމަ އިންޑިއާގެ ބައިވެރިއަކަށް އެމެރިކާވުން މުޙިންމު ވާނެ ކަމަށެވެ.

"ހަނގުރާމައެއް ފެށިއްޖެނަމަ ކާމިޔާބުވާން އިންޑިއާ ކޮޅަށް އަރާނެ ބައިވެރިޔަކަށް އެމެރިކާވުން ވަރަށް މުޙިންމު ވާނެ. ޗައިނާއިން އިންޑިއާގެ އުތުރު ބޯޑަރު ސަރަޙައްދަށް ގިނަ އަދަދެއްގެ ސިފައިން ޖަމާކުރަމުން ދިއުމަކީ ހަނގުރާމައެއް ފަށަން އުޅޭކަމުގެ ނިޝާނެއް،" ޕޮމްޕިއޯ ވިދާޅުވިއެވެ.

އިންޑިއާ އާއި ޗައިނާގެ ދެމެދުގައި މައްސަލަ ގޯސްވެފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އިންޑިއާ ބޯޑަރު ސަރަޙައްދުގައި ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު އެވެ. އެ ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހަކު މަރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އެ ކުރިމަތިލުން ހިނގަން މެދުވެރިވީ އިންޑިއާ ސިފައިން ޤަވާއިދާ ޚިލާފަށް ޗައިނާގެ އިން ހުރަސްކުރުމުންނެވެ. ބޯޑަރު މައްސަލައިގައި ޒަމާނުއްސުރެ ހަތުރުވެރި މި ދެޤައުމުގެ ދެމެދުގައި ފަހުގެ ތާރީޚެއްގައި ވެސް ހިނގި އެންމެ ވަރުގަދަ އެ ކުރިމަތިލުންތަކުގައި ދެފަރާތުން ވެސް ހަތިޔާރެއް ބޭނުންކޮށްފައެއް ނުވެއެވެ.

އިންޑިއާ ސިފައިންނަށް ޗައިނާ ސިފައިން ހަމަލާދިނީ ޤަވާއިދާ ޚިލާފަށް ޗައިނާ ސަރަޙައްދަށް ވަނުމުން ކަމަށް އޮފިޝަލުން ވިދާޅުވިނަމަވެސް އިންޑިއާގެ އިދާރާތަކުން ބުނެފައިވަނީ މި ކުރިމަތިލުން ހިނގީ ޗައިނާއިން އިންޑިއާގެ ބޯޑަރުގައި އޮންނަ ސަރަޙައްދެއް އަތުލައިގަތުމަށް މަސައްކަތް ކުރުމުން ކަމަށެވެ.

މި ކުރިމަތިލުންތަކާއި ގުޅިގެން މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް އިންޑިއާއިން އިސްނަގައިގެން ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކޮށްފައި ވެއެވެ. ނަމަވެސް އެ މަޝްވަރާތަކުން މާއެދެވޭ ނަތީޖާއެއް ނުނިކުމެ އިންޑިއާއަށް ޖެހިލުންވާފަދަ ފިޔަވަޅުތައް ޗައިނާއިން ވަނީ އަޅާފައެވެ. އެގޮތުން ޗައިނާ އިން ވަނީ ބޯޑަރު ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް ވެސް އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އިންޑިޔާ ސިފައިންތައް ތަޅާ ރޯނާގައްނަވާލާށޭ ސާބަހޭ ޗައިނާ ސިފައިން އަންޑިއާ އައުޓް

    61
    8
  2. ބުއްޅަބޭ

    ޢިންޑިއާ ސައިޒާށް ކަނޑާލާނެ.
    އެމެރިކާ ފަހަތުގައި އޮތަސް އެނބުރި ދާންޖެހޭނީ ސަންދޯއްތަކާއި އެކު.

    53
    3
  3. ވައިވިއްޗާ

    އަވައްޓެރި ގައުމުތަކައް ހަނގުރާމައެއްގެ ތެރޭ ރާއްޖޭގެ ސަރަހަދުތައް ބޭނުންކުރުމުގެ ފުރުސަތުދީގެން ނުވާނެ ޖާބިރު ބުނާހެން ވަތުން ވަގުތައް ބޭރުގައުމުތަކުގެ އަސްކަރީ ސިފައިން ރާއްޖެއިން ފޮނުވާލަން ޖެހޭނެ ދެވަނަ ބޮނޑު ހަނގުރާމަތެރޭވެސް ރާއްޖެއައް ކުރިމަތިވި ބައެއް ކަންތަކަކީ ބޭރުގައުމެއްގެ އަސްކަރީ ފައުޖުތައް ރާއްޖޭ ގާއިމުވެ ތިބުމުގެ ސަބަބުން މިފަހަރު މިތިބީ ލޯނުތަކެއްގެ ތެރޭތާށިވެފަ އާއިލީވެރިކަމެއް ދައްމާލުމުގެ ބޭނުމުގަ ކުރީފަހަރު ކޮމާންޑު ގެއްލުނީމަ އެފަދަހާލަތެއްދިމާވެދާނެތީވެ.

    38
    1
  4. ލުޓޭރުންގެ ސަރުކާރު

    މުޅި ދުނިޔެއަށް ބަލާވެރިކަމެ އިންޑިއާއަކީ..ދެން މިއޮތީ އެމެރިކާ އިގިރޭސީން..މިދެގައުމުގެ މަކަރާ ހީލަތުން ދިވެހިރާއްޖެ އިންޑިއާގެ މަޅިފައްޗަށް އެމުނިފަމިއޮތީ މިގައުމުގެ ގައްދާރުންގެ ގަމާރު ވިސްނުމުން..އިންޑިއާ އެމެރިކާގުޅިގެން ޗައިނާއާ ހަހުރާމައެއް ފެށިއްޖެނަމަ ދިވެހިރާއްޖެ މީގެތެރޭގަ ތެޅުވޭނެގޮތް ހިތަންއަރުވާލަބަލަ..މިހަގުރާމައިގެ އެއް މަންޒިލަކަށް ދިވެހިރާއްޖެ މިއޮތީހަދާފަ..އިންޑިއާގެ އަސްކަރީމަތުކަޒަކަށް ދިވެހިރާއްޖެ ހެދި ޙާއިނުންނާ ގައްދާރުންނަ ދިވެހިން މައާފުކުރާނަންތަ..

    14
  5. ހޮޅިފެން

    މީތަ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ބޭނުންވާ ސަބަބަކީ؟؟؟؟؟؟
    ރާއްޖެ ތި ދޭތެރެޔަށް ވަދެ ވަކި ބަޔަކަށް އެހީ ނުވާނެ ކަމަށް އުންމީދުކުރަން.. މި ސަރަހައްދު އެއްވެސް ގޮތަކަށް ހަނގުރާމަޔައް ބޭނުން ނުކުރުން އެދެން..

    10