ހަނގުރާމައަކަށް ތައްޔާރުވެ ތިބުމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން އެގައުމުގެ އަސްކަރިއްޔާގެ ކިބައިން މިއަދު އެދިވަޑައިގެންފިއެވެ.

ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޑޮންގް އަށް މިއަދު ޒިޔާރަތް ކުރައްވާ ސިފައިންނާއި މުހާތަބުކުރައްވާ ޒީ ވިދާޅުވީ ސިފައިން ތިބެން ވާނީ "ހުރިހާ ހަކަތައަކާއި ވިސްނުމެއް ހަނގުރާމައަށް ތައްޔާރުކޮށްގެން." ކަމަށެވެ.

"ސިފައިން ތިބެން ވާނީ އަބަދުވަސް ވަފާތެރިކަމާއި، ތޯހިރުކަންމަތީ، ތެދުވެރިކަމާއިއެކު ގައުމު ދިފާއު ކުރަން ތައްޔާރުވެގެން. މިއަދު އަދި ވަކިންބޮޑަށް ގައުމުގެ ދިފާއުގައި ސިފައިން ތައްޔާރުވެ ތިބެން އެބަޖެހޭ." ޒީ ވިދާޅުވިއެވެ.

ޒީ މިއަދު ޗައިނާގެ ގުއަންޑޮންގް އަށް ވަޑައިގެންނެވީ "ޝެންޒެން ސްޕެޝިއަލް އިކޮނަމިކް ޒޯން" އަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތަޤުރީރެއް ދެއްވުމަށެވެ. ޝެންޒެން އިކޮނަމިކް ޒޯނަކީ ޗައިނާގެ އިޤުތިޞާދު ފުޅާ ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެތަނެވެ.

އިޤުތިޞާދީ ބައްދަލުވުމެއްގައި ބައިވެރިވުމަށް ވަޑައިގެންނެވުމަށްފަހު ކުއްލި ގޮތަކަށް ޒީ ސިފައިންނާއި ބައްދަލު ކުރައްވާ ވަރުގަދަ ތަޤުރީރެއް ދެއްވިއިރު މިއަދު އެމެރިކާ އިން ވަނީ ޓައިވާނަށް އަސްކަރީ ތިން ސިސްޓަމެއް ވިއްކަން ނިންމިކަން އިއުލާން ކޮށްފައެވެ. އޭގެތެރޭގައި ރޮކެޓް ހަމަލާތަކުން ދިފާއުވާ ނިޒާމެއް ވެސް ހިމެނެއެވެ. އެމެރިކާ އިން ޓައިވާނަށް އަސްކަރީ އެހީތައް ދިނުމަކީ އަބަދުވަސް ޗައިނާ އިން ވަރަށް ބޮޑަށް ދެކޮޅު ހަދާކަމެކެވެ. ޗައިނާ އިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ.

މިދިޔަ މަހު ވެސް ޗައިނާ އިން ވަނީ ޓައިވާންގެ ވަށައިގެން ވަރުގަދަ އަސްކަރީ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެހެންކަމުން ޗައިނާ މިހާރު އޮތީ ޓައިވާނަށް ހަމަލާއެއް ދޭން ތައްޔާރުވެފައި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފަހަކަށް އައިސް އިންޑިއާ އާއި ޗައިނާގެ ގުޅުން ވެސް ވަނީ ބޯޑަރު މައްސަލައިގައި ހޫނުވެފައެވެ. ދެގައުމުގެ ސިފައިން ވަނީ ދާދިފަހުން ހަމަލާތައް ވެސް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަންސާރު

    އިންޑިޔާ އައުޓް

    74
    5
  2. ޢަލީ ވަޙީދު

    އިންޑިއާ އައުޓް

    22
    4
  3. ޝަރަފު

    އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ ބައެއް ތިޔަ ޗައިނާ އަކީ. ބޯދާ އުސޫލުން ޤައުމުތައް އިސްތިއުމާރުކޮށް ފޭރެން އަދިވެސް އެއުޅެނީ. އިސްލާމްދީންވެސް ނައްތާލެވޭނެކަމަށް ހީކޮށް މުސްލިމުނަށް އަނިޔާވެރިވަމުންދާ މުޑުދާރު ޤައުމެއް ތި ލޯކުދި މީނުންނަކީ.

    8
    21
  4. މީޒްލީ

    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް

    28
    3
  5. ކާސިމް

    އިންޑިޔާ ސިފައިން ބޭރުކުރޭ މިރާއްޖެއްިނ.

    30
    1
  6. މެކުނު

    ދިވެހިރާއްޖެ ވެރިކަން ބަދަލުނުވިނަމަ މިޗައިނާއިން ދިވެހިރާއްޖެ އަޅުވެތިކުރީސް.

    2
    15
  7. މަންތިރި

    ޗައިނާތޯ ދިވެހިރާއްޖެ މިއޮއްގެން ފޭރިގަންނަނީ؟ ފެންނަނީ އިންޑިއާ ދިވެހިރާއްޖޭގަ ހަން ފަތުރަމުން ދާ މަންޒަރު

    12
    1