އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރު ޕްރަދޭޝްގައި ރޭޕްގެ މައްސަލަ ރިޕޯޓް ކުރާ މިންވަރު ދަށްވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ހޮނިހިރު ދުވަހު އިއުލާން ކުރި ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ރޭޕް ކޭސްތައް ވަނީ 42.24 އިންސައްތަ ދަށްވެފައެވެ. މިއީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އަޅާބަލާއިރު، ބޮޑު ދަށްވުމެކެވެ.

އެ ގައުމުން ބުނީ އަންހެނުން ވަގަށް ނަގާ މިންވަރުވެސް ވަނީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް 39 އިންސައްތަ ދަށްވެފައި ކަމަށެވެ.

މީގެ އިތުރުންވެސް އަންހެނުންނަށް ކުރާ އެކި ކަހަލަ އަނިޔާތައްވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 27.32 އިންސައްތަ އަށް ދަށްވެފައިވާ ކަމަށްވެސް އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެގައުމުން ބުނެފައިވަނީ އެފަދަ ހާދިސާތައް ދަށްވެފައިވަނީ އެކަންކަން ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެގައުމުން އަޅަމުން އަންނާތީ ކަމަށެވެ. އެގޮތުން ވަނީ 5 މީހަކަށް މަރުގެ ހުކުމް އިއްވަން 193 މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ކަން ފާހަގަ ކޮށްފައެވެ.

ނޭޝަނަލް ކްރައިމް ރިކޯޑްސް ބިއުރޯ (އެންސީއާރުބީ) ގެ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އުއްތަރު ޕްރަދޭޝްގައި އަންހެނުންނަށް ކުރާ އަނިޔާތައް ވަނީ އިންތިހާއަށް މަތިވެފައެވެ. އަދި ސައިބާ ކްރައިމްވެސް ވަނީ އިތުރުވެފައެވެ.

އެގައުމުގައި އަންހެނުންނަށް ލިބެމުން އަންނަ އަނިޔާތައް މަދުކުރުމަށް އެކި ކަހަލަ ކަންކަން ވަނީ ކުރަން ފަށާފައެވެ. އެގޮތުން އަންހެނުންގެ ހާއްސަ ހެލްޕް ޑެސްކް ތަކާއި ބޫތު ތަކާއި، ފޯނު އެޕްލިކޭޝަންތަކުގެ އިތުރުން ނައިޓް ސެކިއުރިޓީތައްވެސް ވަނީ ތައާރަފް ކޮށްފައެވެ.

އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން އަންހެނުންނާއި ކުޑަކުދިންނަށް އެކި ކަހަލަ ހާދިސާތައް ކުރިމަތިވަމުން އަންނަ ގައުމެކެވެ. އެގައުމުން ކޮންމެ ދުވަހަކު ގޮތަކަށް އަންހެނުންނަށް އަނިޔާ ލިބޭ މައްސަލަ މީސްމީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.