ޗައިނާގެ ފަތުރުވެރިން ސްރީލަންކާއަށް ދަތުރުކުރުމުގެ ހުއްދަ ދިނުމުގެ މަޝްވަރާތައް ދެގައުމުގެ އެންމެ އިސްވެރިންގެ މެދުގައި ކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ޗައިނާގެ ފަތުރުވެރިން ލަންކާ އަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އެކަށީގެންވާ ކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.

ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗައިނާގެ އިސް ޑިޕްލޮމެޓެއް ކަމަށްވާ ޔަންގް ޖިއޭޗީ މިދިޔަ ހަފްތާގައި ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޗައިނާ ފަތުރުވެރިން ލަންކާ އަށް ދަތުރުކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ލަންކާގެ ރައީސް ގޮތަބަޔާ އާއި ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ އާއި މަޝްވަރާ ކޮށްފައި ކަމަށެވެ.

"ކޮވިޑް-19 އާއި ގުޅިގެން ލަންކާ އަށް ވެސް ފަތުރުވެރިން އައުން ހުއްޓިފައިވުން އެއީ ލަންކާ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ޗައިނާ ސަރުކާރުން ގަބޫލު ކުރަމެވެ. އެހެންކަމުން އެމައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުމަށް ޗައިނާ އަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ޗައިނާ ސަރުކާރުން ވެދޭނެއެވެ. ޗައިނާގެ ފަތުރުވެރިން ލަންކާ އަށް ދަތުރުކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދިނުން އެއީ ވުން ވަރަށް އެކަށީގެންވާކަމެކެވެ." އެމްބަސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ މިހާރު ޗައިނާގެ އެއްވެސް ރައްޔިތަކު ފަތުރުވެރިންގެ ގޮތުގައި އެހެން ގައުމުތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. ޗައިނާ އަކީ ކޮންމެ ގައުމަކަށް ވެސް ފަތުރުވެރިކަމުގެ ބޮޑު މާކެޓެއް ކަމުން ޗައިނާ ފަތުރުވެރިން ލަންކާ އަށް ދަތުރުކުރުމުގެ ހުއްދަ ލިބިއްޖެނަމަ އެކަން ވެގެން ދާނީ ލަންކާގެ އިޤުތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. އަދި މިހާރު އޮތް ހާލަތުގައި ޗައިނާ މީހުންނަށް ދަތުރުކުރެވޭ ހަމައެކަނި ގައުމަކަށް ލަންކާ ވެއްޖެނަމަ ލަންކާއަށް ލިބޭނެ ފައިދާ އެތައް ގުނައެއް ބޮޑުވެގެން ދާނެއެވެ.

ރާޖަޕަކްސަގެ ދެބެއިން ލަންކާގެ ވެރިކަމާއި ހަވާލުވުމާއި އެކު ލަންކާ އާއި ޗައިނާގެ ގުޅުން އަންނަނީ ބަދަހިވަމުންނެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމުން އަރައިގަތުމަށް ލަންކާ އަށް ޗައިނާ އިން މިހާރު ވެސް ވަނީ ހިލޭ އެހީގެ ގޮތުގައި 90 މިލިއަން އެމެރިކާ ޑޮލަރު ދީފައެވެ. އަދި 500 މިލިއަން ޑޮލަރުގެ ލޯނެއް ލަންކާ އަށް ދިނުމަށް ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ. ލޯނާއި ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޯހަލާކު

    މީގެންވެސް މިއިނގެނީ ބުއްޅަބޭމެން ޗައިނާއޭކިޔައިގެން ލޯނޭކިޔައިގެން ދޮގުވާހަކަ ބީބީސީ އާއި އެހެނިހެންތަންތާނގަ ދައްކާތީވެ މިތަނައް ގެސްޓުން ޖުފޮނުވަނީކަން..%40 ރާއްޖެއަށް ޓޮއަރިސްޓުން ފޮނުވާގައުމަކީ ޗައިނާ..
    ރާކަނިމަސް ކެވެނީ މިތިބަ ލާދީނީބައިގަނޑާހުރެ..!؟

    42
    1
  2. ޒާ

    ދިވެހިރާއްޖެއަށް އަންނާނީ އިންޑިއާ ފަތުރުފެރިން އޭރުން މިސަރުކާރު އުފާވާނެ.

    17
  3. ިބޯކިބާ

    އޯކޭތާ ޓުރިވެންޑުރަމާދޭތެރޭ އެއާބަބުލް ހަދައިގެން މިވެރިން މިތިބީ.

    15
  4. ރޯދަ މުބާރިކް

    މީ މިކަންވާނެ ގޮތް! ގައުމުގެ ޓުއަރިޒަމް ވިޔަފާރި ސިޔާސީ ވީމަ، ކުރީމަ ވާނެ ހުރިހާކަމެއް މި ވަނީ! ދެން ރާއްޖެއަށް މި ވެރިން ގެނެވޭނީ ލަންކާ އޮޕަރޭޓަރުން މެދުވެރިކޮށް!

    ޢިންޑިޢާ ގިނަ ފަތުރުވެރިންނަކީ ދުބާއީ، އެމެރިކާ ފަދަ ޝޮޕިން ޑެސްޓިނޭޝަންތްކަށް ދަތުރުކުރާ މީހުން!

    އެކަމަކުވެސް ބަލަންތިބެ މާ!

    11
  5. ޑައެލޯގް

    ރާއްޖޭގައިވެސް ޔާމީން ޗައިނާއާއި ގުޅިގެން ގެނެސްދެއްވީ ބޮޑެތި ޕްރޮޖެކްޓް އެކަމު ރީދޫކުދިންގެ ބޮލަށްޗިޕުޖަޖައިގެން އިންޑިޔާ އަޑީގައޮވެގެން އިބޫއާއި އަންނި ވަނީ ރާއްޖެފަހަތަށް ޖައްސާފައެވެ. ބަލަންތިބޭތި ލަންކާ މެގަސްޕީޑުގައި ކުރިއަރާނެއެވެ. ލަންކާ ރައްޔިތުންނަށްވަނީ މިހާރުވިސްނިފައެވެ. އަދި ރާޖަޕަކްސާ އަލުން ވެރިކަމަށްނަގާފައެވެ.

    21
  6. އިބްރާހިމް

    ރާއްޖެއަށް ގެންނަނީ އިންޑިޔާ ސިފައިން. ގޮނޑުދޮށްތަށް މިފަހަރު ފުރާލާނެ.

    12
  7. ހަނި

    ސިރީީލަންކާގެ މަގުަތަކާ ބުރިޖުތަކާ ސި ޕޯޓްތަކާ ހަދާދިނީ ޗައިނާއިން ރަޖޭގާވެސް ބުރިޖާ އެއާޕޯޓް އާއި ފުލެޓް ތަކާއި ހަދާދިނީ ޗައިނާާއިން އިންޑިޔާ އިންް ކުދިގަަ މުތަަަށް ހަދާގެން ؟ މިހުރިހާދުވަހުހިފޭޓީ ކުރިއަރާގެންދާން ބެނު މިޔާ ކުދިގަ މު ތަަަށް ޗައިނާއާގުޅޭށެވެ